Brazil

UpComming

December 03 | 00:00 hrs

Cameroon

vs

Brazil

December 09 | 20:00 hrs

Croatia

vs

Brazil

GROUP TABLE

Group Group G P W D L GF GA GD PTS
Cameroon 3 1 1 1 4 4 0 4
Brazil 0 0 0 0 0 0 0 0
Serbia 0 0 0 0 0 0 0 0
Switzerland 0 0 0 0 0 0 0 0

Squad

ގޯލްކީޕަރު

Alisson

Weverton

Ederson

ޑިފެންޑަރު

Danilo

Thiago Silva

Marquinhos

Alex Sandro

Dani Alves

Éder Militão

Alex Telles

Bremer

މިޑްފީލްޑަރު

Casemiro

Lucas Paquetá

Fred

Fabinho

Bruno Guimarães

Éverton Ribeiro

ފޯވާޑް

Richarlison

Neymar

Raphinha

Gabriel Jesus

Antony

Vinícius Júnior

Rodrygo

Pedro Guilherme

Gabriel Martinelli

ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ގައުމެވެ. އެގައުމުން ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރި އިރު، ބްރެޒިލް ނުލައި އަދި މިހާތަނަށް ވޯލްޑް ކަޕެއް ބާއްވާފައެއް ނުވެ އެވެ.
އެންމެ ފުރަތަމަ ބްރެޒިލް އިން ވޯލްޑް ކަޕް ކާމިޔާބު ކުރީ 1958 ވަނަ އަހަރު ސްވިޑެންގަ އެވެ. އެއަށް ފަހު ޖެހިގެން އައި 1962 ވަނަ އަހަރު ޗިލީ ގައި މުބާރާތް ދިފާއު ކުރި އެވެ. މިއާ އެކު ބްރެޒިލް ވީ އިޓަލީ އަށް ފަހު ވޯލްޑް ކަޕް ތަށި ދިފާއު ކުރި ފުރަތަމަ ގައުމަށެވެ.
ޖެހިޖެހިގެން ދެ މުބާރާތް ކާމިޔާބު ކުރުމަށް ފަހު، 1966 ގައި އިންގްލެންޑުގައި އޮތް ވޯލްޑް ކަޕް ގައި ގުރޫޕް ސްޓޭޖުން ސަލާމަތެއް ނުވި އެވެ. ނަމަވެސް މެކްސިކޯ ގައި 1970 ވަނަ އަހަރުގެ ފައިނަލުގައި އިޓަލީ ބަލިކޮށް ބްރެޒިލް އިން ވަނީ ވޯލްޑް ކަޕް ގައި އެންމެ ފުރަތަމަ ބޭނުން ކުރަން ފެށި ޖޫލްސް ރިމޭ ޓްރޮފީ ތިންވަނަ ފަހަރަށް ހޯދައިފަ އެވެ.
ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ފަހު 1974 އިން ފެށިގެން 1990 އާ ހަމައަށް ބޭއްވި ފަސް ވޯލްޑް ކަޕް ގައި ފައިނަލަށް ދެވޭގޮތެއް ނުވި އެވެ. ނަމަވެސް 1994 ވަނަ އަހަރު އެމެރިކާގައި ބްރެޒިލް އިން ހަތަރުވަނަ ފަހަރަށް ވޯލްޑް ކަޕް ޗެމްޕިއަން ހޯދީ ވެސް އިޓަލީ ބަލިކޮށްފަ އެވެ. އެއަށް ފަހު 1998 ވަނަ އަހަރު ފައިނަލުގައި ފްރާންސް އަތުން ބަލިވެގެން ދިފާއު ނުކުރެވުނެވެ. އެކަމަކު 2002 ވަނަ އަހަރު، އޭޝިއާގައި ފުރަތަމަ ބޭއްވުނު ވޯލްޑް ކަޕް ކާމިޔާބު ކުރީ ފައިނަލްގައި ޖަރުމަން ބަލިކޮށްފަ އެވެ.
ބްރެޒިލް އިން 2002 ވަނަ އަހަރުގެ ކާމިޔާބީއަށް ފަހު މިހާތަނަށް ތިން މުބާރާތެއްގައި ކުއާޓާ ފައިނަލާ ހަމައަށް ދަތުރު ކުރި އިރު، އެންމެ ދުރަށް ދަތުރު ކުރެވުނީ 2014 ވަނަ އަހަރު އަމިއްލަ ގައުމުގަ އެވެ. އެފަހަރު ސެމީ ފައިނަލުގައި ޖަރުމަން އަތުން ލަދުވެތި ގޮތަކަށް 7-1 އިން ބަލިވެ ފައިނަލުން ޖާގަ ގެއްލުނު އިރު، ތިންވަނަ ހޮވާ މެޗުގައި ނެދަލެންޑްސް އަތުން ވެސް ބަލިވީ އެވެ.
މިހާތަނަށް ފަސް ބައްރެއްގައި ވޯލްޑް ކަޕް ބާއްވާފައި ވާއިރު، ބްރެޒިލް ވަނީ އެފްރިކާ ބައްރު ފިޔަވައި، ހަތަރު ބައްރުގައި ވޯލްޑް ކަޕްގެ ޓްރޮފީ އުފުލާލުމުގެ ޝަރަފް ހޯދައިފަ އެވެ.
ކޮލިފައި ވީ ގޮތް: ބްރެޒިލް ކޮލިފައިވީ ފަސޭހަ ކަމާއެކު، ދެކުނު އެމެރިކާ ބައްރުގެ ކޮލިފައިން ގުރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. ބްރެޒިލް ވަނީ ދެވަނައިގައި ނިންމި އާޖެންޓީނާއާ އަށް ވުރެ ހަ ޕޮއިންޓް އިތުރަށް ހޯދައިފަ އެވެ. ކޮލިފައިންގައި ކުޅެން ޖެހޭ 18 މެޗުގެ ތެރެއިން ކުޅުނީ 17 މެޗެވެ. މެޗަކުން ބައްޔެއް ނުވާއިރު، 14 މެޗު ކާމިޔާބު ކުރި އެވެ. ނުކުޅެ ދޫކޮށްލީ އަމިއްލަ ގައުމުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. މެޗު ފަށައިގެން ކުރިއަށް ދަނިކޮށް ހުއްޓުވީ އެގައުމުގެ ހެލްތު އޮތޯރިޓީ އިންނެވެ. އެއީ އާޖެންޓީނާގެ ބައެއް ކުޅުންތެރިން ބްރެޒިލް އަށް ދަތުރުކުރުމުގައި ކޮވިޑް-19 އާޖެންޓީނާގެ ބައެއް ކުޅުންތެރިން ކޮވިޑް-19 ގެ ޕްރޮޓޮކޯލާ ހިލާފުވި ކަން ފާހަގަ ވުމުންނެވެ.
ފީފާ އިން މި މެޗު އަލުން ކުޅެން އެންގި ނަމަވެސް ބްރެޒިލް އާއި އާޖެންޓީނާ ވެސް ފަހުން މެޗު ނުކުޅޭ ގޮތަށް ނިންމީ އެވެ.
ކޯޗު: ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗުކަމާ 2016 ވަނަ އަހަރު ހަވާލުވި ޓީޓޭ ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ތަޖުރިބާ ކޮށްފަ އެވެ. އެ އަހަރު ކުއާޓާ ފައިނަލުން ބްރެޒިލް ކެޓި ނަމަވެސް ޓީޓޭ ވަނީ މިއަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށް ބްރެޒިލްގެ ކޯޗުގެ މަގާމުގައި ހުންނަން ކޮންޓްރެކްޓް އާކޮށްފަ އެވެ.
އާ ކޮންޓްރެކްޓާ އެކު ޓީޓޭ ވަނީ 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާ މުބާރާތް ކާމިޔާބު ކޮށްދީ، ހަ އަހަރު ތެރޭ ބްރެޒިލް އަށް ފުރަތަމަ ފަތަރަށް ތަށްޓެއް ހޯދައިދީފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ކޮޕާ އެމެރިކާ ފައިނަލުން ބަލިވީ އާޖެންޓީނާ އަތްދަށުވެގެންނެވެ. މިއަހަރުގެ ވޯލްޑް ކަޕަށް ފަހު ކޮންޓްރެކްޓް އާ ނުކުރަން އޭނާ ވަނީ ނިންމައިފަ އެވެ.
ޓީޓޭ ވަނީ 2012 ވަނަ އަހަރު ބްރެޒިލްގެ ކޮރިންތިއަންސް އަށް ދެކުނު އެމެރިކާ ބައްރުގެ ޗެމްޕިއަންކަން ދޯދައިދީ، އެ އަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕް ވެސް އެޓީމާ އެކު ކާމިޔާބު ކޮށްފަ އެވެ.
ގްރޫޕުގައި އޮތް ފުރުސަތު: ބްރެޒިލް ހިމެނެނީ ކެމަރޫން އާއި ސްވިޒަލެންޑާއި ސާބިއާ އާ އެއް ގުރޫޕެއްގަ އެވެ. ބްރެޒިލް އަކީ ގުރޫޕުގެ ފޭވަރިޓެވެ. ދެ ވޯލްޑް ކަޕް ފިޔަވައި ހުރިހާ މުބާރާތެއްގެ ނޮކައުޓް ބުރަށް ދަތުރު ކޮށްފައިވާ، ފަސް ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެިލް އަށް މި ގުރޫޕުގެ އެއްވަނަ ހޯދަން އުނދަގުލެއް ނުވާނެ އެވެ.
ނޭމާ: މިއީ އުމުރުން 30 އަހަރުގެ ނޭމާ ކުޅޭ ތިންވަނަ ވޯލްޑް ކަޕެވެ. އެންމެ ފުރަތަމަ ވޯލްޑް ކަޕް ގައި 2014 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓް ވި އިރު، އޭނާ ވަނީ ތިންވަނައަށް އެންމެ ގިނަ ލަނޑު ވެސް ޖަހައިފަ އެވެ. އެ އަހަރުގެ ވޯލްޑް ކަޕް ގައި ނޭމާ ވަނީ ހަތަރު ގޯލު ޖަހައި، މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނިފަ އެވެ. ކުއާޓާ ފައިނަލް ގައި އަނިޔާ ވެގެން މުބާރާތް ނިންމާލަން ޖެހުނު އިރު، ނޭމާ ނެތި އެޓީމަށް ސެމީ ފައިނަލުގައި އެޓީމަށް ލިބުނީ ހިތްދަތި ނަތީޖާ އެކެވެ.
އެންމެ ފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ބްރެޒިލް ގެންދެވޭ ގޮތް ނުވި ނަމަވެސް، ފްރާޏްސްގެ ޕީއެސްޖީ އަށް ކުޅޭ ނޭމާ މި ސީޒަނުގައި ހުރީ ތަފާތު ފޯމެއްގަ އެވެ. އެ ފޯމުގައި ވޯލްޑް ކަޕަށް ހިނގައްޖެ ނަމަ ނޭމާ ހިފާއްޓާލުން އިދިކޮޅު ޓީމުތަކަށް އިހުނަށް ވުރެ އުނދަގޫ ވާނެ އެވެ. ނޭމާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 121 މެޗުން 75 ލަނޑު ޖަހައިފަ އެވެ. ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިގެން ޕެލޭ ހަދާފައި އޮތް ރެކޯޑް މުގުރާލަން ނޭމާއަށް ބޭނުންވަނީ ތިން ގޯލެވެ.
ތިއާގޯ ސިލްވާ: ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާ، 37، އަކީ ބްރެޒިލްގެ ޑިފެންސުގައި އަދިވެސް އެންމެ މުހިއްމު ލީޑަރެވެ. އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅެން ފެށީ 2008 ވަނަ އަހަރު އެވެ. އޭނާ ވަނީ ގައުމީ ޓީމަށް މިހާތަނަށް 109 މެޗު ކުޅެދީ، ހަތް ގޯލު ޖަހައިފަ އެވެ. ސިލްވާ ވަނީ ބްރެޒިލް އާއެކު އެންމެ ފަހުން އޮތް ތިން ވޯލްޑް ކަޕް ގައި ވެސް ކުޅެފަ އެވެ. އެންމެ ފުރަތަމަ ކުޅުނީ 2010 ވަނަ އަހަރުގެ މުބާރާތުގަ އެވެ. އޭގެ ފަހުން 2014 އަދި 2018 ވަނަ އަހަރުގެ މުބާރާތުގައި ވެސް ތިއާގޯ ވަލީ ބްރެޒިލް ޓީމަށް ލަނޑު ޖަހައިފަ އެވެ.
އިޓަލީ ލީގާއި ފްރާންސް ލީގުގައި ގިނަ ދުވަހު ކުޅުމަށް ފަހު އޭނާ ވަނީ 2020 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ އަށް ބަދަލު ވެފަ އެވެ. ޗެލްސީ އާއެކު ސިލްވާ ވަނީ މުހިއްމު ކުޅުންތެރިއެއް ގޮތުގައި ހުރެ، ޗެމްޕިއަންސް ލީގާއި ސުޕަ ކަޕް އަދި ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ. ޒުވާން ހަލުވި އެޓޭކަރުން ކައިރީގައި އަދިވެސް ސިލްވާ އަންނަނީ އޭނާގެ ކުޅަދާނަ ކަން ދައްކަމުންނެވެ.
ވިނީޝަސް ޖޫނިއާ: ރެއާލް މެޑްރިޑަށް ކުޅޭ އުމުރުން 22 އަހަރުގެ ވިނީޝަސް އަކީ ގައުމީ ޓީމުގައި މާ ގިނަ ތަޖުރިބާއެއް ނެތް ކުޅުންތެރިއެއް ނަމަވެސް، އޭނާގެ ހުނަރާއި ގާބިލުކަން އަންނަނީ ކްލަބް ލެވެލްގައި ދައްކަމުންނެވެ. އޭނާ އަކީ ރެއާލް މެޑްރިޑްގެ އެޓޭކްތަކުގައި މުހިއްމު ކުޅުންތެރިއެކެވެ. ރެއާލް މެޑްރިޑުން މިދިޔަ ސީޒަންގައި ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ޓީމުގައި ވެސް ވިނީޝަސްގެ ހިއްސާ ބޮޑެވެ. މި ސީޒަނުގައި ވެސް އޭނާ އަންނަނީ މިދިޔަ ސީޒަންގެ ކުޅުން ތަކުރާރު ކުރަމުންނެވެ.
ބްރެޒިލްގެ ގައުމީ ޓީމަށް ވިނީޝަސް ކުޅެން ފެށީ 2019 ވަނަ އަހަރު އެވެ. ގައުމީ ޓީމާ އެކު މިހާތަނަށް މުބާރާތެއްގައި ކުޅެފައި ވަނީ މިދިޔަ އަހަރު އޮތް ކޮޕާ އެމެރިކާ މުބާރާތުގަ އެވެ. ވިނީޝަސް ވަނީ ގައުމީ ޓީމަށް މިހާތަނަށް 16 މެޗު ކުޅެދީ، އެއް ގޯލު ޖަހައިފަ އެވެ. މިހާތަނަށް ޖެހި ހަމައެކަނި ގޯލަކީ މިއަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ޖެހި ގޯލެކެވެ.