Croatia

UpComming

November 23 | 15:00 hrs

Morocco

vs

Croatia

December 05 | 20:00 hrs

Japan

vs

Croatia

GROUP TABLE

Group Group F P W D L GF GA GD PTS
Belgium 0 0 0 0 0 0 0 0
Canada 3 0 0 3 2 7 -5 0
Morocco 0 0 0 0 0 0 0 0
Croatia 0 0 0 0 0 0 0 0

Squad

ގޯލްކީޕަރު

Dominik Livaković

Ivo Grbić

Ivica Ivušić

ޑިފެންޑަރު

Josip Stanišić

Borna Barišić

Martin Erlić

Dejan Lovren

Borna Sosa

Joško Gvardiol

Domagoj Vida

Josip Juranović

Josip Šutalo

ފޯވާޑް

Ivan Perišić

Andrej Kramarić

Marko Livaja

Bruno Petković

Ante Budimir

Mislav Oršić

މިޑްފީލްޑަރު

Lovro Majer

Mateo Kovačić

Luka Modrić

Marcelo Brozović

Nikola Vlašić

Mario Pašalić

Luka Sučić

Kristijan Jakić

ޔޫގޯސްލާވިއާގެ އަޅުވެތިކަމުގައި އޮތް ކްރޮއޭޝިއާ 1991 ވަނަ އަހަރު މިނިވަން ވުމަށް ފަހު، އެންމެ ފުރަތަމަ ވޯލްޑް ކަޕް ކޮލިފައިން ކުޅުނީ 1998 ގެ ވޯލްޑް ކަޕަށެވެ. އެ އަހަރުގެ މުބާރާތުން ޖާގަ ހޯދައި ސެމީ ފައިނަލާ ހަމައަށް ވެސް ދަތުރު ކުރި އެވެ ނަމަވެސް ހަނި ގޮތަކަށް ފްރާންސް އަތުން ބަލިވެގެން ޖެހުނީ ތިންވަނަ ހޮވާ މެޗުގައި ކުޅޭށެވެ. ނެދަލެންޑްސް ބަލިކޮށް އެ އަހަރުގެ ވޯލްޑް ކަޕްގެ ތިންވަނަ ކްރޮއޭޝިއާ ހޯދި އެވެ.
ވޯލްޑް ކަޕް ގައި ކުޅެން ފެށި ފަހުން ކްރޮއޭޝިއާ ކޮލިފައި ނުވީ ހަމައެކަނި 2010 ވަނަ އަހަރުގެ މުބާރާތަށެވެ. ފުރަތަމަ މުބާރާތަށް ފަހު ގުރޫޕް ސްޓޭޖުން އަރައި ނުގަނެވި އުޅެނިކޮށް، 2018 ވަނަ އަހަރު ގުރޫޕް ސްޓޭޖް ނިންމާލީ އާޖެންޓީނާއާ އެއް ގުރޫޕެއްގައި އޮވެ، ހުރިހާ މެޗެއް ކާމިޔާބު ކޮށްގެންނެވެ. ފައިނަލާ ހަމައަށް ދަތުރު ކުރި ނަމަވެސް ބަލިވީ ފްރާންސް އަތުން ބަލިވީ އެވެ.
ކޮލިފައިވީ ގޮތް: މިއަހަރުގެ ވޯލްޑް ކަޕަށް ކްރޮއޭޝިއާ ކޮލިފައިވީ، ކޮލިފައިން ގުރޫޕްގެ އެއްވަނަ ހޯދައިގެންނެވެ. ގުރޫޕުގައި ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗު ކާމިޔާބު ކުރި އިރު، ބަލިވީ ސްލޮވީނިއާ އަތުންނެވެ. ކްރޮއޭޝިއާ ހިމެނުނު ގުރޫޕުގައި ދެން ހިމެނުނީ ރަޝިއާ، ސްލޮވާކިއާ، ސައިޕްރަސް އަދި މާލްޓާ އެވެ.
ކޯޗު: ކްރޮއޭޝިއާގެ ކޯޗަކީ ޒަލްޓްކޯ ޑަލިޗް އެވެ. އޭނާ އަކީ އެގައުމުގައި މަގުބޫލު ކޯޗެވެ. ވޯލްޑް ކަޕަށް ޓީމު ކޮލިފައި ކޮށްދިނުމުގެ ޓާގެޓާ އެކު ކްރޮއޭޝިއާ އާ ހަވާލުވީ 2017 ވަނަ އަހަރެވެ. މިއީ އޭނާ ގައުމީ ޓީމެއްގެ ކޯޗުކަމާ ހަވާލުވި ފުރަތަމަ ފަހަރުވެސް މެއެވެ. ކްރޮއޭޝިއާ ވޯލްޑް ކަޕަށް ކޮލިފައި ކޮށްދިނުމުގެ އިތުރުން، 2018 ވަނަ އަހަރު ވަނީ ފުރަތަމަ ފަހަރަށް ކްރޮއޭޝިއާ ފައިނަލަށް ވެސް ގެންގޮސްދީފަ އެވެ.
މިދިޔަ އަހަރުގެ ޔޫރޯ މުބާރާތުގައި ޑަލިޗް އާއެކު ކްރޮއޭޝިއާ ކެޓީ ގަދަ 16 އާ ހަމައިންނެވެ. ނަމަވެސް މި އަހަރުގެ ޔޫއެފާ ނޭޝަންސް ލީގުގައި ޑަލިޗް ވަނީ ޑެންމާކާއި އޮސްޓްރިއާ އަދި ވޯލްޑް ކަޕް ފައިނަލުން އެޓީމު ބަލިވި ފްރާންސް ފަހަތަށް ޖައްސާލައި ގުރޫޕުގެ އެއްވަނަ ހޯދައި، ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލް ބުރުން ޖާގަ ހޯދައިދީފަ އެވެ.
ޑަލިޗް ވަނީ ކްރޮއޭޝިއާ އާ ހަވާލުވުމުގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން ކްރޮއޭޝިއާ އާއި މެދުއިރުމަތީގެ ކުލަބްތަކަކަށް ކޯޗު ކޮށްދީފަ އެވެ.
ގްރޫޕުގައި އޮތް ފުރުސަތު: ކްރޮއޭޝިއާ އޮތީ ބެލްޖިއަމް އާއި ކެނެޑާ އަދި މޮރޮކޯ އާއެކު މި އަހަރުގެ ވޯލްޑް ކަޕްގެ ގުރޫޕް އެފް ގަ އެވެ. އެންމެ ފަހުގެ ވޯލްޑް ކަޕް ފައިނަލާ ހަމައަށް ދަތުރުކޮށް، ކްރޮއޭޝިއާ އަދިވެސް އޮތީ ފޯމުގަ އެވެ. ގުރޫޕުގެ ފޭވަރިޓުންގެ ގޮތުގައި ބެލްޖިއަމް ނަގާފައި، ދެވަނަ ބުރަށް ދާނެ ކަމަށް ގިނަ ތަޖުރިބާކާރުން އިއްތިފާގު ވަނީ ކްރޮއޭޝިއާ އެވެ.
ލޫކާ މޮޑްރިޗް: މި އަހަރުގެ ވޯލްޑް ކަޕް ގައި ވެސް ކްރޮއޭޝިއާ ޓީމް ލީޑު ކުރާނީ ތަޖުރިބާކާރު މިޑްފީލްޑަރު ލޫކާ މޮޑްރިޗް އެވެ. ހުނަރުވެރި ކުޅުންތެރިޔާ ކްރޮއޭޝިއާގެ ގައުމީ ޓީމަށް ކުޅެން ފެށީ 2006 ވަނަ އަހަރު އެވެ. އެންމެ ފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލަށް ކްރޮއޭޝިއާ ދަތުރު ކުރީ މޮޑްރިޗްގެ ކެޕްޓަން ކަމުގަ އެވެ. އެ އަހަރުގެ ބެލޮންޑިއޯ އާއި ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް މޮޑްރިޗެވެ.
ސްޕެއިންގެ ރެއާލް މެޑްރިޑަށް 2012 ވަނަ އަހަރު ބަދަލު ވުމަށް ފަހު އެޓީމާ އެކު ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ. މިއީ މޮޑްރިޗް ވޯލްޑް ކަޕް ގައި ކުޅޭ ހަތަރު ވަނަ ފަހަރެވެ. އަދި މިއީ އުމުރުން 37 އަހަރުގެ ކުޅުންތެރިޔާ ގައުމީ ޓީމާ އެކު ކުރާނެ އެންމެ ފަހުގެ ތަޖުރިބާ ވެސް މެއެވެ. ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އޭނާ ވަނީ ނިންމައިފަ އެވެ.
އިވާން ޕެރިސިޗް: ވިންގަށް ކުޅޭ ޕެރިސިޗް ވަނީ އެންމެ ފަހުން އޮތް ދެ ވޯލްޑް ކަޕް ގައި ވެސް ކުޅެފަ އެވެ. ކްރޮއޭޝިއާގެ ގައުމީ ޓީމަށް 2011 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ޕެރިސިޗް ވަނީ ގައުމީ ޓީމަށް މިހާތަނަށް 115 މެޗު ކުޅެދީ، 32 ގޯލު ޖަހައިދީފަ އެވެ. އެންމެ ފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ތިން ގޯލު ޖެހިއިރު އޭގެ ތެރޭގައި ފައިނަލް ގައި ފްރާންސް ކޮޅަށް ޖެހި ގޯލު ވެސް ހިމެނެ އެވެ.
އުމުރުން 33 އަހަރުގެ ޕެރިސިޗް ވަނީ ޖަރުމަނާއި އިޓަލީގައި ކާމިޔާބު ހޯދުމަށް ފަހު މި ސީޒަނުގައި އިންގްލެންޑުގެ ޓޮޓެންހަމަށް ބަދަލު ވެފަ އެވެ.
އަންޑްރޭ ކްރަމަރިކް: އުމުރުން 31 އަހަރުގެ ފޯވާޑް އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅެން ފެށީ 2014 ވަނަ އަހަރު އެވެ. އޭނާ ވަނީ ކްރޮއޭޝިއާގެ ގައުމީ ޓީމަށް މިހާތަނަށް 73 މެޗު ކުޅެދީ، 19 ގޯލު ޖަހައިފަ އެވެ. ރަޝިއާގައި ކުޅުނު ވޯލްޑް ކަޕަކީ ކްރަމަރިޗްގެ ފުރަތަމަ ވޯލްޑް ކަޕެވެ. އެ ފަހަރުގެ ކުއާޓާ ފައިނަލްގައި ކްރަމަރިޗް ވަނީ ރަޝިއާ ކޮޅަށް ގޯލު ވެސް ޖަހައިފަ އެވެ.
ޖަރުމަންގެ ހޮފެއިންހެމް އަށް ކުޅޭ ފޯވާޑް ވަނީ 2016 އިން ފެށިގެން އެޓީމަށް މިހާތަނަށް 200 އަށް ވުރެ ގިނަ މެޗު ކުޅެދީ، 100 އަށް ވުރެ ގިނަ ލަނޑު ޖަހައިފަ އެވެ. ހޮފެއިންހެމް އަށް ބަދަލުވުމުގެ ކުރީ ސީޒަނުގައި އޭނާ ވަނީ ކްރޮއޭޝިއާ ލީގު ދޫކޮށް ފުރަތަމަ ފަހަރަށް ގައުމުން ބޭރު ލީގަކަށް ބަދަލު ވެފަ އެވެ.
ލެސްޓާ ސިޓީގެ ކްލަބް ރެކޯޑް ފީ އަކަށް 2015 ވަނަ އަހަރު ކްރަމަރިޗް އެޓީމަށް ސޮއި ކުރުމަށް ފަހު، ޖެހިގެން އައި ސީޒަނުގައި އޭނާ އަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުމުން ލެސްޓާ އަށް ދެ މެޗު ކުޅުމަށް ފަހު އެ ސީޒަނުގައި ހޮފެއިންހެމް އަށް ފޮނުވާލީ އެވެ. އެ ސީޒަނަކީ ލެސްޓާ އިން ޕްރިމިއާ ލީގު ކާމިޔާބު ކުރި ސީޒަނެވެ.