Canada

UpComming

November 24 | 00:00 hrs

Belgium

vs

Canada

November 27 | 21:00 hrs

Croatia

vs

Canada

GROUP TABLE

Group Group F P W D L GF GA GD PTS
Belgium 0 0 0 0 0 0 0 0
Canada 3 0 0 3 2 7 -5 0
Morocco 0 0 0 0 0 0 0 0
Croatia 0 0 0 0 0 0 0 0

Squad

ގޯލްކީޕަރު

Dayne St. Clair

James Pantemis

Milan Borjan

ޑިފެންޑަރު

Alistair Johnston

Sam Adekugbe

Kamal Miller

Steven Vitória

Richie Laryea

Derek Cornelius

Joel Waterman

މިޑްފީލްޑަރު

Samuel Piette

Stephen Eustáquio

Liam Fraser

Junior Hoilett

Atiba Hutchinson

Mark-Anthony Kaye

Ismaël Koné

Jonathan Osorio

Liam Millar

David Wotherspoon

ފޯވާޑް

Lucas Cavallini

Tajon Buchanan

Iké Ugbo

Cyle Larin

Alphonso Davies

Jonathan David

ވޯލްޑް ކަޕްގެ ތާރީހް:
އުތުރު އެމެރިކާ ސަރަހައްދަށް ނިސްބަތްވާ ކެނެޑާ ވޯލްޑް ކަޕްގައި ވާދަކުރާ މިއީ ދެ ވަނަ ފަހަރެވެ. އެގައުމުން އެންމެ ފުރަތަމަ ވާދަކުރީ 1986 ވަނަ އަހަރު މެކްސިކޯގައި އޮތް މުބާރާތުގަ އެވެ. އެފަހަރު ގްރޫޕް ސްޓޭޖުގައި ހަންގޭރީ އާއި ފްރާންސް އަދި ޔޫއެސްއެސްއާރު އަތުން ބަލިވި މުބާރާތުން ކެޓިއިރު ގޯލެއް ވެސް އެޓީމަށް ނުޖެހުނެވެ. އޭގެ 36 އަހަރު ފަހުން ވޯލްޑް ކަޕުން އެގައުމު ދެ ވަނަ ފަހަރަށް ފުރުސަތު ހޯދީ ސަރަހައްދުގެ މަޝްހޫރު ބައެއް ގައުމުތައް ފަހަތަށް ޖައްސާލާފަ އެވެ.
ކެނެޑާ ވަނީ ސަރަހައްދީ މުބާރާތް ކަމަށްވާ ކޮންކާކަފްގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދައިފަ އެވެ. ފުޓްބޯޅައިގައި ފަހަކަށް އައިސް ކުރިއެރުން ހޯދަމުން އައިސް މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމަކީ އެގައުމުގެ ފުޓްބޯޅަ އަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އަނެއްކޮޅުން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް މެކްސިކޯ އާއި އެމެރިކާ އަދި ކެނެޑާ ގުޅިގެން ބާއްވާތީ އެ މުބާރާތުގައި ކުޅޭނެކަމުގެ ޔަގީންކަން އެގައުމަށް ވަނީ ލިބިފަ އެވެ.
ކޮލިފައިވި ގޮތް:
ވޯލްޑް ކަޕަށް ކޮލިފައިވާން ކެނެޑާ ކުރީ ދިގު ދަތުރެކެވެ. އެގައުމު އެންމެ ފުރަތަމަ ވާދަކުރީ ސަރަހައްދުގެ ފުރަތަމަ ބުރުގެ ގްރޫޕުގަ އެވެ. އެ ގްރޫޕުން އެއް ވަނަ ހޯދީ ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށްގެންނެވެ. އޭގެފަހުން ދެ ވަނަ ބުރުގައި ކެނެޑާ ވާދަކުރީ ކުރާކާއޯއާ އެވެ. އެގައުމާ ދެކޮޅަށް ކުޅޭ ދެ ލެގުގެ އެގްރިގޭޓުން ކެނެޑާ މޮޅުވީ 1-2 އިންނެވެ. ދެ ބުރު ފުރިހަމަ ކުރުމަށް ފަހު ކެނެޑާ ދެން ނުކުތީ ގަދަ އަށް ޓީމާ އެކު ކުޅުނު ތިން ވަނަ ބުރުގެ މެޗުތަކަށެވެ. އެ ގްރޫޕުގައި ކުޅުނު 14 މެޗުން 28 ޕޮއިންޓް ހޯދައި ކެނެޑާ ވަނީ އެއް ވަނަ ޓީމުގެ ގޮތުގައި ވޯލްޑް ކަޕްގެ އޮޓަމެޓިކް ޖާގައެއް ހޯދައިފަ އެވެ. ކެނެޑާ އިން ވަނީ ފަހު ބުރުގައި ކުޅުނު 14 މެޗުގެ ތެރެއިން އަށް މެޗު ކާމިޔާބުކޮށްފަ އެވެ. ހަތަރު މެޗު އެއްވަރުވިއިރު ބަލިވީ ދެ މެޗުންނެވެ.
ކޯޗު: ޖޯން ހާޑްމަން
ޖޯން ހާޑްމަން އަކީ އާދައިގެ ކޯޗެއް ނޫނެވެ. ކްލަބް ފުޓްބޯޅަ ކުޅުމަށް ވުރެ ބޮޑަށް ހާޑްމަން ފާހަގަކުރެވުނީ އިލްމީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް މަސައްކަތްކުރާ ކޯޗެއްގެ ގޮތުގަ އެވެ. 47 އަހަރުގެ ހާޑްމަން ކޯޗިން ފެށީ އުފަން ގައުމު އިންގްލެންޑުންނެވެ. ދަރިވަރެއްގެ ގޮތުގައި ހުރެ އޭރު ހާޑްމަން ދިޔައީ ޕާޓްޓައިމް ލެކްޗަރާއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުންނެވެ. ހާޑްމަން ފުޓްބޯޅައިން ކުރިއަށްދާން ފެށީ ސަންޑަލެންޑުގެ ޑިވެލޮޕްމަންޓް ކޯޗެއްގެ ގޮތުގައި 2001 ވަނަ އަހަރުން ފެށިގެންނެވެ.
ފަހުން ނިއު ޒީލެންޑަށް ދިރިއުޅުން ބަދަލުކޮށް ހާޑްމަން ދެން ފެނުނީ އަންހެން ފުޓްބޯޅައިގެ ކޯޗިންގަ އެވެ. ހާލަންޑް ވަނީ 2008، 2007 އަދި 2011 ވަނަ އަހަރުގެ ވިމެންސް ވޯލްޑް ކަޕަށް ނިއު ޒީލެންޑް ކޮލިފައިކޮށްދީފަ އެވެ. އޭގެފަހުން ހާނަންޑް ވަނީ ކެނެޑާގެ އަންހެން ޓީމުގެ ކޯޗުކަން ވެސް ކޮށްފަ އެވެ. ހާނަންޑް ކެނެޑާގެ ފިރިހެން ޓީމާ ހަވާލުވީ 2018 ވަނަ އަހަރު އެވެ. ހާނަންޑަކީ އަންހެން ޓީމާއި ފިރިހެން ގައުމީ ޓީމެއް ވޯލްޑް ކަޕަށް ކޮލިފައިކޮށްދިން ފުރަތަމަ ކޯޗަށެވެ.
ފާހަގަކޮށްލެވޭ ކުޅުންތެރިން:
އަލްފޮންސޯ ޑޭވީސް
އަލްފޮންސޯ ޑޭވީސް އަކީ މުޅި ކެނެޑާގެ އެންމެ ފަހުރުވެރި ކުޅުންތެރިޔާ އެވެ. 21 އަހަރުގެ އަލްފޮންސޯ ކުޅެމުން އަންނަނީ ޔޫރަޕްގެ އެންމެ ވަރުގަދަ އެއް ކްލަބް ކަމަށްވާ ބަޔާން މިއުނިކަށެވެ. ބަޔާންގައި އޭނާ ދައްކަމުން އަންނަ މޮޅު ކުޅުމާ އެކު އަލްފޮންސޯ އަކީ ޑިފެންސުގެ ވާތު ފަޅިއަށް ކުޅޭ ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާ އެވެ. ބަޔާން މިއުނިކްގައި ފަހަތަށް ކުޅުނަސް ގައުމީ ޓީމުގައި އެޓޭކިން މަގާމްތަކުގައި ވެސް އަލްފޮންސޯ ކުޅެ އެވެ.
2017 ވަނަ އަހަރު ގައުމީ ޓީމުން ފުރުސަތު ހޯދައި އަލްފޮންސޯ ވަނީ މިހާތަނަށް ކުޅުނު 34 މެޗުގައި 12 ލަނޑު ޖަހައިފަ އެވެ. ޒުވާން އުމުރުގައި އަލްފޮންސޯ ދައްކަމުން އަންނަ މޮޅު ކުޅުމާ އެކު އޭނާ ވެފައިވަނީ ދުނިޔޭގެ މަގްބޫލު ކުޅުންތެރިންނަށް އިދިކޮޅުން ކުޅެން އެންމެ އުނދަގޫ އެއް ކުޅުންތެރިޔާއަށެވެ.
ސްޓެފަން އިސްޓަކުއިއޯ
ޑިފެންސިވް މިޑްފީލްޑަރަކަށް ކުޅޭ 25 އަހަރުގެ އިސްޓަކުއިއޯ އެންމެ ފުރަތަމަ ފެނުނީ ޕޯޗުގަލްގެ ޒުވާން ގައުމީ ޓީމުންނެވެ. އޭރު އޭނާއާ އެކު ކުޅުނު ޑިއޯގޯ ޑަލޯ އާއި ޑިއޯގޯ ޖޯޓާ އަދި ޔާއޯ ފީލިކްސް އަކީ މިހާރު ޕޯޗުގަލްގެ ސީނިއާ ޓީމުގެ ކުޅުންތެރިންނެވެ. ޕޯޗުގަލްގެ ގައުމީ ޓީމުން ފުރުސަތު ހޯދޭ ފެންވަރު ހުރިނަމަވެސް އިސްޓަކުއިއޯ ވަނީ ކެނެޑާ އަށް ރަށްވެހިކަން ބަދަލުކޮށްފަ އެވެ. 2019 ވަނަ އަހަރުން ފެށިގެން އެގައުމަށް ކުޅެމުން އަންނައިރު މިހާތަނަށް ވަނީ 26 މެޗު ކުޅެ ތިން ގޯލު ޖަހައިފަ އެވެ.
ކްލަބް ލެވެލްގައި ކުރިއެރުން ހޯދަމުން އައިސް އިސްޓަކުއިއޯ މިއަހަރު ވަނީ ޕޯޓޯއާ އެކު ދާއިމީ އެއްބަސްވުމަކަށް އައިސްފަ އެވެ.
ކައިލް ލާރިން
ވޯލްޑް ކަޕްގައި ކެނެޑާ އިން ކުރާ އުއްމީދުގައި އަލްފޮންސޯ ޑޭވީސްއާ އެކު މުޅި ޓީމު އެންމެ ބޮޑަށް ބަރޯސާވާނީ ލާރިން އަށެވެ. 27 އަހަރުގެ ފޯވާޑް ވަނީ ކޮލިފައިންގައި 13 ގޯލު ޖަހައި ކޮންކާކަފް ސަރަހައްދުގެ ލަނޑު ލިސްޓުގެ އެއް ވަނަ ހޯދައިފަ އެވެ. ލާރިން ފާހަގަކުރެވެނީ ކްލަބާއި ގައުމީ ޓީމުގައި ވެސް ގޯލާ ރައްޓެހި ކުޅުންތެރިއެއްގެ ގޮތުގަ އެވެ. 2014 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފަށައި 54 މެޗުގައި ލާރިން ވަނީ 25 ގޯލު ޖަހައިފަ އެވެ. ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިއަކީ ވެސް ލާރިން އެވެ.
ކްލަބް ލެވެލްގައި ވެސް މިދިޔަ އަހަރުތަކުގައި ލާރިން އަކީ ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. 21/2020 ވަނަ ސީޒަނުގައި ތުރުކީގެ ބެސިކްޓާސްގައި ކުޅުނު 45 މެޗުގައި ލާރިން 23 ގޯލު ޖެހި އެވެ. މިދިޔަ އަހަރު ކެނެޑާ ކުޅުނު 13 މެޗުގައި ލާރިން 14 ގޯލު ޖެހި އެވެ. މިހާރު ކްލަބް ބްރޫހާ އަށް ކުޅެމުން އަންނަ ލާރިން އަންނަނީ އެ ކްލަބުގައި ވެސް މުހިއްމު ކުޅުންތެރިއެކެވެ.
ގްރޫޕްގަ އޮތް ފުރުސަތު:
ގްރޫޕް ސްޓޭޖުގައި ކެނެޑާ އަށް ކުރަން ޖެހެނީ ފަސޭހަ ތަޖުރިބާއެއް ނޫނެވެ. ފުރަތަމަ މެޗުގައި ނޮވެމްބަރު 24 ވަނަ ދުވަހު ކެނެޑާ ނުކުންނާނީ ވަރުގަދަ ބެލްޖިއަމްއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ނޮވެމްބަރު 27 ވަނަ ދުވަހު ކުޅޭނީ އެންމެ ފަހުގެ ވޯލްޑް ކަޕްގެ ފައިނަލުގައި ބަލިވި ކްރޮއޭޝިއާއާ އެވެ. ފަހު މެޗުގައި ޑިސެމްބަރު އެއް ވަނަ ދުވަހު ކެނެޑާ ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ. މި ގްރޫޕުގައި އޮތް ތިން ޓީމަކީ ވެސް ކެނެޑާ އަށް ވުރެ ހުރިހާ ގޮތަކުން ވެސް ވަރުގަދަ ޓީމުތަކެކެވެ. އަނެއް ބުރަށް ކެނެޑާ އަށް ދެވެން އޮތީ ބެލްޖިއަމް އާއި ކްރޮއޭޝިއާ ކަހަލަ ޓީމުތަކަށް ސިހުން ގެނުވައިގެންނެވެ.