Spain

UpComming

December 02 | 00:00 hrs

Japan

vs

Spain

December 06 | 20:00 hrs

Morocco

vs

Spain

GROUP TABLE

Group Group E P W D L GF GA GD PTS
Spain 0 0 0 0 0 0 0 0
Germany 0 0 0 0 0 0 0 0
Japan 0 0 0 0 0 0 0 0
Costa Rica 0 0 0 0 0 0 0 0

Squad

ގޯލްކީޕަރު

Robert Sánchez

David Raya

Unai Simón

ޑިފެންޑަރު

César Azpilicueta

Eric García

Pau Torres

Alejandro Balde

Hugo Guillamón

Jordi Alba

Dani Carvajal

Aymeric Laporte

މިޑްފީލްޑަރު

Sergio Busquets

Marcos Llorente

Koke

Gavi

Rodri

Carlos Soler

Pedri

ފޯވާޑް

Álvaro Morata

Marco Asensio

Ferran Torres

Nico Williams

Yeremy Pino

Dani Olmo

Pablo Sarabia

Ansu Fati

ސްޕެއިން އަކީ 2010 ވަނަ އަހަރުގެ ޗެމްޕިއަނުންނެވެ. ނަމަވެސް 2014 ގައި ގުރޫޕް ސްޓޭޖުން ކެޓި އިރު، އެންމެ ފަހުން 2018 ވަނަ އަހަރު ކެޓީ ގަދަ 16 އިންނެވެ.
އެންމެ ފުރަތަމަ ސްޕެއިން ވޯލްޑް ކަޕް ކުޅުނީ 1934 ގަ އެވެ. އެ އަހަރު ކުއާޓާ ފައިނަލުން ޖާގަ ހޯދި އެވެ. އޭގެ ފަހުން ވާދަކުރީ 1950 ވަނަ އަހަރުގެ ވޯލްޑް ކަޕް ގަ އެވެ. އެ އަހަރު ސްޕެއިން އަށް ހަތަރު ވަނަ ލިބުނެވެ. އެއީ ޗެމްޕިއަންކަން ހޯދުމުގެ ކުރިން ވޯލްޑް ކަޕް ގައި ސްޕެއިން އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.
މިއީ ސްޕެއިން ވޯލްޑް ކަޕް ގައި ކުޅޭ 16 ވަނަ ފަހަރެވެ. އެޓީމުން އަންނަނީ 1978 ގެ ވޯލްޑް ކަޕުން ފެށިގެން ގަވާއިދުން މުބާރާތުން ޖާގަ ހޯދަމުންނެވެ. ޗެމްޕިއަންކަން ހޯދުމުގެ އިތުރަށް އެންމެ ދުރަށް ދެވުނީ ކުއާޓާ ފައިނަލާ ހަމައަށެވެ.

ކޮލިފައި ވީ ގޮތް: ސްޕެއިން ކޮލިފައިވީ އެޓީމު ހިމެނޭ ގުރޫޕް ބީ ގެ އެއްވަނަ ހޯދައިގެންނެވެ. އެޓީމުން ކޮލިފައިންގައި ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗު ކާމިޔާބު ކުރި އެވެ.
ފުރަތަމަ މެޗުގައި ގްރީސް އާ ދެކޮޅަށް ކުޅެ މޮޅެއް ނުވެވުނެވެ. ޖެހިގެން އައި ދެ މެޗުގައި ޖޯޖިއާ އާއި ކޮސޯވޯ ބަލިކުރި ނަމަވެސް ހަތަރު ވަނަ މެޗުގައި ސްވިޑެން އަތުން ބަލިވި އެވެ. އެކަމަކު އޭގެ ފަހުން ކުޅުނު ހަތަރު މެޗު ވެސް ސްޕެއިން އިން ކާމިޔާބު ކުރި އެވެ.
ކޯޗު: ލުއިސް އެންރީކޭ އަކީ ކުރިން ސްޕެއިންގެ ގައުމީ ޓީމާ އެކު ތިން ވޯލްޑް ކަޕެއްގައި ވެސް ކުޅުނު ކުޅުންތެރިއެކެވެ. އަދި ދެ ވޯލްޑް ކަޕެއްގައި ލަނޑު ވެސް ޖަހައިފައި ވެއެވެ. ރެއާލް މެޑްރިޑާއި ބާސެލޯނާގައި އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކުޅެ، ކާމިޔާބު ވެސް ހޯދައިފަ އެވެ.
އެންރީކޭ ސްޕެއިންގެ ގައުމީ ޓީމާ ހަވާލުވީ 2018 ވަނަ އަހަރެވެ. ޖެހިގެން އައި އަހަރު އޭނާގެ އުމުރުން ނުވަ އަހަރުގެ އަންހެން ދަރިފުޅު ކެންސަރު ބަލީގައި މަރުވުމުން ގައުމީ ޓީމުގެ ވަޒީފާ ދޫކޮށްލި ނަމަވެސް، 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އަލުން ޓީމާ ގުޅުނެވެ.
އޭނާ ޓީމާ ހަވާލުވި ފަހުން ވަނީ ގައުމީ ޓީމުން ބާސެލޯނާ އާއި ރެއާލް މެޑްރިޑުގެ ކުޅުންތެރިންނަށް ބަރޯސާވުން ހުއްޓުވަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ގައުމުން ބޭރުގައި ކުޅެމުން އަންނަ ކުޅުންތެރިންނަށް ވެސް އެއްވެސް ތަފާތު ކުރުމެއް ނެތި ވަނީ ގައުމީ ޓީމުގެ ދޮރު ހުޅުވާލައިދީފަ އެވެ.
2021 ވަނަ އަހަރުގެ ޔޫރޯ އަށް ނެގި ޓީމުން ބާސެލޯނާގެ ތިން ކުޅުންތެރިއަކަށް ޖާގަ ދިން އިރު، ރެއާލްގެ އެއްވެސް ކުޅުންތެރިއަކަށް ޖާގައެއް ނުދެ އެވެ. މީގެ ސަބަބުން އޭނާއަށް ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒު ވިއެވެ. ޔޫރޯ ގައި ސެމީ ފައިިނަލާ ހަމައަށް ދަތުރު ކުރި އިރު، ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. އަދި ނޭޝަންސް ލީގު ފައިނަލް ގައި ބަލިވީ ފްރާންސް އަތުންނެވެ.
އެންރީކޭ ކޯޗިންގެ ދާއިރާ އަށް ވަނީ 2008 ވަނަ އަހަރު ބާސެލޯނާގެ ރިޒާވް ޓީމުންނެވެ. އޭގެ ފަހުން އިޓަލީގެ ރޯމާ އާއި ސްޕެއިންގެ ސެލްޓާއަށް ވެސް ކޯޗު ކޮށްދިން އިރު، ކޯޗިން ކެރިއަރުގައި ވިދުން ގަދަ ވާން ފެށީ 2014 ވަނަ އަހަރު ބާސެލޯނާއާ ގުޅުނު ހިސާބުންނެވެ. ބާސެލޯނާއާއެކު ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށް، 2015 ވަނަ އަހަރު ފީފާ އިން ހޮވި އެންމެ މޮޅު ކޯޗުގެ އެވޯޑް ވެސް ހޯދީ އޭނާ އެވެ.

ގްރޫޕުގައި އޮތް ފުރުސަތު: ސްޕެއިން ހިމެނެނީ ޖަރުމަނާއި ޖަޕާން އަދި ކޮސްޓަ ރިކާ އާއެކު ގުރޫޕް އީ ގަ އެވެ. ސްޕެއިން އާއެކު ޖަރުމަނަކީ މި ގުރޫޕުގެ ފޭވަރިޓުންނެވެ. ޖަޕާނާއި ކޮސްޓަ ރިކާ އަކީ ދަށް ޓީމުތަކެއް ނޫނެވެ. ނަމަވެސް ކުޅުންތެރިންގެ ހުނަރާއި ތަޖުރިބާއަށް ބަލާއިރު ސްޕެއިން އާއި ޖަރުމަނާ ވާދަކުރަން އުނދަގޫ ވާނެ އެވެ. އެހެންވެ ސްޕެއިން އަށް ދެވަނަ ބުރުގެ ޖާގައެއް ހޯދުން މާ އުނދަގޫ ވާނެ ކަމަކަށް ލަފައެއް ނުކުރެވެ އެވެ.

ޕެޑްރީ: ސްޕެއިން މެދުތެރޭގައި ކުރިއަރަމުން އަންނަ ޒުވާން ކުޅުންތެރިންތަކުގެ ތެރެއިން އެންމެ ހުނަރުވެރި އެއް ކުޅުންތެރިއަކީ ބާސެލޯނާ އަށް ކުޅެމުން އަންނަ އުމުރުން 19 އަހަރުގެ ޕެޑްރީ އެވެ. މިދިޔަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި ޕެޑްރީ އުމުރުން ހަގަސް އޭނާ ވަނީ މިދިޔަ އަހަރު އޮތް ޔޫރޯ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރި ސްޕެއިންގެ ޓީމަށް ހުރިހާ މެޗެއްގައި ފުލްކޮށް ކުޅެފަ އެވެ. އޭނާ ބޭލުވީ ކުއާޓާ ފައިނަލްގެ ޕެނަލްޓީ ޝޫޓައުޓަށެވެ. އެ މުބާރާތަށް ފަހު އެއަށް ފަހު 23 ޖަޕާނުގައި އޮތް އޮލިމްޕިކްސްގެ ރިހި މެޑަލް ހޯދި ޓީމަށް ވެސް ކޮންމެ މެޗެއްގައި ކުޅެފައި ވެއެވެ.
ސްޕެއިންގެ ދެވަނަ ޑިވިޝަންގެ ލަސް ޕާމާސް އިން އުމުރުން 16 އަހަރުގައި ކެރިއަރު ފެށި ޕެޑްރީ ވަނީ ޖެހިގެން އައި ސީޒަނުގައި ބާސެލޯނާއާ ގުޅިފަ އެވެ. ޕެޑްރީ އާއެކު ބާސެލޯނާގައި އުޅޭ އުމުރުން 18 އަހަރުގެ ގަވީ، އެކުގައި ކުޅޭ އިރު ކުރިން ބާސެލޯނާގެ މެދުތެރޭގައި އެންމެ މަގުބޫލުވި ޒަވީ އާއި އިނިއެސްތާއާ ގިނަ ބަޔަކު އެއްގޮތް ކުރެ އެވެ. އެކިއެކި ފާޑުކިޔުންތަކާ އެކު ވެސް ދެ ކުޅުންތެރިން ވަނީ ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭގެ އިތުބާރު ހޯދައިފަ އެވެ.
ސާޖިއޯ ބުސްކެޓްސް: ތަޖުރިބާކާރު މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް އަކީ ސްޕެއިންގެ ކެޕްޓަނެވެ. އުމުރުން 34 އަހަރުގެ ބުސްކެޓްސް ވަނީ މިހާތަނަށް ގައުމީ ޓީމަށް 139 މެޗު ކުޅެދީފަ އެވެ. ބުސްކެޓްސް ސްޕެއިންގެ ގައުމީ ޓީމަށް ކުޅެން ފެށީ 2009 ވަނަ އަހަރެވެ. ޖެހިގެން އައި 2010 ވަނަ އަހަރު ސްޕެއިން މިހާތަނަށް ހޯދި ހަމައެކަނި ވޯލްޑް ކަޕް ކާމިޔާބު ކުރި ޓީމުގައި އޭނާ އަކީ މުހިއްމު ކުޅުންތެރިއެކެވެ. އޭނާ ކުޑައިރުއްސުރެން ފެށިގެން ކުޅެމުން އަންނަ ބާސެލޯނާ އަށް ވެސް އަދިވެސް ބުސްކެޓްސް ވަރެއް ނެތެވެ.
ސްޕެއިން ޓީމުގެ ކެޕްޓަންކަން ބުސްކެޓްސްއާ ހަވާލުކުރީ މިދިޔަ އަހަރު، އޭރުގެ ކެޕްޓަން ސާޖިއޯ ރާމޯސް، 36، އަށް ގާތްގާތުގައި އަނިޔާތައް ވާން ފެށުމުންނެވެ. ރާމޯސް އަކީ 180 މެޗާ އެކު ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް އޮންނަ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ.
އުނެއި ސިމޯން: ސްޕެއިންގެ އެތުލެޓިކް ބިލްބާއޯ އަށް ކުޅޭ އުމުރުން 25 އަހަރުގެ ގޯލްކީޕަރު އުނެއި ސިމޯން ގައުމީ ޓީމަށް ކުޅެން ފެށީ 2020 ވަނަ އަހަރު އެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ވަނީ ކޯޗު އެންރީކޭގެ އިތުބާރު ހޯދައި، ޓީމުގެ އެއް ނަމްބަރު ގޯލްކީޕަރުގެ މަގާމަށް ވާސިލް ވެފަ އެވެ.
މިދިޔަ އަހަރުގެ ޔޫރޯ މުބާރާތުގެ އިތުރުން މި އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގެ ހުރިހާ މެޗެއްގައި ވެސް ސްޕެއިންގެ ގޯލު ބެލެހެއްޓީ ސިމޯން އެވެ. އެންމެ ފަހުން އޮތް ނޭޝަންސް ލީގުގެ ފައިނަލަށް ދަތުރުކުރި ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ސިމޯން އާއެކު ސްޕެއިން ވަނީ އަންނަ އަހަރު އޮންނަ ނޭޝަންސް ލީގު ފައިނަލް ބުރުން ވެސް ޖާގަ ހޯދައިފަ އެވެ. ސިމޯންގެ ފުރަތަމަ ވޯލްޑް ކަޕް ގައި އޭނާގެ ފަރާތުން މޮޅު ކުޅުމަކަށް ސްޕެއިންގެ ސަޕޯޓަރުން އުންމީދު ކުރާނެ އެވެ.