Costa Rica

UpComming

November 23 | 21:00 hrs

Spain

vs

Costa Rica

November 27 | 15:00 hrs

Japan

vs

Costa Rica

GROUP TABLE

Group Group E P W D L GF GA GD PTS
Spain 0 0 0 0 0 0 0 0
Germany 0 0 0 0 0 0 0 0
Japan 0 0 0 0 0 0 0 0
Costa Rica 0 0 0 0 0 0 0 0

Squad

ގޯލްކީޕަރު

Keylor Navas

Esteban Alvarado

Patrick Sequeira

މިޑްފީލްޑަރު

Daniel Chacón

Celso Borges

Jewison Bennette

Bryan Ruiz

Gerson Torres

Youstin Salas

Yeltsin Tejeda

Brandon Aguilera

Douglas López

Roan Wilson

Anthony Hernández

Álvaro Zamora

ޑިފެންޑަރު

Juan Pablo Vargas

Keysher Fuller

Óscar Duarte

Bryan Oviedo

Francisco Calvo

Carlos Martínez

Kendall Waston

Rónald Matarrita

ފޯވާޑް

Anthony Contreras

Johan Venegas

Joel Campbell

ވޯލްޑް ކަޕްގެ ތާރީހް:
އިޓަލީ، އިންގްލެންޑް އަދި އުރުގުއޭ ފަހަތަށް ޖައްސާލައި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކޮސްޓަ ރީކާ ގްރޫޕުގެ އެއް ވަނަ ހޯދުން ވެގެންދިޔައީ އެގައުމުގެ ފުޓްބޯޅަ އަށް ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓުނު ކަމަކަށެވެ. ސެންޓްރަލް އެމެރިކާ ސަރަހައްދަށް ނިސްބަތްވާ ކޮސްޓަ ރީކާ ވޯލްޑް ކަޕްގައި ވާދަކުރާ މިއީ ހަ ވަނަ ފަހަރެވެ. އެގައުމު އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 1990 ވަނަ އަހަރު އެވެ. އެފަހަރު އެޓީމު ވަނީ ގަދަ 16 އަށް ދަތުރުކޮށްފަ އެވެ. އޭގެފަހުން 2002، 2006 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓީ އެވެ. 2014 ވަނަ އަހަރު ބޮޑެތި ޓީމުތައް ސިއްސުވާލުމަށް ފަހު ކުއާޓާ ފައިނަލާ ހަމައަށް އެގައުމު ދަތުރުކުރި އެވެ. އެކަމަކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ނުދެވުނެވެ.
ކޮލިފައިވި ގޮތް:
ކޮންކާކަފް ސަރަހައްދުގައި ރޭންކިންގެ ގަދަ ފަހެއްގައި ހިމެނުމުން ކޮސްޓަ ރީކާ އެންމެ ފުރަތަމަ ވެސް ވާދަކުރީ ކޮލިފައިންގެ ތިން ވަނަ ބުރުގަ އެވެ. މި ބުރުގައި ވާދަކުރީ އެ ސަރަހައްދުގެ ރޭންކިންގެ ގަދަ ފަސް ޓީމާއި ކޮލިފައިންގެ ފުރަތަމަ ބުރާއި ދެ ވަނަ ބުރުން ހޮވުން ތިން ޓީމެވެ. ޖުމްލަ އަށް ޓީމުގެ މެދުގައި ކުރިއަށްދިޔަ ކޮލިފައިން ބުރުން ކޮސްޓަ ރީކާ އަށް ލިބުނީ ހަތަރު ވަނަ އެވެ. އެހެންވެ އެޓީމު ޖެހުނީ ޕްލޭއޮފް މެޗުގައި ވާދަކުރާށެވެ. ޕްލޭއޮފް މެޗުގައި ކޮސްޓަ ރީކާ ވާދަކުރީ އޯޝޭނިއާ ސަރަހައްދުން އައި ނިއު ޒީލެންޑާ އެވެ. ވޯލްޑް ކަޕްގެ ޖާގައެއް ކޮސްޓަ ރީކާ ކަށަވަރުކުރީ އެ މެޗު 0-1 އިން ކާމިޔާބުކޮށްގެންނެވެ.
ކޮލިފައިން ގްރޫޕް ސްޓޭޖުގައި ކުޅުނު 14 މެޗުން ކޮސްޓަ ރީކާ އަށް ލިބުނީ 25 ޕޮއިންޓެވެ. އެޓީމު ހަތް މެޗުން މޮޅުވިއިރު ބަލިވީ ތިން މެޗުންނެވެ. އެއްވަރުވީ ހަތަރު މެޗުންނެވެ. ކޮލިފައިންގައި ވާދަކުރި އަށް ޓީމުގެ ތެރެއިން ޑިފެންސިވް ރެކޯޑް އެންމެ ރަނގަޅީ ކޮސްޓަ ރީކާގެ އެވެ. 14 މެޗުގައި އެޓީމު ކޮޅަށް ވަނީ އަށް ގޯލެވެ.
ކޯޗު: ލުއިޒް ފެނާންޑޯ ސުއަރޭޒް
ކޮސްޓަ ރީކާގެ ކޯޗަކީ އުމުރުން 62 އަހަރުގެ ތަޖުރިބާކާރު ލުއިޒް ފެނާންޑޯ ސުއަރޭޒް އެވެ. ކޮލަމްބިއާ އަށް އުފަން ފެނާންޑޯ އަކީ ބައިނަލްއަގްވާމީ ފުޓްބޯޅައިގެ ތަޖުރިބާ ބޮޑު ކޯޗެކެވެ. އޭނާގެ ކޯޗުކަމުގައި އިކުއެޑޯ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ދެ ވަނަ ބުރަށް ވަނީ ދަތުރުކޮށްފަ އެވެ. އިކުއެޑޯގެ އިތުރުން ހޮންޑިއުރަސްގެ ކޯޗުކަން ވެސް ފެނާންޑޯ ވަނީ ކޮށްފަ އެވެ. ފެނާންޑޯ އަންނަނީ 1999 އިން ފެށިގެން ކޯޗިންގައި މަސައްކަތްކުރަމުންނެވެ.
ކޮސްޓަ ރީކާގެ ކޯޗުކަމާ ފެނާންޑޯ ހަވާލުވީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އޭނާގެ ކޯޗުކަމުގައި ކޮސްޓަ ރީކާ ވަނީ ކުޅުނު 23 މެޗުގެ ތެރެއިން 13 މެޗު ކާމިޔާބުކޮށްފަ އެވެ. ފަސް މެޗު އެއްވަރުވިއިރު ބަލިވީ ވެސް ފަސް މެޗުންނެވެ.
ފާހަގަކޮށްލެވޭ ކުޅުންތެރިން:
ކޭލޯ ނަވާސް
ނަވާސް އަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ވިދާލައި މިހާރު ދުނިޔޭގައި ފާހަގަކޮށްލެވޭ ކީޕަރެކެވެ. 2008 ވަނަ އަހަރު ގައުމީ ޓީމުން ފުރުސަތު ހޯދައި މިހާތަނަށް ނަވާސް ވަނީ 107 މެޗު ކުޅެފަ އެވެ. އުމުރުން 35 އަހަރުގެ ނަވާސް އަކީ މިފަހަރުގެ ވޯލްޑް ކަޕްގައި ވެސް ކޮސްޓަ ރީކާގެ އެންމެ މުހިއްމު ކުޅުންތެރިޔާ އެވެ.
ގައުމީ ޓީމުގައި ދައްކަމުން އައި މޮޅު ކުޅުމާ އެކު ރެއާލް މެޑްރިޑަށް ބަދަލުވެ ނަވާސް ވަނީ ތިން ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕްގެ ހަތަރު މުބާރާތް ކާމިޔާބުކޮށްފަ އެވެ. ރެއާލް ދޫކޮށްލުމަށް ފަހު 2019 ވަނަ އަހަރުން ފެށިގެން ނަވާސް ކުޅެމުން އަންނަނީ ފްރާންސްގެ ގަދަބާރު ޕީއެސްޖީ އަށެވެ.
ބްރަޔަން ރުއިޒް
ބްރަޔަން ރުއިޒް އަކީ މިހާރު ކޮސްޓަ ރީކާ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ. އުމުރުން 37 އަހަރުގެ މިޑްފީލްޑަރު ފަހު ވޯލްޑް ކަޕާ ކުރިމަތިލާއިރު އޭނާ އަކީ އެގައުމުގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. 145 މެޗާ އެކު ރުއިޒް އަކީ އެގައުމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ. އަދި 29 ގޯލާ އެކު ކޮސްޓަ ރީކާގެ ލަނޑު ލިސްޓުގައި ރުއިޒް އޮތީ ހަތަރު ވަނައިގަ އެވެ.
2006 ވަނަ އަހަރު ޖަރުމަނުގެ އޮތް ވޯލްޑް ކަޕްގެ ފައިނަލް ސްކޮޑުން ފުރުސަތު ނުލިބުނު ނަމަވެސް އޭގެފަހުން ލިބުނު ކޮންމެ ފުރުސަތެއްގައި ރުއިޒް ވަނީ އޭނާގެ މުހިއްމުކަން ޓީމަށް ދައްކުވައިދީފަ އެވެ.
ކްލަބް ލެވެލްގައި އިނގިރޭސި ޕްރިމިއާ ލީގާ ޕޯޗުގަލްގެ ލީގުގައި ކުޅުމަށް ފަހު ރުއިޒް މިހާރު ކުޅެމުން އަންނަނީ އަމިއްލަ ގައުމުގެ ކްލަބަކަށެވެ.
ޔޮއެލް ކޭމްޕްބެލް
އާސެނަލް، ވިޔަރެއާލް އަދި ސްޕޯޓިން ލިސްބަން އަށް ކުޅުމަށް ފަހު 30 އަހަރުގެ ފޯވާޑް މިހާރު ކުޅެމުން އަންނަނީ މެކްސިކޯގެ ލީގުގެ މޮންޓެރޭ އަށެވެ. ކޭމްޕްބެލް އަކީ 2011 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެމުން އަންނަ ފޯވާޑެކެވެ. އެގައުމަށް ކުޅުނު 118 މެޗުގައި ކޭމްޕްބެލް ވަނީ 25 ގޯލު ޖަހައިފަ އެވެ.
ކްލަބް ލެވެލްގައި އުއްމީދު ކުރިވަރަށް ކުރިއަށް ނުދެވުނު ނަމަވެސް ގައުމީ ޓީމުގައި ލިބޭ ފުރުސަތުގައި ކޭމްޕްބެލް އަބަދުވެސް އަންނަނީ ތަފާތު ދައްކަމުންނެވެ. ގައުމީ ޓީމުގައި ގޯލު ޖަހަން ލިބޭ ފުރުސަތުގައި ކޭމްޕްބެލްގެ އެހީ އަބަދުވެސް ލިބެ އެވެ. ގައުމީ ޓީމުގައި ކޭމްޕްބެލްގެ އެންމެ މޮޅު ކުޅުން ފެނުނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ.

ގްރޫޕްގަ އޮތް ފުރުސަތު:
މިފަހަރުގެ ވޯލްޑް ކަޕްގައި ވެސް ކޮސްޓަ ރީކާ ނުކުންނާނީ ޖަރުމަނު ސްޕެއިން އަދި ޖަޕާންއާ ދެކޮޅަށެވެ. މިއީ ނިސްބަތުން ވަރުގަދަ ގްރޫޕެކެވެ. މި ގްރޫޕުން ކުރިއަށްދާން ބަލާއިރު ކޮސްޓަ ރީކާ އަށް ޖެހޭނީ 2014 ވަނަ އަހަރު އިޓަލީ އާއި އިންގްލެންޑް ކަޓުވާލި ގޮތަށް ޖަރުމަނާ ސްޕެއިންއާ ދެކޮޅަށް ކުޅެ ނަތީޖާ ނެރޭށެވެ. އެޓީމުގެ ފެންވަރަށް ބަލާއިރު މިފަހަރުވެސް އެފަދަ ނަތީޖާއެއް ނެރުމަކީ ހަމަ ވެދާނެ ކަމެކެވެ.
ސްޕެއިންއާ ދެކޮޅަށް އެކުވެރިކަމުގެ ތިން މެޗު ކުޅެފައިވާއިރު ދެ މެޗުން ބަލިވެ އެއް މެޗު ވަނީ އެއްވަރުކޮށްފަ އެވެ. 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޖަރުމަނާ ވާދަކޮށް 2-4 އިން ކޮސްޓަ ރީކާ ވަނީ ބަލިވެފަ އެވެ. ޖަޕާންއާ ދެކޮޅަށް މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ބަލިވިއިރު އެއްވަރުކުރެވުނީ އެންމެ މެޗެކެވެ.