ހޯމް ހަބަރު ރިޕޯޓް ފޮޓޯ ވީޑިއޯ ވޯލްޑްކަޕް 2026
ހޯމް މެޗްތައް ޓީމްތައް ތާވަލު ތަރިން ތާރީހް ދިވެހިންނާއި ވޯލްޑްކަޕް
Norway
FIFA World Cup 2026 · Group I
Norway
Group I NOR
3 Played
2 Wins
0 Draws
1 Losses
8 GF
7 GA
6 Points
👔
Ståle Solbakken
HEAD COACH · Norway
⚽
Morten Thorsby
⚽
Alexander Sørloth
⚽
Sander Berge
⚽
Kristoffer Ajer
⚽
Torbjørn Heggem
⚽
Jens Hauge
⚽
Erling Haaland
⚽
Jørgen Larsen
⚽
Oscar Bobb
⚽
David Møller Wolfe
⚽
Kristian Thorstvedt
⚽
Leo Østigård
⚽
Julian Ryerson
⚽
Marcus Pedersen
🧤
Viljar Myhra
GK
12
🧤
Sander Tangvik
GK
🧤
Egil Selvik
GK
🧤
Ørjan Nyland
GK
🛡️
Fredrik André Björkan
DEF
15
🛡️
Fredrik Bjørkan
DEF
24
🛡️
Sondre Langås
DEF
5
🛡️
David Wolfe
DEF
⚙️
Antonio Nusa
MID
⚙️
Andreas Schjelderup
MID
⚙️
Henrik Falchener
MID
⚙️
Felix Myhre
MID
⚙️
Odin Lurås Bjørtuft
MID
⚙️
Patrick Berg
MID
10
⚙️
Martin Ødegaard
MID
14
⚙️
Fredrik Aursnes
MID
19
⚙️
Thelo Aasgaard
MID
11
⚡
Jørgen Strand Larsen
FWD
W
Iraq
1–4
Norway
GROUP_I · Match 1
W
Norway
3–2
Senegal
GROUP_I · Match 2
L
Norway
1–4
France
GROUP_I · Match 3
W
Ivory Coast
1–2
Norway
LAST_32
W
Brazil
1–2
Norway
LAST_16
L
Norway
1–2
England
QUARTER_FINALS
މުހިއްމު ކުޅުންތެރިން May 19, 2026

އާލިން ހާލަންޑް

އާލިން ހާލަންޑް

މިހާތަނަށް ވޯލްޑް ކަޕެއްގައި ކުޅެފައި ނުވީ ނަމަވެސް އިންގްލެންޑްގެ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އާލިން ހާލަންޑަކީ ދުނިޔޭގެ ފެންވަރުގެ ފޯވާޑެކެވެ. ސިޓީއަށް 2022 ވަނަ އަހަރު ގުޅުނީއްސުރެން ފެށިގެން އޭނާ އަންނަނީ ޕްރިމިއާ ލީގުގެ ގޯލު ޖެހުމުގެ ރެކޯޑްތައް މުގުރަމުންނެވެ. ނޯވޭ 28 އަހަރު ފަހުން ވޯލްޑް ކަޕަށް ކޮލިފައި ވުމުގައި 25 އަހަރުގެ ހާލަންޑް ވަނީ މުހިއްމު ގޯލުތަކެއް ޖަހައިދީފަ އެވެ. އެގޮތުން އިޓަލީ ވެސް ހިމެނުނު ކޮލިފައިން ގުރޫޕްގެ އެއްވަނަ ހޯދައިދޭން ކުޅުނު އަށް މެޗުގައި އޭނާ ވަނީ ހުރިހާ މެޗެއްގައި ގޯލު ޖަހައި، ޖުމްލަ 16 ގޯލު ކާމިޔާބު ކޮށްފަ އެވެ. މިހާތަނަށް ގައުމީ ޓީމަށް ކުޅެދިން 49 މެޗުން 55 ގޯލު ޖަހައިދީފައިވާ ހާލަންޑަކީ އެ ގައުމުގެ ޓޮޕް ސްކޯރާ އެވެ.

ޓީމް ޕްރޮފައިލް May 19, 2026

ނޯވޭ

ވޯލްޑް ކަޕްގެ ޖާގައެއް ނޯވޭ އަށް މިފަހަރު ލިބުނީ 28 އަހަރު ފަހުންނެވެ. އެންމެ ފަހުން އެގައުމު ވޯލްޑް ކަޕްގައި ވާދަކުރީ 1998 ވަނަ އަހަރު އެވެ. އެ އަހަރުގެ އިތުރުން ނޯވޭ ވޯލްޑް ކަޕްގައި ކުޅުނީ 1994 އަދި 1938 ވަނަ އަހަރު އެވެ. ވޯލްޑް ކަޕްގައި ކުޅުނު ތިން މުބާރާތުގެ ތެރެއިން ދެ މުބާރާތުގައި ނޯވޭ ގަދަ 16 އަށް ދަތުރުކުރި އެވެ. ވޯލްޑް ކަޕްގައި ނޯވޭގެ އެންމެ ރަނގަޅު ނަތީޖާއަކީ 1998 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި 2-1 އިން ބްރެޒިލް ބަލިކުރުމެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް ނޯވޭ ކޮލިފައިވީ އިޓަލީ ހިމެނުނު ގްރޫޕުގެ އެއް ވަނަ ހޯދައިގެންނެވެ. އެޓީމު ވަނީ ކުޅުނު 8 މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. ކޮލިފައިންގައި 37 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ ފަސް ގޯލެވެ.

ނޯވޭ އެންމެ ފަހުން ވާދަކުރި ބައިނަލްއަގްވާމީ ބޮޑު މުބާރާތަކީ 2000 ވަނަ އަހަރުގެ ޔޫރޯ އެވެ. އޭގެ ފަހުން ޔޫރޯ އާއި ވޯލްޑް ކަޕް ހިމެނޭހެން 12 މުބާރާތަކުން އެގައުމަށް ފުރުސަތު ގެއްލުނެވެ. އެހެންވެ މަޝްހޫރު ތަރިންނާ އެކު މިފަހަރު ނޯވޭ ނުކުންނަނީ ވަރުގަދަ ގައުމުތައް ބަލިކޮށް ތާރީހު ލިޔެލުމުގެ އުއްމީދުގަ އެވެ.

ކޯޗު: ސްޓޭލް ސޮލްބަކެން (58 އަހަރު)

ނޯވޭގެ ކޯޗަކީ އެގައުމަށް އުފަން ސްޓޭލް ސޮލްބަކެން އެވެ. ނޯވޭއާ ހަވާލުވުމުގެ ކުރިން ޑެންމާކާއި ޖަރުމަނު އަދި އިނގިރޭސި ކްލަބް ވުލްވްސްގެ ކޯޗުކަން ސޮލްބަކެން ކުރި އެވެ. ނޯވޭގެ ގައުމީ ޓީމާ ހަވާލުވީ 2020 ވަނަ އަހަރު އެވެ. މިދިޔަ ފަސް އަހަރުތެރޭ ސޮލްބަކެން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ ނޯވޭ އަށް ވޯލްޑް ކަޕްގެ ފުރުސަތު ހޯދައިދިނުމެވެ.

ސޮލްބަކެން އަށް ވޯލްޑް ކަޕް ހާއްސަވާ އަނެއް ސަބަބަކީ އޭނާގެ ދަރިފުޅު، މާކުސް ސޮލްބަކެން ގައުމީ ޓީމުގައި ހިމެނޭ ފެންވަރަށް ކުޅުމެވެ. މާކުސް ވަނީ ސޮލްބަކެންގެ ކޯޗުކަމުގައި 2023 ވަނަ އަހަރު ސީނިއާ ޓީމަށް ކުޅެފަ އެވެ.

މުހިއްމު ކުޅުންތެރިން

ނޯވޭގެ ތަރިއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ފޯވާޑް، އާލިން ބްރައުޓް ހާލަންޑް އެވެ. ކޮލިފައިންގެ 8 މެޗުގައި ހާލަންޑް 16 ގޯލު ޖެހި އެވެ. މިއީ ކޮލިފައިންގެ ރެކޯޑެކެވެ. ހާލަންޑަކީ މިހާރު އެގައުމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. ހާލަންޑުގެ އިތުރުން ކެޕްޓަން މާޓިން އޮޑިގާޑަކީ ވެސް އެހާމެ މުހިއްމު ކުޅުންތެރިއެކެވެ. އެތުލެޓިކޯ މެޑްރިޑްގައި މިދިޔަ ސީޒަނުގައި ގިނަ ގޯލުތަކެއް ޖެހި އަލެކްސަންޑަ ސޯލުތު ވެސް ގައުމީ ޓީމުގައި މުހިއްމު ދައުރެއް އަދާކުރެ އެވެ. އޭނާ ވަނީ ކޮލިފައިންގައި ފަސް ގޯލު ޖަހައިފަ އެވެ. ޒުވާން ކުޅުންތެރިންނަށް ބަލާއިރު އެންޓޯނިއޯ ނޫސާ އާއި އޮސްކާ ބޮބް ވެސް މިފަހަރުގެ ވޯލްޑް ކަޕްގައި މުހިއްމު ދައުރެއް އަދާކުރާނެކަމަށް ބެލެވެ އެވެ.