ހޯމް ހަބަރު ރިޕޯޓް ފޮޓޯ ވީޑިއޯ ވޯލްޑްކަޕް 2026
ހޯމް މެޗްތައް ޓީމްތައް ތާވަލު ތަރިން ތާރީހް ދިވެހިންނާއި ވޯލްޑްކަޕް
Iraq
FIFA World Cup 2026 · Group I
Iraq
Group I IRQ
3 Played
0 Wins
0 Draws
3 Losses
1 GF
12 GA
0 Points
👔
Graham Arnold
HEAD COACH · Australia
Ali Jassim El-Aibi
Ali Al-Hamadi
Zidane Iqbal
Hussein Ali
🧤
Ahmed Basil
GK
🧤
Fahad Talib
GK
12
🧤
Jalal Hassan
GK
🧤
Kumel Al Rekabe
GK
🛡️
Zaid Tahseen
DEF
🛡️
Manaf Younis
DEF
🛡️
Ahmed Maknazi
DEF
🛡️
Zaid Ismail
DEF
26
🛡️
Frans Putros
DEF
15
🛡️
Ahmed Yahya
DEF
25
🛡️
Mustafa Saadoun
DEF
🛡️
Rebin Sulaka
DEF
🛡️
Merchas Doski
DEF
🛡️
Maytham Jabbar
DEF
🛡️
Frans Dhia Putros
DEF
11
⚙️
Ahmed Qasem
MID
⚙️
Ibrahim Bayesh
MID
⚙️
Akam Hashem
MID
⚙️
Hasan Abdulkareem
MID
⚙️
Marko Farji
MID
⚙️
Youssef Amyn
MID
⚙️
Aimar Sher
MID
⚙️
Karar Nabeel
MID
⚙️
Kevin Yakob
MID
⚙️
Peter Gwargis
MID
⚙️
Amir Al Ammari
MID
Aymen Hussein
FWD
Mohanad Ali
FWD
13
Ali Yousif
FWD
L
Iraq
1–4
Norway
GROUP_I · Match 1
L
France
3–0
Iraq
GROUP_I · Match 2
L
Senegal
5–0
Iraq
GROUP_I · Match 3
ޓީމް ޕްރޮފައިލް May 19, 2026

އިރާގު

އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ މެދުގައި އޮވެ، މިފަހަރުގެ ވޯލްޑް ކަޕްގެ ޖާގަ ހޯދި އިރާގަކީ ފުޓްބޯޅައިގެ ލޯބި އޮތް ގައުމެކެވެ. އެކަން އެގައުމުން ދައްކުވައިދިނީ 40 އަހަރުތެރޭ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުން ޖާގަ ހޯދައިގެންނެވެ. އިރާގަކީ ރައްޔިތުންގެ އުންމީދާއި އެއްބައިވަންތަކަމުގެ ރަމްޒު ދައްކުވައިދޭ ގައުމެކެވެ. މިއީ 1986 ވަނަ އަހަރުގެ ފަހުން އިރާގު ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

އިރާގު ވޯލްޑް ކަޕަށް ކޮލިފައިވީ އިންޓަ ކޮންޓިނެންޝިއަލް ޕްލޭއޮފްގައި 2-1 އިން ކޮލަމްބިއާ ބަލިކޮށްގެންނެވެ. މި ތާރީހީ ދެ ގޯލު އިރާގަށް ކާމިޔާބުކޮށްދިނީ އިނގިރޭސި ކްލަބް ލޫޓަން ޓައުން އަށް ކުޅޭ އަލް-ހަމަދީ އާއި އިރާގު ލީގުގައި ކުޅޭ އައިމަން ހުސައިން އެވެ. ހަނގުރާމައިގެ ސަބަބުން އިރާގުގެ ވައިގެ ދަތުރުފަތުރަށް ބުރޫއަރާފައި އޮތުމާއި، އަދި ސަލާމާތީ އިތުރު ސަބަބުތަކަށްޓަކައި އިރާގުން ޕްލޭ އޮފް މެޗު ކުޅުނީ މެކްސިކޯގަ އެވެ. އިރާގުން އެ ގައުމަށް ދަތުރުކުރީ ވެސް ހާއްސަ މަތިންދާބޯޓެއްގަ އެވެ. މި ހުރިހާ ގުރުބާނީއަކާ އެކު އިރާގު ވެގެންދިޔައީ މިފަހަރުގެ ވޯލްޑް ކަޕްގެ ޖާގަ އެންމެ ފަހުން ކަށަވަރުކުރި ގައުމަށެވެ.

އިރާގު ވޯލްޑް ކަޕަށް ކޮލިފައިވީ 28 މަސްދުވަސްތެރޭ 21 މެޗު ކުޅެގެންނެވެ. އެންމެ ފުރަތަމަ ކުޅުނު ދެ ވަނަ ބުރުގެ ގްރޫޕުން އެގައުމު އެއް ވަނަ ހޯދި އެވެ. ވާދަކުރީ އިންޑޮނީޝިއާ، ވިއެޓްނާމް އަދި ފިލިޕީންސާ އެވެ. ތިން ވަނަ ބުރުގައި އިރާގުން ވަނީ ހަ ޓީމު ހިމެނުނު ގްރޫޕުގެ ތިން ވަނަ ހޯދައިފަ އެވެ. ހަތަރު ވަނަ ބުރުގައި ސައުދީ އަރަބިއާގެ ފަހަތުން ލިބުނީ ދެ ވަނަ އެވެ. އެހިސާބުން ފަސް ވަނަ ބުރުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެގްރިގޭޓުން ބަލިކޮށް ޕްލޭއޮފް ފައިނަލުގައި ކޮލަމްބިއާއާ ވާދަކުރުމުގެ ފުރުސަތު ހޯދި އެވެ. 

ކޯޗު: ގްރަހަމް އާނޯލްޑް (62 އަހަރު)

ތާރީހީ ވޯލްޑް ކަޕަށް އިރާގު ކޮލިފައިކޮށްދިނީ އޮސްޓްރޭލިއާ އަށް އުފަން ކޯޗު ގްރަހަމް އާނޯލްޑް އެވެ. އާނޯލްޑް ވަނީ 2018 އިން 2024 އަށް އޮސްޓްރޭލިއާ ގައުމީ ޓީމުގެ ކޯޗުކަން ކޮށްފަ އެވެ. އޭނާގެ ކޯޗުކަމުގައި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 އަށް އޮސްޓްރޭލިއާ ދަތުރުކުރި އެވެ. އެކަމަކު މިފަހަރުގެ ކޮލިފައިންގައި ނަތީޖާތައް ދަށްވުމުން އޮސްޓްރޭލިއާގެ ނަތީޖާތައް ދަށްވުމުން މަގާމު ދޫކޮށް 2025 ވަނަ އަހަރުގެ މެއި މަހު އިރާގުގެ ކޯޗުކަމާ ހަވާލުވި އެވެ. 

މުހިއްމު ކުޅުންތެރިން

އިރާގުގެ ތަރިއަކީ އެގައުމު ވޯލްޑް ކަޕަށް ކޮލިފައިކޮށްދިން ގޯލު ކޮލަމްބިއާ ކޮޅަށް ޖެހި އައިމަން ހުސައިން އެވެ. އުމުރުން 30 އަހަރުގެ ފޯވާޑް ވަނީ ގައުމީ ޓީމަށް ކުޅުނު 93 މެޗުގައި 33 ގޯލު ޖަހައިފަ އެވެ. އައިމަންގެ އިތުރުން މޮހަނަދު އަލީ (މިމީ) އާއި އަލީ ޖެސިމް ވެސް ވަނީ ކޮލިފައިންގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އަދި ކުރިން މެންޗެސްޓާ ޔުނައިޓެޑުން ފެނުނު ޒުވާން ކުޅުންތެރިޔާ ޒިދާން އިގްބާލަކީ ވެސް އިރާގު ޓީމުގައި ފާހަގަކޮށްލެވޭ ނަމެކެވެ. އެކަމަކު އަނިޔާގެ މައްސަލަތަކާ ހެދި ގައުމީ ޓީމުގައި އޭނާ އަށް އަދި އަސްލު ފެންވަރު ދެއްކޭގޮތެއްނުވެ އެވެ.