ހޯމް ހަބަރު ރިޕޯޓް ފޮޓޯ ވީޑިއޯ ވޯލްޑްކަޕް 2026
ހޯމް މެޗްތައް ޓީމްތައް ތާވަލު ތަރިން ތާރީހް ދިވެހިންނާއި ވޯލްޑްކަޕް
Senegal
FIFA World Cup 2026 · Group I
Senegal
Group I SEN
3 Played
1 Wins
0 Draws
2 Losses
8 GF
6 GA
3 Points
⚽
Antoine Mendy
⚽
Pape Thiaw
⚽
Ismail Jakobs
⚽
Pape Gueye
⚽
Idrissa Gana Guèye
⚽
Ismaïla Sarr
⚽
Moussa Niakhaté
⚽
Krépin Diatta
⚽
Pathé Ciss
⚽
Iliman Ndiaye
⚽
Boulaye Dia
⚽
Nicolas Jackson
⚽
Cheikh Ahmadou Dieng
⚽
Pape Sarr
⚽
Nobel Mendy
⚽
Habib Diarra
⚽
Mamadou Sarr
⚽
Lamine Camara
⚽
Mamadou Diakhon
⚽
Assane Diao
⚽
Ibrahim M'Baye
🧤
Yehvann Diouf
GK
🧤
Mory Diaw
GK
🧤
Edouard Mendy
GK
🛡️
El Hadji Malick Diouf
DEF
🛡️
Abdoulaye Seck
DEF
🛡️
Kalidou Koulibaly
DEF
25
🛡️
El Hadji Diouf
DEF
⚙️
Habib Diallo
MID
22
⚙️
Bara Ndiaye
MID
⚡
Cherif Ndiaye
FWD
10
⚡
Sadio Mané
FWD
9
⚡
Ahmadou Bamba Dieng
FWD
L
France
3–1
Senegal
GROUP_I · Match 1
L
Norway
3–2
Senegal
GROUP_I · Match 2
W
Senegal
5–0
Iraq
GROUP_I · Match 3
L
Belgium
3–2
Senegal
LAST_32
ޓީމް ޕްރޮފައިލް May 19, 2026

ސެނެގޯލް

ސެނެގޯލް އަކީ އެފްރިކާ ފުޓްބޯޅައިގެ އެންމެ މަޝްހޫރު އެއް ގައުމެވެ. ވޯލްޑް ކަޕްގައި ސެނެގޯލް ވާދަކުރާ މިއީ ހަތަރު ވަނަ ފަހަރެވެ. މީގެކުރިން ވާދަކުރި ތިން ފަހަރު ވެސް އެޓީމުން ރަނގަޅު ވާދައެއްކުރި އެވެ. އެގޮތުން 2002 ވަނަ އަހަރު ކުއާޓާ ފައިނަލުގައި ވާދަކުރިއިރު 2018 ވަނަ އަހަރު ކެޓީ ގްރޫޕް ސްޓޭޖުންނެވެ. ގަތަރުގައި 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި އެގައުމު ކެޓީ ގަދަ 16 އިންނެވެ.

ދުނިޔޭގެ މަޝްހޫރުކަން ސެނެގޯލަށް ކުއްލިއަކަށް ލިބުނީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި، އޭރު ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިކުރުމުންނެވެ. ފްރާންސް 1-0 އިން ބަލިކުރި އެ މެޗަކީ އެފްރިކާގެ ފުޓްބޯޅަ އަށް ލިބުނު ފަހުރެކެވެ.

ސެނެގޯލް ވަނީ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން 2021 ވަނަ އަހަރު ހޯދައިފަ އެވެ. އަދި، އެ މުބާރާތުގެ ދެ ވަނަ މަގާމް 2002، 2019 އަދި 2025 ވަނަ އަހަރު ހޯދި އެވެ. މިދިޔަ އަހަރު އޮތް މުބާރާތުގެ ދެ ވަނަ ލިބުނީ އެ ޓީމު ޗެމްޕިއަންކަން ހޯދާފައިވަނިކޮށް އެފްރިކާގެ ސަރަހައްދީ އެސޯސިއޭޝަނުން އެ ތަށި އަތުލުމުންނެވެ. ފައިނަލް މެޗުގެ ފަހު ވަގުތު މޮރޮކޯ އަށް ޕެނަލްޓީއެއް ދިނުމުން ސެނެގޯލް ކުޅުންތެރިން ރެފްރީގެ ނިންމުމާމެދު ހިތްހަމަނުޖެހި، ދަނޑުން ފޭބި އެވެ. އެކަމަކު އެ ޕެނަލްޓީ މޮރޮކޯ އަށް ވައްދައެއްނުލެވުނެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ސެނެގޯލުން ގޯލެއް ޖަހައި ޗެމްޕިއަންކަން ކަށަވަރުކުރި އެވެ. އެހެންނަމަވެސް އެ ތަށި ހޯދިތާ ދުވަސްތަކެއް ފަހުން، ސެނެގޯލް ޓީމު ދަނޑުން ފޭބި މައްސަލަ ބަލައި އެފްރިކާގެ ފެޑެރޭޝަނުން ނިންމީ މޮރޮކޯ އަށް ޗެމްޕިއަންކަން ދިނުމަށެވެ.

ކޯޗު: ޕާޕޭ ތިއާއު (45 އަހަރު)

ދެހާހުގެ ކުރީކޮޅު ސެނެގޯލްގެ ގައުމީ ޓީމަށް ކުޅުނު ޕާޕޭ ތިއާއު ކޯޗިން ކެރިއަރު ފެށީ 2018 ވަނަ އަހަރު އެވެ. ކޯޗިންގެ ޅަފަތުގައި އަމިއްލަ ގައުމު ގޮވައިގެން ވޯލްޑް ކަޕަށް ނުކުތުމަކީ އޭނާ އަށް އޮތް ޕްރެޝަރެކެވެ. ސެނެގޯލްގެ ކޯޗުކަމާ ތިއާއު ހަވާލުވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެކަމަކު ގައުމީ ޓީމާއެކު ހޭދަކުރި ކުރު މުއްދަތުގައި ވޯލްޑް ކަޕްގެ ޖާގަ ހޯދައިދީ އެފްރިކާ ކަޕްގެ ފައިނަލަށް އެގައުމު ގެންގޮސްދިނުމަކީ ތިއާއު އަށް ސެނެގޯލް ފެޑެރޭޝަންގެ އިތުބާރު އޮތް ސަބަބެވެ.  

މުހިއްމު ކުޅުންތެރިން

ސެނެގޯލްގައި އޮތީ ތަޖުރިބާ އާއި އަރަމުން އަންނަ ތަރިންނާ އެކު ޔޫރަޕާއި ދެކުނު އެމެރިކާގެ ޓީމުތަކާ ވާދަކުރެވޭ ވަރުގެ ސްކޮޑެކެވެ. އެޓީމުގެ ތަރިއަކީ ނަމޫނާ ކުޅުންތެރިޔާ ސަޑިއޯ މާނޭ އެވެ. ކޮލިފައިންގައި ގައުމީ ޓީމަށް މާނޭ ފަސް ގޯލު ކާމިޔާބުކޮށްދިނެވެ. މާނޭގެ އިތުރުން ޓޮޓެންހަމް ހޮޓްސްޕާގެ ޕަޕޭ މަޓަ ސާ ކޮލިފައިންގައި ހަތަރު ގޯލު ޖެހި އެވެ. ކްރިސްޓަލް ޕެލެސްގެ އިސްމާއިލާ ސާ ތިން ގޯލުގެ ބައިވެރިވުން އޮތެވެ. އެވަޓަން އަށް ކުޅެމުން އަންނަ އިލިމަން އެންޑިޔާއީ އަކީ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. މި ކުޅުންތެރިންނާ އެކު ޓީމަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ މިހާރު ސައުދީ ލީގުގެ އަލް-އަހްލީގެ ގޯލު ބަލަހައްޓަމުން އަންނަ ކުޅަދާނަ ގޯލްކީޕަރު އެޑުއާޑް މެންޑީ އެވެ.