ރަޝިއާގައި 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕުގެ ފައިނަލްގައި ކުޅެ ގައުމަށް ތަށީ ހޯދައި ނުދެވުނަސް އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލޫކާ މޮޑްރިޗެވެ. އެ އަހަރުގެ ބެލޮންޑިއޯ ވެސް އޭނާ ކާމިޔާބު ކުރި އެވެ. މޮޑްރިޗް ވަނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ކްރޮއޭޝިއާ ގެންގޮސްދީފަ އެވެ. މިއީ އޭނާގެ ކެޕްޓަން ކަމުގައި ކްރޮއޭޝިއާ ކުޅޭ ތިން ވަނަ ވޯލްޑް ކަޕެވެ. އަދި މި އަހަރުގެ މުބާރާތް ވެގެން ދާނީ އުމުރުން 40 އަހަރުގެ މިޑްފީލްޑަރުގެ ފަސް ވަނަ ވޯލްޑް ކަޕަށެވެ.
މުހިއްމު ކުޅުންތެރިން
ލޫކާ މޮޑްރިޗް