އާޖެންޓީނާ އަކީ ދެކުނު އެމެރިކާ ސަރަހައްދުން، މުޅި ދުނިޔޭގެ ނިސްބަތުން ވެސް ވެސް ހުނަރުވެރި މިޑްފީލްޑަރުން އުފައްދައިދޭ ގައުމެކެވެ. އާޖެންޓީނާ އަށް 1998 ގެ ވޯލްޑް ކަޕުގައި ކުޅުނު ކުރީގެ ޑިފެންޑަރު ޕަބްލޯ ޕާޒް ގެ ދަރިފުޅު، ނިކޯ ޕާޒް އުފަންވީ، ސްޕެއިން އަށެވެ. ރެއާލް މެޑްރިޑްގެ އެކަޑަމީން ތަމްރީނުވެ އޭނާ ވެފައި ވަނީ ޔޫރަޕް ސްޓައިލުގެ އާޖެންޓީނާ މިޑްފީލްޑަރަކަށެވެ.
ރެއާލުން ވަނީ ބައި-ބެކް ކްލޯސް އާއެކު ޕާޒް، އިޓަލީ ލީގުގެ ކޯމޯއަށް ދޫކޮށްލައިފަ އެވެ. ފާއިތުވި ދެ ސީޒަންގައި ވެސް އޭނާ ވެފައި ވަނީ އަލަށް ޕްރޮމޯޓްވި ސެސް ފެބްރިގާސްގެ ކޯމޯގެ މުހިއްމު ކުޅުންތެރިޔަކަށެވެ. އޭނާ ވަނީ އަންނަ ސީޒަނަށް ކޯމޯ އިން ޔޫރަޕްގެ ފުތްބޯޅަ ކަށަވަރު ކުރުމުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.
މިއާ އެކު ރެއާލް މެޑްރިޑުން އަންނަނީ އޭނާގެ ބައި ބެކް ކްލޯސްގެ ބޭނުން ހިފައި ނުވަ މިލިއަން ޑޮލަރަށް އޭނާ އަލުން ޓީމަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އޭނާ ކޯމޯއަށް ގެންދިޔައީ ހަ މިނިއަން ޑޮލަރުގެ ޑީލެއްގެ ދަށުންނެވެ.
ގައުމީ ޓީމަށް މިހާތަނަށް މިހާތަނަށް 8 މެޗު ކުޅެދީފައިވާ އެޓޭކިން މިޑްފީލްޑަރު މި އަހަރު ވަނީ ފުރަތަމަ ގޯލު ވެސް ޖަހައިދީފަ އެވެ.