ދެކުނު އެމެރިކާ އަކީ އަބަދުވެސް ޒުވާން ކުޅުންތެރިންނަށް އިތުބާރު ކުރާ ސަރަހައްދެކެވެ. އިކުއެޑޯގެ ކެންޑްރީ ޕާއޭޒް ވަނީ އުމުރުން އެންމެ 16 އަހަރުގައި ސީނިއާ ގައުމީ ޓީމާ އެކު ވޯލްޑް ކަޕް ކޮލިފައިންގައި ކުޅެން ފަށައި، ގޯލު ޖަހައިފަ އެވެ. އަދި ފަހުން އޮތް ކޮޕާ އެމެރިކާގައި ވެސް އޭނާ ގޯލު ޖެހި އެވެ.

އޭނާއަށް ފުރަތަމަ ފަހަރަށް ގައުމީ ޓީމުން ފުރުސަތު ލިބުމާ އެކު ޗެލްސީން ވަނީ އޭނާ 18 އަހަރު ވުމުން އެ ކްލަބާ ގުޅޭ ގޮތަށް 2023 ގައި ހަމަޖައްސައިފަ އެވެ. މިދިޔަ އަހަރު އޭނާ ޗެލްސީއާ ގުޅުމަށް ފަހު ސީޒަންގެ ކުރީކޮޅު ވަނީ ލޯނުގައި ފްރާންސްގެ ސްޓްރާސްބޯގަށް ކުޅެފަ އެވެ. އެއަށް ފަހު މިދިޔަ ޖެނުއަރީ މަހު ވަނީ އެއް އަހަރުގެ ލޯނެއްގައި އާޖެންޓީނާގެ ރިވަ ޕްލޭޓަށް ބަދަލު ވެފަ އެވެ.

ފުރަތަމަ ގޯލާ އެކު ޕާއޭޒް ވެގެން ދިޔައީ އިކުއެޑޯ ފުޓްބޯޅައިގެ އުންމީދަށެވެ. ޓީމަށް މުހިއްމު ކުޅުންތެރިއަކަށްވެ، މިހާރު އުމުރުން 19 އަހަރުގެ ކުޅުންތެރިޔާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 24 މެޗު ކުޅެދީފަ އެވެ.

ޕާއޭޒް ވެގެން ދާނީ ދުނިޔޭގެ ގިނަ ބާރުތައް ވަށައިގެންވާ އިކުއެޑޯއިން، ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތަކުގައި ކުރާ އުންމީދުތަކަށް ލިބޭ ބޮޑު ހިތްވަރަކަށެވެ.