ހޯމް ހަބަރު ރިޕޯޓް ފޮޓޯ ވީޑިއޯ ވޯލްޑްކަޕް 2026
ހޯމް މެޗްތައް ޓީމްތައް ތާވަލު ތަރިން ތާރީހް ދިވެހިންނާއި ވޯލްޑްކަޕް
Ecuador
FIFA World Cup 2026 · Group E
Ecuador
Group E ECU
3 Played
1 Wins
1 Draws
1 Losses
2 GF
2 GA
4 Points
👔
Sebastián Beccacece
HEAD COACH · Argentina
⚽
Moisés Caicedo
⚽
Jackson Porozo
⚽
William Pacho
⚽
John Yeboah
⚽
Pervis Estupiñán
⚽
Piero Hincapié
🧤
David Cabezas
GK
🧤
Moisés Ramírez
GK
🧤
Gonzalo Valle
GK
🧤
Hernán Galíndez
GK
22
🧤
Gonzalo Valle
GK
🛡️
Bryan Ramírez
DEF
🛡️
Joel Ordoñez
DEF
🛡️
José Hurtado
DEF
🛡️
Leonardo Realpe
DEF
🛡️
Félix Torres
DEF
🛡️
Ángelo Preciado
DEF
⚙️
Denil Castillo
MID
⚙️
Elias Legendre Quiñonez
MID
⚙️
Jeremy
MID
⚙️
Ray Paez
MID
⚙️
Yaimar Medina
MID
⚙️
Alan Minda
MID
⚙️
Anthony Valencia
MID
⚙️
Jordy Alcívar
MID
⚙️
Alan Franco
MID
⚙️
Janner Corozo
MID
⚡
Jordy Caicedo
FWD
⚡
Enner Valencia
FWD
⚡
Gonzalo Plata
FWD
⚡
Pedro Vite
FWD
⚡
John Mercado
FWD
20
⚡
Nilson Angulo
FWD
11
⚡
Kevin Rodríguez
FWD
L
Ivory Coast
1–0
Ecuador
GROUP_E · Match 1
D
Ecuador
0–0
Curaçao
GROUP_E · Match 2
W
Ecuador
2–1
Germany
GROUP_E · Match 3
L
Mexico
2–0
Ecuador
LAST_32
މުހިއްމު ކުޅުންތެރިން May 20, 2026

ކެންޑްރީ ޕާއެޒް

ކެންޑްރީ ޕާއެޒް

ދެކުނު އެމެރިކާ އަކީ އަބަދުވެސް ޒުވާން ކުޅުންތެރިންނަށް އިތުބާރު ކުރާ ސަރަހައްދެކެވެ. އިކުއެޑޯގެ ކެންޑްރީ ޕާއޭޒް ވަނީ އުމުރުން އެންމެ 16 އަހަރުގައި ސީނިއާ ގައުމީ ޓީމާ އެކު ވޯލްޑް ކަޕް ކޮލިފައިންގައި ކުޅެން ފަށައި، ގޯލު ޖަހައިފަ އެވެ. އަދި ފަހުން އޮތް ކޮޕާ އެމެރިކާގައި ވެސް އޭނާ ގޯލު ޖެހި އެވެ.

އޭނާއަށް ފުރަތަމަ ފަހަރަށް ގައުމީ ޓީމުން ފުރުސަތު ލިބުމާ އެކު ޗެލްސީން ވަނީ އޭނާ 18 އަހަރު ވުމުން އެ ކްލަބާ ގުޅޭ ގޮތަށް 2023 ގައި ހަމަޖައްސައިފަ އެވެ. މިދިޔަ އަހަރު އޭނާ ޗެލްސީއާ ގުޅުމަށް ފަހު ސީޒަންގެ ކުރީކޮޅު ވަނީ ލޯނުގައި ފްރާންސްގެ ސްޓްރާސްބޯގަށް ކުޅެފަ އެވެ. އެއަށް ފަހު މިދިޔަ ޖެނުއަރީ މަހު ވަނީ އެއް އަހަރުގެ ލޯނެއްގައި އާޖެންޓީނާގެ ރިވަ ޕްލޭޓަށް ބަދަލު ވެފަ އެވެ.

ފުރަތަމަ ގޯލާ އެކު ޕާއޭޒް ވެގެން ދިޔައީ އިކުއެޑޯ ފުޓްބޯޅައިގެ އުންމީދަށެވެ. ޓީމަށް މުހިއްމު ކުޅުންތެރިއަކަށްވެ، މިހާރު އުމުރުން 19 އަހަރުގެ ކުޅުންތެރިޔާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 24 މެޗު ކުޅެދީފަ އެވެ.

ޕާއޭޒް ވެގެން ދާނީ ދުނިޔޭގެ ގިނަ ބާރުތައް ވަށައިގެންވާ އިކުއެޑޯއިން، ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތަކުގައި ކުރާ އުންމީދުތަކަށް ލިބޭ ބޮޑު ހިތްވަރަކަށެވެ.

ޓީމް ޕްރޮފައިލް May 19, 2026

އިކުއެޑޯ

މިއީ ވޯލްޑް ކަޕްގައި އިކުއެޑޯ ވާދަކުރާ ފަސް ވަނަ ފަހަރެވެ. ވޯލްޑް ކަޕް ކޮލިފައިންގައި އެގައުމު ވާދަކުރަން ފެށީ 1962 ވަނަ އަހަރުން ފެށިގެންނެވެ. ފުރަތަމަ ވޯލްޑް ކަޕުން އެގައުމަށް ފުރުސަތު ލިބުނީ ކޮލިފައިންގައި ވާދަކުރަން ފެށިތާ ބައިގަރުނު ފަހުން 2002 ވަނަ އަހަރު އެވެ. އެ މުބާރާތުގެ އިތުރުން 2006، 2014 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެގައުމު ވާދަކުރި އެވެ. އެންމެ ކުރިއަށް ދެވުނީ 2006 ވަނަ އަހަރު ގަދަ 16 އާ ހަމައަށެވެ.

ވޯލްޑް ކަޕްގެ ޖާގަ އިކުއެޑޯ ހޯދީ ދެކުނު އެމެރިކާ ސަރަހައްދުން އާޖެންޓީނާގެ ފަހަތުން ގްރޫޕުގެ ދެ ވަނަ ހޯދައިގެންނެވެ. ކޮލިފައިންގައި ކުޅުނު 18 މެޗުން އެގައުމަށް 29 ޕޮއިންޓް ލިބުނެވެ. ކޮލިފައިން ބުރު އެ ގައުމުން ފަށަން ޖެހުނީ ވެސް އުނިކޮށްފައިވާ ތިން ޕޮއިންޓާ އެކު އެވެ. ތިން ޕޮއިންޓް އުނިކުރީ އެޓީމުގެ ބިރޮން ކަސްޓީލޯއާ ގުޅޭ ނުބައި ލިޔެކިޔުންތަކެއް ހުށަހެޅުމުން ކޯޓް އޮފް އާބިޓްރޭޝަން (ސީއޭއެސް) އިން ބެލި މައްސަލައަކަށް ފަހު އެވެ. އުނދަގޫ ހާލަތެއްގައި އޮވެ ކޮލިފައިން ފެށީ ނަމަވެސް އެޓީމުން ނަތީޖާ ނެރުނީ ޑިފެންސިވް ވަރުގަދަ ކުޅުމެއް ދައްކައިގެންނެވެ. ކޮލިފައިންގެ 18 މެޗުގައި އެ ގައުމު ކޮޅަށް ވަނީ އެންމެ ފަސް ގޯލެވެ. މިއީ ކޮލިފައިންގައި ދެކުނު އެމެރިކާގެ ރެކޯޑެކެވެ.

ކޯޗު: ސެބަސްޓިއަން ބެކަކެސީ (45 އަހަރު)

ޒުވާން އުމުރުގައި ފުޓްބޯޅަ ކުޅެން ފަށައި، އެންމެ މަތީ ފެންވަރުގެ ކުޅުންތެރިއަކަށް ނުވެވޭނެކަމަށް ގަބޫލުކުރެވި ބެކަކަސީ ފުޓްބޯޅަ ކުޅުން ހުއްޓާލި އެވެ. ދެން އޭނާގެ ޝައުގުވެރިކަން އުފެދުނީ ކޯޗިންގައި ކުރިއަށް ދިއުމަށެވެ. އޭނާ ކޯޗިން ދަތުރު ފެށީ 2003 ވަނަ އަހަރު އެވެ. އޭގެ ފަހުން މި ހިސާބަށް އައިއިރު ފާހަގަކޮށްލެވޭ ކުރިއެރުންތައް ވަނީ ހޯދައިފަ އެވެ. އެގޮތުން ޗިލީގެ އެސިސްޓެންޓް ކޯޗުކަމާއި އާޖެންޓީނާގެ އެސިސްޓެންޓް ކޯޗުކަން ކުރުން ހިމެނެ އެވެ.

ކޮލިފައިންގެ މެދުތެރެއިން އިކުއެޑޯއާ ހަވާލުވި ބެކަކެސީ ވަނީ ބާކީ ދެ މެޗު އޮއްވައި އިކުއެޑޯ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީފަ އެވެ.

މުހިއްމު ކުޅުންތެރިން: 

އިކުއެޑޯގެ އެންމެ މަގުބޫލު އަދި އެންމެ މުހިއްމު ކުޅުންތެރިޔަކީ އެނާ ވެލެންސިއާ އެވެ. ކޮލިފައިންގައި ވެލެންސިއާ ވަނީ އެގައުމަށް ހަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ކޮލިފައިންގައި އެގައުމުން އާޖެންޓީނާ ބަލިކުރީ ވެސް ވެލެންސިއާގެ ގޯލަކުންނެވެ.

ޔޫރަޕްގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން ޗެލްސީގެ މޮއިސެސް ކައިސީޑޯ އަކީ އިކުއެޑޯގެ މެދުތެރޭގެ އިންޖީނެވެ. އެ ޓީމުގެ ޑިފެންސްގައި ޕީއެސްޖީ އަށް ކުޅޭ ވިލިއަން ޕަޗޯ އާއި އާސެނަލަށް ކުޅޭ ޕިއޭރޯ ހިންކެޕިއޭ ފާހަގަކޮށްލެވެ އެވެ. ޒުވާން ކުޅުންތެރިންނަށް ބަލާއިރު މިފަހަރުގެ ވޯލްޑް ކަޕްގައި ގިނަ ބައެއްގެ ލޯ އަމާޒުވާނެ އެއް ކުޅުންތެރިޔަކީ އަންނަ ސީޒަނުގައި ޗެލްސީން ފެންނާނެ ކެންޑްރީ ޕައެޒް އެވެ.