ހޯމް ހަބަރު ރިޕޯޓް ފޮޓޯ ވީޑިއޯ ވޯލްޑްކަޕް 2026
ހޯމް މެޗްތައް ޓީމްތައް ތާވަލު ތަރިން ތާރީހް ދިވެހިންނާއި ވޯލްޑްކަޕް
Croatia
FIFA World Cup 2026 · Group L
Croatia
Group L CRO
3 Played
2 Wins
0 Draws
1 Losses
5 GF
5 GA
6 Points
👔
Zlatko Dalić
HEAD COACH · Croatia
⚽
Martin Erlic
⚽
Mateo Kovačić
⚽
Joško Gvardiol
⚽
Luka Modrić
⚽
Andrej Kramarić
⚽
Ivan Perišić
⚽
Ante Budimir
⚽
Mario Pašalić
⚽
Nikola Vlašić
⚽
Duje Ćaleta-Car
⚽
Marin Pongračić
⚽
Nikola Moro
⚽
Lovro Majer
⚽
Kristijan Jakić
⚽
Luka Sučić
⚽
Ivan Smolčić
⚽
Josip Stanišić
⚽
Josip Šutalo
⚽
Igor Matanovic
🧤
Dominik Livaković
GK
🧤
Dominik Kotarski
GK
🧤
Ivor Pandur
GK
🧤
Karlo Letica
GK
🛡️
Luka Vušković
DEF
⚙️
Toni Fruk
MID
⚙️
Martin Baturina
MID
⚙️
Petar Sucic
MID
⚙️
Marco Pašalić
MID
⚡
Petar Musa
FWD
L
England
4–2
Croatia
GROUP_L · Match 1
W
Panama
0–1
Croatia
GROUP_L · Match 2
W
Croatia
2–1
Ghana
GROUP_L · Match 3
L
Portugal
2–1
Croatia
LAST_32
މުހިއްމު ކުޅުންތެރިން May 19, 2026

ލޫކާ މޮޑްރިޗް

ލޫކާ މޮޑްރިޗް

ރަޝިއާގައި 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕުގެ ފައިނަލްގައި ކުޅެ ގައުމަށް ތަށީ ހޯދައި ނުދެވުނަސް އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލޫކާ މޮޑްރިޗެވެ. އެ އަހަރުގެ ބެލޮންޑިއޯ ވެސް އޭނާ ކާމިޔާބު ކުރި އެވެ. މޮޑްރިޗް ވަނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ކްރޮއޭޝިއާ ގެންގޮސްދީފަ އެވެ. މިއީ އޭނާގެ ކެޕްޓަން ކަމުގައި ކްރޮއޭޝިއާ ކުޅޭ ތިން ވަނަ ވޯލްޑް ކަޕެވެ. އަދި މި އަހަރުގެ މުބާރާތް ވެގެން ދާނީ އުމުރުން 40 އަހަރުގެ މިޑްފީލްޑަރުގެ ފަސް ވަނަ ވޯލްޑް ކަޕަށެވެ.

ޓީމް ޕްރޮފައިލް May 19, 2026

ކްރޮއޭޝިއާ

ޔޫގޯސްލާވިއާގެ ދަށުގައި އޮތުމުން ވޯލްޑް ކަޕްގެ ބޮޑު ބައެއްގައި ކްރޮއޭޝިއާގެ ނަމުގައި ވާދަކުރެވިފައެއްނުވެ އެވެ. އެގޮތުން 1930 އިން ފެށިގެން 1990 ވަނަ އަހަރާ ހަމައަށް ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރުމުގެ ފުރުސަތު ވެސް ކްރޮއޭޝިއާ އަށް ނުލިބެ އެވެ. އެޓީމު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވީ 1998 ވަނަ އަހަރު އެވެ.

ކްރޮއޭޝިއާ މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނީ ހަ ފަހަރު އެވެ. އެ ހަ މުބާރާތުގެ ތެރެއިން 1998 އަދި އެންމެ ފަހުގެ ވޯލްޑް ކަޕްގެ ތިން ވަނަ ހޯދި އެވެ. އެގައުމުގެ އެންމެ ބޮޑު ކާމިޔާބީއަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލަށް ދަތުރުކުރުމެވެ. އެކަމަކު ފައިނަލުގައި ފްރާންސް އަތުން ބަލިވީ އެވެ.

ކްރޮއޭޝިއާ މިފަހަރުގެ ވޯލްޑް ކަޕުން ޖާގަ ހޯދީ ކޮލިފައިން ގްރޫޕުގެ އެއް ވަނަ ހޯދައިގެންނެވެ. ކޮލިފައިންގައި ކުޅުނު އަށް މެޗުގެ ތެރެއިން ހަތް މެޗު ކާމިޔާބުކޮށް އެއް މެޗު އެއްވަރުވި އެވެ. މެޗަކުން ބަލިވެފައެއްނުވެ އެވެ. ޖުމްލަ 26 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ ހަތަރު ގޯލެވެ.

ކޯޗު: ޒްލަޓްކޯ ޑަލިޗް (59 އަހަރު)

ޒްލަޓްކޯ ޑަލިޗް 2017 ވަނަ އަހަރު ކްރޮއޭޝިއާގެ ކޯޗުކަމާ ހަވާލުވީއިރު ބުނީ، ކޯޗުކަމުގައި ދެމިހުންނާނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުން އެގައުމަށް ފުރުސަތު ލިބިއްޖެ ނަމަ އެވެ. އެކަމަކު ނަތީޖާ ފެނުނީ މާ ފުރިހަމަކޮށެވެ. އޭނާގެ ކޯޗުކަމުގެ އެފަހަރުގެ ވޯލްޑް ކަޕްގެ ފައިނަލަށް ވެސް ކްރޮއޭޝިއާ ދަތުރުކުރި އެވެ. މިއީ ޑަލިޗްގެ ކޯޗުކަމުގައި ކްރޮއޭޝިއާ ނުކުންނަ ތިން ވަނަ ވޯލްޑް ކަޕެވެ. ޑަލިޗަކީ ކްރޮއޭޝިއާ ފުޓްބޯޅަ އަށް އެންމެ ބޮޑު ކުރިއެރުން ގެނެސްދިން ކޯޗެކެވެ. 

މުހިއްމު ކުޅުންތެރިން

ކޮލިފައިންގައި ކްރޮއޭޝިއާ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިނީ ހަ ގޯލާ އެކު އަންޑްރޭ ކްރަމަރިޗް އެވެ. އެކަމަކު އެ ޓީމުގައި އަދިވެސް އެންމެ މުހިއްމު ކުޅުންތެރިއަކީ ލޫކަ މޮޑްރިޗެވެ. އުމުރުން 40 އަހަރުގެ ކެޕްޓަން މިފަހަރު ނުކުންނަނީ ފަހު ވޯލްޑް ކަޕަށެވެ. ގައުމީ ލެވެލް އާއި ކްލަބް ލެވެލްގައި މޮޑްރިޗް ހިމެނެނީ ދުނިޔެ ދުށް އެންމެ އަހުލާގު ރަނގަޅު އަދި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގަ އެވެ. މޮޑްރިޗްގެ އިތުރުން ކޮލިފައިންގައި ހަތަރު ގޯލު ޖެހި އިވާން ޕެރިސިޗާއި މޮޑްރިޗާ އެކު މެދުތެރެ ބަލަހައްޓާ މަޓެއޮ ކޮވަސިޗަކީ ވެސް ކްރޮއޭޝިއާ ޓީމުގެ މުހިއްމު ކުޅުންތެރިންނެވެ.