ރަޝިއާ 2018 ގެ ވޯލްޑް ކަޕްގެ ރަން ބޫޓު ހޯދި ހެރީ ކޭން މި އަހަރު މުރިމަތިލަނީ އޭނާގެ ތިން ވަނަ ވޯލްޑް ކަޕަށެވެ. އޭރު ވެސް މިހާރު ވެސް ބަދަލު ނުވެ އޮތް ކަމަކީ އޭނާގެ ގޯލް ޖެހުމުގެ ހުނަރެވެ. ޕެނަލްޓީ ބޮކްސް ސްޓްރައިކަރަކުން ޕްލޭމޭކިން ފޯވާޑަކަށް ބަދަލުވެ، އޭނާގެ ކުޅުން ވެސް ވަނީ ކުރިއަށް ވުރެ ތަފާތު ވެފަ އެވެ. ވޭން ރޫނީ ވެސް ކެރިއަރުގެ ފަހު ކޮޅު ކުރިއަރައި ދިޔައީ މިކަހަލަ ގޮތަކަށެވެ. ކޭން ވަނީ ގަތަރު 2022 ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ފްރާންސް ކޮޅަށް ގޯލު ޖަހައި، އިންގްލެންޑަށް އެންމެ ގިނަ ލަނޑު ޖަހައިފައިވާ ރޫނީގެ ރެކޯޑާ އެއްވަރު ކޮށްފަ އެވެ. އެއަށް ފަހު އޭނާ ވަނީ އެ ރެކޯޑް މުގުރާލައި ޖުމްލަ 78 ގޯލު ޖަހައިފަ އެވެ. ބެޔާން މިއުނިކާ އެކު އޭނާ ނިމުނު ސީޒަނުގައި ހުރީ ފޯމުގަ އެވެ. އިންގްލެންޑުން ވޯލްޑް ކަޕް ކާމިޔާބުކުރަން ބޭނުންވާނެ އެންމެ މުހިއްމު ހަތިޔާރަކީ އޭނާ އެވެ.
މުހިއްމު ކުޅުންތެރިން
ހެރީ ކޭން