އާޑާ ގޫލާ އަކީ ތުރުކީގެ ފުޓްބޯޅައިގެ މުސްތަގުބަލުގެ ރަމްޒެކެވެ. ފެނަބާޗޭ އިން ފެށި މިޑްފީލްޑަރު ޒުވާން އުމުރުގައި ރެއާލް މެޑްރިޑަށް ބަދަލު ވުމާ އެކު އުންމީދުތައް މަތިވި އެވެ. ރެއާލުގައި ފުރަތަމަ ދުވަސްކޮޅު އަނިޔާގެ މައްސަލަތައް ދިމާވި ނަމަވެސް މިހާރު އޭނާ އަންނަނީ، ރެއާލުން އޭނާ އަށް ބޮޑު އަގުދިނީ ކީއްވެކަން ސާބިތުކޮށްދެމުންނެވެ.

ގޫލާ ފާހަގަ ކޮށްލެވެނީ ތޫނުފިލި ޕްލޭމޭކަރެއްގެ ގޮތުގަ އެވެ.  އޭނާގެ ނުފޫޒު ކްލަބާއި ގައުމީ ޓީމުގައި ވެސް ވަނީ ގަދަ ވެފަ އެވެ.

ގައުމީ ޓީމުގައި މުހައްމު މެޗުތަކުގައި މުހިއްމު ލަނޑުތަކެއް ކާމިޔާބު ކޮށްދީފައި ގޫލާ މިހާތަނަށް ވަނީ 28 މެޗުން ހަ ގޯލު ޖަހައިފަ އެވެ.

ތުރުކީގެ ކޯޗު، އިޓަލީގެ ވިންސެންޒޯ މޮންޓެލާ، ފީފާ އަށް ދިން އިންޓަވިއު އެއްގައި ބުނެފައި ވަނީ، ގޫލާ އަކީ ތުރުކީގެ ރައްޔިތުންގެ ލޯބި ހޯދާފައިވާ ކުޅުންތެރިއެއް ކަމަށްވެ.

ގޫލާ ވަނީ ތުރުކީ އާއެކު ޔޫރޯ މުބާރާތް ކުޅެފަ އެވެ. އެއަށް ފަހު ތުރުކީ، ޔޫއެފާ ނޭޝަންސް ލީގު އޭ އަށް ކޮލިފައި ކޮށްދޭން ވެސް އޭނާ ވަނީ މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.