އުމުރުން 29 އަހަރުގެ ފްރޭންކް ކެސީ އަކީ އޭސީ މިލާނާއި ބާސެލޯނާގައި ވެސް އެއް ފެންވަރެއްގައި ކުޅުނު ކުޅުންތެރިއެކެވެ. މިހާރު ސައުދީ އަރަބިއްޔާގެ އަލް އަހްލީގައި ވެސް އޭނާ ދައްކަނީ، ކޮންމެ މާހައުލަކަށް ވެސް އޭނާ އަކީ ފިޓް ކުޅުންތެރިއެއް ކަމެވެ. އަހްލީ އަށް 2023 ވަނަ އަހަރު އޭނާ ބަދަލުވީ، ބާސެލޯނާ އާއި މިލާނާ އެކު ވެސް ލީގު ކާމިޔާބު ކޮށްފަ އެވެ. އަހްލީ އާއެކު އޭނާ ވަނީ ޖެހިޖެހިގެން ދެ ސީޒަންގައި އޭޝިއާގެ އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓް ކާމިޔާބު ކޮށްފަ އެވެ. އަދި މި ސީޒަންގައި ޗެމްޕިއަންސް ލީގުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އޭނާ އެވެ. އައިވަރީ ކޯސްޓް 2014 އަހަށް ފަހު އަލަށް މުބާރާތަށް ކޮލިފައި ވީއިރު، ކޮލިފައިންގައި ވެސް ކޭސީ ވަނީ ޓީމުގެ ކެޕްޓަންގެ ގޮތުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.
މުހިއްމު ކުޅުންތެރިން
ފްރޭންކް ކެސީ