އޭސީ މިލާނުގައި ލޯން އުސޫލުން ހޭދަކުރި ތިން ސީޒަނަށް ފަހު ބްރަހިމް ޑިއާޒް އެނބުރި ރެއާލް މެޑްރިޑަށް ބަދަލުވީ މޮޅު އެޓޭކިން މިޑްފީލްޑަރެއްގެ ގޮތުގަ އެވެ. ސްޕެއިންގެ ގައުމީ ޓީމަށް އެއް މެޗުން އެއް ގޯލު ޖަހައިދީފައި ވީ ނަމަވެސް އެނބުރި ރެއާލަށް ގޮސް އޭނާ ވަނީ މޮރޮކޯ ގައުމީ ޓީމަށް ކުޅެން ނިންމައިފަ އެވެ. މޮރޮކޯއާ ގުޅުމަށް ފަހު އޭނާ ވެފައި ވަނީ ގައުމީ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިޔަކަށެވެ. މި އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް އަކީ އޭނާ ގައުމީ ޓީމާ އެކު ކުޅުނު ފުރަތަމަ މުބާރާތެވެ. އެ މުބާރާތުގެ ޗެމްޕިއަން ކަމާ އެކު އޭނާ ވަނީ މުބާރާތުގެ ޓޮޕް ސްކޯތާގެ މަގާމު ވެސް ހޯދައިފަ އެވެ.
މުހިއްމު ކުޅުންތެރިން
ބްރަހީމް ޑިއާޒް