އަޝްރަފް ހަކީމީ އަކީ ޕީއެސްޖީ އާއި ގައުމީ ޓީމުގައި ވެސް އެއް ފެންވަރެއްގައި ކުޅެމުން އަންނަ ހުނަރުވެރި ފުލްބެކެކެވެ. ޑިފެންސާއި އެޓޭކުގައި ވެސް އޭނާ އަކީ އެފަދަ ދެ ވަނައެއް ނެތް ކުޅުންތެރިއެކެވެ. މުޅި ދުނިޔެ ސިއްސުވާލައި 2022 ގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ޓީމު ގެންގޮސްދިނުމުގައި ހަކީމީގެ ލީޑަޝިޕް ވަނީ މުހިއްލު ދައުރެއް އަދާ ކޮށްފަ އެވެ. މި އަހަރުގެ މުބާރާތަކީ އޭނާގެ ތިން ވަނަ ވޯލްޑް ކަޕެވެ. އޭނާ އަކީ މި ވަގުތު ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ. އުމުރުން 27 އަހަރުގެ ކުޅުންތެރިޔާ ވަނީ ފާއިތުވި 10 އަހަރު ތެރޭ ގައުމީ ޓީމަށް މިހާތަނަށް 93 މެޗު ކުޅެދީ 11 ގޯލު ޖަހައިފަ އެވެ.