މުހައްމަދު ސަލާހަކީ ކްލަބް ލެވެލްގައި އެފަދަ ދެ ވަނަ އެއް ނެތް ކުޅުންތެރިޔެކެވެ. އޭނާ ވަނީ ލިވަޕޫލާ އެކު އެތައް ކާމިޔާބެއް ހޯދައިފަ އެވެ. އެކަމަކު އަދި ގައުމީ ޓީމާ އެކު އެފަދަ ކާމިޔާބެއް ނުހޯދެ އެވެ. އޭނާގެ މޮޅު ކުޅުމާ އެކު 2018 ގެ ވޯލްޑް ކަޕަށް މިސްރު ކޮލިފައިވި ނަމަވެސް، އަނިޔާގެ ސަބަބުން އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އަނެއްކޮޅުން ޕޮއިންޓެއް ނުލިބި މިސްރު ކެޓީ އެވެ. ޖެހިގެން އައި މުބާރާތަށް އެ ޓީމު ކޮލިފައި ނުވީ އެންމެ ފަހު ބުރުގައި ސެނެގާލް އަތުން ޕެނަލްޓީގައި ބަލި ވުމުންނެވެ. މި އަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލާއިރު ސަލާހަށް އޮތް ކަންބޮޑުވުމަކީ ކްލަބުގައި ފޯމު ދަށްވުމެވެ. ލީގުގައި ހަތް ގޯލު ޖެހުނު އިރު މިއީ ފާއިތުވި 10 ސީޒަން ތެރޭ އޭނާގެ އެންމެ ދަށް ސީޒަނެވެ. ނަމަވެސް ގައުމީ ޓީމާ އެކު ކުރީގެ ސަލާހު މި އަހަރު ފެންނާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރެ އެވެ.