Netherlands

UpComming

November 21 | 21:00 hrs

Senegal

vs

Netherlands

December 03 | 20:00 hrs

Netherlands

vs

USA

GROUP TABLE

Group Group A P W D L GF GA GD PTS
Ecuador 3 1 1 1 4 3 1 4
Qatar 3 0 0 3 1 7 -6 0
Senegal 0 0 0 0 0 0 0 0
Netherlands 0 0 0 0 0 0 0 0

Squad

ގޯލްކީޕަރު

Remko Pasveer

Andries Noppert

ޑިފެންޑަރު

Jurriën Timber

Matthijs de Ligt

Virgil van Dijk

Nathan Aké

Stefan de Vrij

Tyrell Malacia

Daley Blind

Denzel Dumfries

Jeremie Frimpong

ފޯވާޑް

Steven Bergwijn

Cody Gakpo

Luuk de Jong

Memphis Depay

Steven Berghuis

Noa Lang

Justin Bijlow

Vincent Janssen

Wout Weghorst

މިޑްފީލްޑަރު

Davy Klaassen

Marten de Roon

Teun Koopmeiners

Frenkie de Jong

Kenneth Taylor

Xavi Simons

ނެދަލެންޑްސް: ނެދަލެންޑްސް އަކީ ވޯލްޑް ކަޕް ގައި ވާދަކުރާ މަގުބޫލު ޓީމުތަކުގެ ތެރެއިން ނާކާމިޔާބު ޓީމެކެވެ. މިހާތަނަށް ތިން ފަހަރު ވޯލްޑް ކަޕް ފައިންލގައި ކުޅެ އެޓީމު ވަނީ ބަލި ވެފަ އެވެ. އެންމެ ފުރަތަމަ 1974 އަދި 1978 ވަނަ އަހަރު ފައިނަލުން ބަލިވި އިރު، އެންމެ ފަހުން ފައިނަލް ކުޅުނޫ 2010 ވަނަ އަހަރެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ސެމީ ފައިނަލުން ބަލިވި ނަމަވެސް، ބްރެޒިލް ބަލިކޮށްފައި ތިންވަނަ ހޯދި އެވެ.
އެންމެ ފުރަތަމަ ނެދަލެންޑްސް ކޮލިފައިވީ 1934 ގެ މުބާރާތަށެވެ. މިހާތަނަށް 10 ވޯލްޑް ކަޕް ގައި ކުޅުނު ނެދަލެންޑްސް މިއީ ވޯލްޑް ކަޕް ގައި ކުޅޭ 11 ވަނަ ފަހަރެވެ. އެންމެ ފަހުން 2018 ވަނަ އަހަރުގެ މުބާރާތަށް އެޓީމު ކޮލިފައި އެއް ނުވެ އެވެ.
އޭގެ ކުރިން 2002 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ވެސް ނެދަލެންޑްސް ކޮލިފައި ވެފައެއް ނުވެ އެވެ. އެހެން ކަމުން މިއީ އޭޝިއާ ބައްރުގައި ނެދަލެންޑްސް ވޯލްޑް ކަޕް ކުޅޭނެ ފުރަތަމަ ފަހަރެވެ.
ކޮލިފައި ވި ގޮތް: ނެދަލެންޑްސް މިއަހަރުގެ ވޯލްށް ކަޕަށް ކޮލިފައި ވީ ކޮލިފައިންގައި ގުރޫޕް ޖީ ގެ އެއްވަނަ ހޯދައިގެންނެވެ. މުޅި އެކު 10 މެޗު ކުޅުނު އިރު ހަތް މެޗު ކާޟިޔާބު ކޮށް، ދެ މެޗު އެއްވަރު ކުރި އެވެ. ބަލިވީ އެންމެ ފުރަތަމަ މެޗުގައި ތުރުކީ އަތުންނެވެ. ނަމަވެސް އަމިއްލަ ދަނޑުގައި ނެދަލެންޑްސް އިން ވަނީ ފަސޭހަ ކަމާ އެކު ތުރުކީ ބަލި ކޮށްފަ އެވެ.
ކޯޗު: ނެދަލެންޑްސްގެ ކޯޗަކީ މަޝްހޫރު ލުއިސް ވެން ހާލް އެވެ. އޭނާ ވަނީ މީގެ ކުރިން ދެ ފަހަރު ނެދަލެންޑްސް ގައުމީ ޓީމަށް ކޯޗު ކޮށްދީފަ އެވެ. އެންމެ ފުރަތަމަ 2000 ވަނަ އަހަރު ނެދަލެންޑްސް އާ ހަވާލުވެ، 2002 ގެ ވޯލްޑް ކަޕަށް އެޓީމު ކޮލިފައި އެއް ނުކޮށްދެވުނެވެ.
ދެވަނަ ފަހަރަށް ނެދަލެންޑްސް އާ ހަވާލުވީ 2012 ވަނަ އަހަރު އެވެ. އެ ފަހަރު އޭނާ ވަނީ ޓީމު ވޯލްޑް ކަޕަށް ކޮލިފައި ކޮށްދީ، ތިންވަނަ ހޯދައި ދީފަ އެވެ. އަދި ތިންވަނަ ފަހަރަށް އޭނާ ނެދަލެންޑްސް އާ ހަވާލުވީ 2021 ވަނަ އަހަރު، ރިޓަޔާމަންޓުން އެނބުރި އައިހެވެ.
ވެން ހާލް ވަނީ ކްލަބް ލެވެލް ގައި ނެދަލެންޑްސްގެ އަޔެކްސް އާއ އޭޒެޑް އަލްކަމާ އާއި ސްޕެއިންގެ ބާސެލޯނާ އާއި ޖަރުމަންގެ ބެޔާން މިއުނިކުގެ އިތުރުން އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑާ އެކު ކާމިޔާބީ ހޯދައިފަ އެވެ. 2016 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލުމަށް ފަހު، ތިންވަނަ ފަހަރަށް ނެދަލެންޑްސް ގައުމީ ޓީމާ ހަވާލު ވަންދެން ހުރީ ކޯޗިންއާ ދުރުގަ އެވެ.
ގައުމީ ޓީމާ ތިންވަނަ ފަހަރަށް ހަވާލުވެ، ފުރަތަމަ މެޗުގައި ނޯވޭ އަތުން އެއްވަރު ވިއަސް، އޭނާގެ އިރުޝާދުގެ ދަށުން މިހާތަނަށް ނެދަލެންޑްސް ބަލި ވެފައެއް ނުވެ އެވެ. ވެން ހާލް އާއެކު ނެދަލެންޑްސް ވޯލްޑް ކަޕަށް ދަނީ 15 މެޗުން ބަލި ނުވުމުގެ ރެކޯޑަކާ އެކު އެވެ. ނޭޝަންސް ލީގުގައި ވެސް ވަނީ ގުރޫޕޕުގެ އެއްވަނަ ހޯދައިދީ، ގަދަ ހަތަރު ޓީމު ވާދަކުރާ ފައިނަލް ބުރަށް ކޮލިފައި ކޮށްދީފަ އެވެ.
ގްރޫޕުގައި އޮތް ފުރުސަތު: ނެދަލެންޑްސް އަކީ ވޯލްޑް ކަޕްގެ ގުރޫޕް އޭ ގެ އެއްވަނަ ހޯދާނެ ކަމަށް ގިނަ ތަޖުރިބާކާރުން އިއްތިފާގުވާ ޓީމެވެ. މީގެ އިތުރުން މި ގުރޫޕުން ސެނެގާލަކީ ވެސް ދެވަނަ ބުރަށް ދާނެ ކަމަށް ބެލެވޭ ޓީމެކެވެ. އިކުއެޑޯ އާއި މުބާރާތް ބާއްވާ ގަތަރު ވެސް މި ގުރޫޕުގައި ހިމެނެ އެވެ. އެންމެ ފަހުން ނެދަލެންޑްސް ކުޅުނު އަށް ވޯލްޑް ކަޕްގައި ވެސް އެޓީމު ވަނީ ގުރޫޕް ސްޓޭޖުން ފާސް ވެފަ އެވެ.
ވާޖިލް ވެން ޑައިކް: ނެދަލެންޑްސްގެ ކެޕްޓަން ވާޖިލް ވެން ޑައިކް އަކީ ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ޑިފެންޑަރުންގެ ތެރެއިން އެކެއް ކަމަށް ގިނަ ބަޔަކު ބުނެ އެވެ. މިއީ އުމުރުން 31 އަހަރުގެ ޑިފެންޑަރު ކުޅޭ ފުރަތަމަ ވޯލްޑް ކަޕެވެ.
ވެން ޑައިކް އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅެން ފެށީ 2015 ވަނަ އަހަރު އެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 49 މެޗު ކުޅެދީފަ އެވެ. ޔޫއެފާ ނޭޝަންސް ލީގު ފިޔަވައި އަދި ގައުމީ ޓީމާ އެކު ބޮޑު މުބާރާތެއް ނުކުޅެ އެވެ. މިދިޔަ އަހަރުގެ ޔޫރޯ ގައި އޭނާ ނުކުޅުނީ އަނިޔާއިން އެއްކޮށް ރަނގަޅު ނުވެވޭތީ އެވެ.
ނެދަލެންޑްސްގެ ކެޕްޓަންކަން ހަވާލު ކުރީ އިނގިރޭސި ކްލަބް ލިވަޕޫލަށް 2017 ވަނަ އަހަރު ބަދަލުވި ފަހުން، ޖެހިގެން އައި އަހަރު އެވެ. ނޭޝަންސް ލީގުގެ ދެވަނަ 2019 ގައި ހޯދީ އޭނާގެ ކެޕްޓަން ކަމުގަ އެވެ. އަދި ލިވަޕޫލަށް ކުޅުނު ދެވަނަ ސީޒަނުގައި ޔޫއެފާ އިން ހޮވާ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް އުފުލައިލި އެވެ.
މެމްފިސް ޑިޕާއި: އުމުރުން 28 އަހަރުގެ ޑިޕާއި އަކީ ނެދަލެންޑްސް ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު ފޯވާޑެވެ. އެންމެ ފަހުން ކުޅުނު 20 މެޗުގައި އޭނާ ވަނީ 21 ލަނޑު ޖަހައިދީފަ އެވެ. މިހާތަނަށް 81 މެޗު ގައުމީ ޓީމަށް ކުޅެދިން އިރު، ޖުމްލަ 42 ލަނޑު ޖަހައިފައި ވެއެވެ.
ޑިޕާއި ވަނީ އުމުރުން 20 އަހަރުގައި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ގައި ކުޅެފަ އެވެ. އަދި ވޯލްޑް ކަޕް ގައި ކުޅުނު ފުރަތަމަ މެޗުގައި ވަނީ އޮސްޓްރޭލިއާއާ ދެކޮޅަށް ދެވަނަ ހާފުގައި ކުޅެން ނުކުމެ، ނަތީޖާ އެއްވަރު ކުރަން ރޮބިން ވެން ޕާސީ އަށް އެސިސްޓް ކޮށްދީ، ޓީމު މޮޅު ކޮށްދިން ލަނޑު ވެސް ޖަހައިފަ އެވެ. އަދި އޭނާ ވެފައި ވަނީ ވޯލްޑް ކަޕް ގައި ނެދަލެންޑްސް ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ހަގު ކުޅުންތެރިޔާ އަށެވެ.
ފްރެންކީ ޑި ޔޮންގް: ފްރެންކީ ޑި ޔޮންގް، އަކީ ނެދަލެންޑްސްގެ މެދުތެރޭގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ކުޅުންތެރިޔާ އެވެ.
އުމުރުން 25 އަހަރުގެ ޑީ ޔޮންގް ގައުމީ ޓީމަށް ކުޅެން ފެށީ 2015 ވަނަ އަހަރެވެ. ރަޝިއާ ގައި 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕުގައި ކުޅުމުގެ ފުރުސަތު ނުލިބުނަސް، މިއަހަރުގެ ކޮލިފައިންގައި އޭނާ ވަނީ ނެދަލެންޑްސް ޓީމަށް މޮޅަށް ކުޅެފަ އެވެ.
ޑި ޔޮންގް ގެ މަގްބޫލުކަން ބޮޑުވީ އެގައުމުގެ އަޔެކްސް އާއެކު ޗެމްޕިއަންސް ލީގު ސެމީ ފައިނަލަށް ދަތުރު ކުރި ސީޒަންގަ އެވެ. އެ ސީޒަންގެ މެދު ތެރޭން ބާސެލޯނާ ވަނީ ޖެހިގެން އަންނަ ސީޒަނަށް، 75 މިލިއަން ޔޫރޯގެ އަގަކަށް ޑި ޔޮންގް ގެ ސޮއި ހޯދައިފަ އެވެ. މި ސީޒަނުގައި ބާސެލޯނާ އިން މާލީ ގޮތުން ދަތި ވެގެން އޭނާ ފޮނުވާލަން އުޅުނު ނަމަވެސް ޑި ޔޮންގް ވަނީ ކުލަބު ދޫކޮށް ދާން ބޭނުން ނުވާކަން އަންގައިފަ އެވެ. އަދި ޑި ޔޮންގް މި ސީޒަނުގައި އަންނަނީ އެއް ފެންވަރެއްގައި އުންމީދީ ކުޅުމެއް ދައްކަމުންނެވެ.