Wales

UpComming

November 22 | 00:00 hrs

USA

vs

Wales

GROUP TABLE

Group Group B P W D L GF GA GD PTS
USA 3 1 2 0 2 1 1 5
England 0 0 0 0 0 0 0 0
IR Iran 0 0 0 0 0 0 0 0
Wales 0 0 0 0 0 0 0 0

Squad

ގޯލްކީޕަރު

Wayne Hennessey

Danny Ward

Adam Davies

ޑިފެންޑަރު

Chris Gunter

Neco Williams

Ben Davies

Chris Mepham

Joe Rodon

Connor Roberts

Ethan Ampadu

Tom Lockyer

Ben Cabango

މިޑްފީލްޑަރު

Joe Allen

Harry Wilson

Aaron Ramsey

Joe Morrell

Jonny Williams

Sorba Thomas

Dylan Levitt

Rubin Colwill

Matthew Smith

ފޯވާޑް

Brennan Johnson

Gareth Bale

Kieffer Moore

Mark Harris

Daniel James

ވޯލްޑް ކަޕްގެ ތާރީހް:
ފްރާންސްގެ ބައެއްގެ ގޮތުގައި އޮތުމުން 1930 އިން ފެށިގެން 1954 ވަނަ އަހަރުގެ ވޯލްޑް ކަޕާ ހަމައަށް ޓިއުނީޝިއާ އަކީ ފުޓްބޯޅައިގެ ނަމެއް ނޫނެވެ. ވަކި އެސޯސިއޭޝަނެއް ގޮތަށް ރަޖިސްޓްރީވެ މިހާރު އެފްރިކާ ބައްރަށް ނިސްބަތްވާ ޓިއުނީޝިއާ އެންމެ ފުރަތަމަ ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރީ 1962 ވަނަ އަހަރުގެ މުބާރާތުގެ އެވެ. މިއީ އެގައުމު ވޯލްޑް ކަޕްގައި ވާދަކުރާ ހަ ވަނަ ފަހަރެވެ. މީގެ ކުރިން ވޯލްޑް ކަޕްގައި ވަދަކުރި ފަސް ފަހަރު ވެސް ގްރޫޕް ސްޓޭޖުން ކެޓީ އެވެ. ފުރަތަމަ ފަހަރަށް 1978 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކޮށް އޭގެފަހުން އެގައުމު ވަނީ 1998، 2002، 2006 އަދި 2018 ވަނަ އަހަރުގެ މުބަރާތުގައި ވާދަކޮށްފަ އެވެ.
ވޯލްޑް ކަޕްގައި މިހާތަނަށް ކުޅުނު 15 މެޗުގެ ތެރެއިން ޓިއުނީޝިއާ އަށް މޮޅުވެވުނީ ދެ މެޗުންނެވެ. ދެ ހަތަރު މެޗު އެއްވަރުވިއިރު ނުވަ މެޗުން ވަނީ ބަލިވެފަ އެވެ.
ފުޓްބޯޅައިގައި ޓިއުނީޝިއާ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 2004 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބު ކުރުމެވެ. އެ މުބާރާތުގެ އިތުރުން 2011 ވަނަ އެފްރިކަން ނޭޝަންސް ޗެމްޕިއަންޝިޕް ވެސް ޓިއުނީޝިއާ ވަނީ ކާމިޔާބުކޮށްފަ އެވެ.
ކޮލިފައިވި ގޮތް:
އެފްރިކާގެ ކޮލިފައިންގެ ދެ ވަނަ ބުރުގައި ޓިއުނީޝިއާ ވަނީ 13 ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނަ ކަށަވަރުކޮށްފަ އެވެ. ކޮލިފައިންގައި އެޓީމު ވާދަކުރީ ދެ ވަނަ ލިބުނު އިކުއިޓޯރިއަލް ގިނީ އާއި ޒަމްބިއާ އަދި މައުރިޓާނިއާ އެވެ. ކޮލިފައިންގެ ހަ މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބު ކުރިއިރު އެއް މެޗުން ބަލިވެ އެއް މެޗު ވަނީ އެއްވަރުވެފަ އެވެ.
އެއް ވަނަ ޓީމުގެ ގޮތުގައި ކުޅުނު ތިން ވަނަ ބުރުގެ ޕްލޭއޮފްގައި ޓިއުނީޝިއާ ބަލިކުރީ މާލީ އެވެ. ފުރަތަމަ ލެގް މާލީގައި ކުޅޭ 1-0 އިން ކާމިޔާބު ކުރިއިރު ދެ ވަނަ ލެގްގެ މެޗު ނިމުނީ 0-0 އިންނެވެ.
ކޯޗު: ޖަލީލް ކަދްރީ
ޓިއުނީޝިއާގެ ކޯޗަކީ އެގައުމަށް އުފަން އުމުރުން 50 އަހަރުގެ ޖަލީލް ކަދްރީ އެވެ. މިހާތަނަށް ވާދަކުރި ފަސް ވޯލްޑް ކަޕްގެ ތެރެއިން ހަތަރު ވޯލްޑް ކަޕްގައި އިރުޝާދުދިނީ އެގައުމަށް ނިސްބަތްވާ ކޯޗުންނެވެ. މިފަހަރުވެސް އަމިއްލަ ގައުމުގެ ރައްޔިތަކަށް ކޯޗުކަން ހަވާލުކުރިއިރު ކަދްރީ އަށް ވެސް އޮތީ ވޯލްޑް ކަޕްގެ ދެ ވަނަ ބުރަށް ޓިއުނީޝިއާ ކޮލިފައިކޮށްދިނުމުގެ ޕްރެޝަރެވެ.
ކަދްރީ 2021 ވަނަ އަހަރުގެ ޖޫން މަހު އެންމެ ފުރަތަމަ ހަވާލުވީ ޓިއުނީޝިއާގެ އެސިސްޓެންޓް ކޯޗުކަމާ އެވެ. އެގައުމުގެ ރަސްމީ ކޯޗުކަން ކަދްރީ އަށް ދިނީ މިއަހަރުގެ ޖެނުއަރީ މަހު އެވެ.
ކަދްރީގެ ކޯޗުކަމުގައި ޓިއުނީޝިއާ މިހާތަނަށް ކުޅުނު އަށް މެޗުގެ ތެރެއިން ފަސް މެޗުން ވަނީ މޮޅުވެފަ އެވެ. ދެ މެޗު އެއްވަރުވިއިރު ބަލިވީ މިދިޔަ ސެޕްޓެމްބަރު މަހު ބްރެޒިލްއާ ވާދަކުރި މެޗުންނެވެ.
ފާހަގަކޮށްލެވޭ ކުޅުންތެރިން:
ޑީލަން ބްރޮން
ބްރޮން އަކީ ޓިއުނީޝިއާ ޓީމުގެ ފަހަތް ބެލެހެއްޓުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއް ކުޅުންތެރިޔާ އެވެ. އުމުރުން 27 އަހަރުގެ ބްރޮން އަންނަނީ 2017 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމު ތަމްސީލް ކުރަމުންނެވެ. އެގައުމަށް މިހާތަނަށް ކުޅުނު 35 މެޗުގައި އޭނާ ދެ ގޯލު ޖެހި އެވެ.
2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގައި ބްރޮން ވަނީ އިންގްލެންޑް އަދި ބެލްޖިއަމް އަތުން ބަލިވި މެޗުގައި ކުޅެފަ އެވެ. ބްރޮން އަކީ ސެންޓަ ބެކްގެ އިތުރުން ކަނާތް ފަޅިން ވެސް ފަހަތަށް ކުޅޭ ކުޅުންތެރިއެކެވެ.
ކްލަބް ކެރިއަރުގައި ބްރޮން ބޮޑަށް ފެނުނީ ފްރެންޗް ލީގުންނެވެ. މިދިޔަ ސީޒަނަށް ފަހު އޭނާ ހޯދަން ފްރެންޗް ލީގުގެ ލޮރިއެންޓް އާއި ނޯންޓްސް އިން މަސައްކަތްކުރި އެވެ. އެކަމަކު އޭނާގެ ސޮއި ހޯދީ އިޓާލިއަން ލީގުގައި ވާދަކުރަމުން އަންނަ ސެލާނިޓާނާ އިންނެވެ.

ވާބީ ކަޒްރީ
ވާބީ ކަޒްރީ 2009 ވަނަ އަހަރު ޓިއުނީޝިއާގެ 20 އަހަރުން ދަށުގެ ޓީމަށް ކުޅެނިކޮށް ފްރާންސުން ވަނީ އޭނާގެ ރަށްވެހިކަން ބަދަލުކޮށް އެގައުމުގެ 21 އަހަރުން ދަށުގެ ޓީމަށް ކުޅުވާފަ އެވެ. އޭގެފަހުން 2012 ވަނަ އަހަރު އަނެއްކާވެސް ކަޒްރީ ވަނީ ޓިއުނީޝިއާ އަށް ބަދަލުވެ ގައުމީ ޓީމު ސީނިއާ ޓީމު ތަމްސީލުކޮށްފަ އެވެ. 31 އަހަރުގެ ފޯވާޑަކީ ގައުމީ ޓީމަށް ކުޅުނު 71 މެޗުގައި 24 ގޯލު ޖަހާފައިވާ ކުޅުންތެރިއެކެވެ. ކަޒްރީ ވަނީ 2018 ވަނަ އަހަރު އެގައުމުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ.
މިދިޔަ ސީޒަނުގައި ކަޒްރީ ކުޅުނު ސެއިންޓް އެޓިއެން ވަނީ ފްރެންޗް ލީގުން ރެލިގޭޓްވެފަ އެވެ. އެޓީމަށް 100 އަށް ވުރެ ގިނަ މެޗު ކުޅުމަށް ފަހު ކަޒްރީ މިއަހަރު ބަދަލުވީ ފްރެންޗް ލީގުގެ މޮންޓެޕިލިއޭ އަށެވެ.
ކަޒްރީ އަކީ ހިލޭ ޖެހުންތަކަށް ފަރިތަވުމާއި ކޮއްޓުމާއި ވަރުގަދަ ހަމަލާތައް އިދިކޮޅު ގޯލަށް ފޮނުވާލުމުގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. ފޯވާޑެއްގެ ގޮތުގައި ކުޅުނަސް ކަޒްރީ ފާހަގަކުރެވެނީ ޑިފެންސް ކުރުމުގައި ރަނގަޅު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

އައިސާ ލައިދޫނީ
އައިސާ ލައިދޫނީ އަށް ޓިއުނީޝިއާގެ ގައުމީ ޓީމުން ފުރުސަތު ލިބުނީ މިދިޔަ އަހަރު އެވެ. މެދުތެރެއަށް ކުޅޭ މި ކުޅުންތެރިޔާ ވަނީ ލިބުނު ފުރުސަތުގެ ބޭނުންހިފައި ގައުމީ ޓީމުގައި ތަފާތު ދައްކައިފަ އެވެ. މިދިޔަ އަހަރުން ފެށިގެން މިހާތަނަށް ލައިދޫނީ ވަނީ ގައުމީ ޓީމަށް 22 މެޗު ކުޅެފަ އެވެ. ޓިއުނީޝިއާ އެންމެ ފަހުން ކުޅުނު 11 މެޗުގައި ވެސް ލައިދޫނީ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ.
އުމުރުން 19 އަހަރުގައި ފްރާންސްގެ އޭންޖާސްއާ ގުޅި ލައިދޫނީ އަށް ލީގުގައި ކުޅުމުގެ ފުރުސަތު ލިބުނީ އެންމެ މެޗެއްގަ އެވެ. ލައިދޫނީގެ މޮޅު ކުޅުން ފެންނަން ފެށީ 2020 ވަނަ އަހަރު ހަންގޭރީގެ ކްލަބް ފެރެންޗަރޯސް އަށް ބަދަލުވި ހިސާބުންނެވެ. ގައުމީ ޓީމުގެ ކުރީގެ ކޯޗު މުންތާ އަލް ކަބީރު އާއި މިހާރުގެ ކޯޗު ޖަލީލް ކަދްރީގެ ކޯޗުކަމުގައި ވެސް ލައިދޫނީ އަކީ ޓީމުގެ މުހިއްމު ތަނބެކެވެ.

ގްރޫޕްގަ އޮތް ފުރުސަތު:
ގްރޫޕް ސްޓޭޖުގައި ޓިއުނީޝިއާ ވާދަކުރާނީ ޑެންމާކް، އޮސްޓްރޭލިއާ އަދި ފްރާންސާ އެވެ. އޮކްޓޫބަރު މަހު ފީފާ އިން ނެރުނު ދުނިޔޭގެ ރޭންކިން އަށް ބަލާއިރު ޓިއުނީޝިއާ އޮތީ 30 ވަނައިގަ އެވެ. އޮސްޓްރޭލިއާ 38 ވަނައިގައި އޮތްއިރު ފްރާންސާއި ޑެންމާކް އޮތީ ޓިއުނީޝިއާ އަށް ވުރެ މާ ކުރީގަ އެވެ. ފްރާންސް ހަ ވަނައިގައި އޮތްއިރު ޑެންމާކް އޮތީ 10 ވަނައިގަ އެވެ.
ގްރޫޕުގެ ޓީމުތަކަށް ބަލާއިރު ޓިއުނީޝިއާ އަށް ބަލިކުރަން އެންމެ ފަސޭހަވާނެ ކަމަށް ބެލެވެނީ އޮސްޓްރޭލިއާ އެވެ. މި ދެގައުމު މިހާތަނަށް ބައިނަލްއަގްވާމީ ދެ މެޗު ކުޅެފައިވާއިރު ކޮންމެ ޓީމަކަށް މޮޅެއް ވަނީ ލިބިފަ އެވެ. ފްރާންސާއި ޑެންމާކް ބަލިކުރަން ބަލާއިރު ޓިއުނީޝިއާ އަށް ކުރަން ޖެހޭނީ ބޮޑު މަސައްކަތެކެވެ. އަނެއް ބުރަށް ޓިއުނީޝިއާ އަށް ދެވޭނީ ފްރާންސް ނޫނީ ޑެންމާކް އަތުން ޕޮއިންޓް ހޯދައިގެންނެވެ.