IR Iran

UpComming

November 21 | 18:00 hrs

England

vs

IR Iran

November 25 | 15:00 hrs

Wales

vs

IR Iran

GROUP TABLE

Group Group B P W D L GF GA GD PTS
USA 3 1 2 0 2 1 1 5
England 0 0 0 0 0 0 0 0
IR Iran 0 0 0 0 0 0 0 0
Wales 0 0 0 0 0 0 0 0

Squad

ގޯލްކީޕަރު

Alireza Beiranvand

Payam Niazmand

Amir Abedzadeh

Hossein Hosseini

ޑިފެންޑަރު

Sadegh Moharrami

Ehsan Hajsafi

Shojae Khalilzadeh

Milad Mohammadi

Morteza Pouraliganji

Hossein Kanaanizadegan

Rouzbeh Cheshmi

Majid Hosseini

Ramin Rezaeian

Abolfazl Jalali

މިޑްފީލްޑަރު

Saeid Ezatolahi

Alireza Jahanbakhsh

Vahid Amiri

Saman Ghoddos

Mehdi Torabi

Ali Gholizadeh

Ali Karimi

Ahmad Nourollahi

ފޯވާޑް

Mehdi Taremi

Karim Ansarifard

Sardar Azmoun

ވޯލްޑް ކަޕްގެ ތާރީހް:
އޭޝިއާ ބައްރުން ވޯލްޑް ކަޕަށް ކޮލިފައިވި އީރާން ވޯލްޑް ކަޕްގައި ވާދަކުރާ މިއީ ހަ ވަނަ ފަހަރެވެ. ފީފާގެ މެމްބަރުކަން ނުލިބުމުން އެންމެ ފުރަތަމަ ތިން ވޯލްޑް ކަޕްގެ ކޮލިފައިންގައި ވެސް އީރާން ވާދަކޮށްފައެއްނުވެ އެވެ. އެގައުމު އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ކުޅުނީ 1978 ވަނަ އަހަރު އެވެ. އޭގެފަހުން 1998، 2006، 2014 އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެގައުމު ވާދަކުރި އެވެ. ވޯލްޑް ކަޕްގެ ތާރީހުގައި ގްރޫޕް ސްޓޭޖް ފަހަނައަޅައި އަދި އެޓީމަށް ދެވޭގޮތެއްނުވެ އެވެ. ވޯލްޑް ކަޕްގައި މިހާތަނަށް ކުޅުނު 15 މެޗުގެ ތެރެއިން އެޓީމަށް މޮޅުވެވުނީ ދެ މެޗުންނެވެ. ހަތަރު މެޗު އެއްވަރުވިއިރު ނުވަ މެޗުން ވަނީ ބަލިވެފަ އެވެ.
ބައިނަލްއަގްވާމީ ފުޓްބޯޅައިގައި އެގައުމުގެ އެންމެ ބޮޑު ކާމިޔާބީއަކީ 1968، 1972 އަދި 1976 ވަނަ އަހަރު އޭޝިއަން ކަޕްގެ ޗެމްޕިއަންކަން ހޯދުމެވެ. ފުރަތަމަ ތިން މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު އެޓީމަށް އޭގެފަހުން އޭޝިއަން ކަޕް ތަށީގައި އަތްލެވޭގޮތެއްނުވެ އެވެ. 2019 ވަނަ އަހަރު އޮތް މުބާރާތުގެ ސެމީ ފައިނަލުގައި އެޓީމު ކެޓީ ޖަޕާން އަތުންނެވެ.
ކޮލިފައިވި ގޮތް:
ވޯލްޑް ކަޕާއި އޭޝިއަން ކަޕް ކޮލިފައިން ހިމެނޭގޮތަށް ކުޅުނު ދެ ވަނަ ބުރުގެ ގްރޫޕް ސީގެ އެއް ވަނަ އީރާން ވަނީ ހޯދާފަ އެވެ. އެ ބުރުގައި ކުޅުނު އަށް މެޗުގެ ތެރެއިން އީރާން ހަ މެޗު ކާމިޔާބު ކުރިއިރު ދެ މެޗުން ވަނީ ބަލިވެފަ އެވެ. އެގައުމު 18 ޕޮއިންޓާ އެކު އެއް ވަނަ ހޯދިއިރު ދެ ވަނަ ލިބުނީ 17 ޕޮއިންޓުގައި ނިންމާލި އީރާގަށެވެ.
ދެ ވަނަ ބުރަށް ވުރެ ތިން ވަނަ ބުރުގައި އެޓީމުގެ ނަތީޖާތައް ރަނގަޅަށެވެ. މި ބުރުގެ ގްރޫޕް އޭގައި ހިމެނި އީރާން ވޯލްޑް ކަޕަށް ކޮލިފައިވީ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. 10 މެޗުގެ ތެރެއިން އަށް މެޗު ކާމިޔާބު ކުރިއިރު އެއް މެޗު އެއްވަރުވެ އެއް މެޗުން ބަލިވި އެވެ. ޖުމްލަ 25 ޕޮއިންޓް ހޯދިއިރު ސަރަހައްދުގެ ގަދަބާރު ދެކުނު ކޮރެއާ ނިންމާލީ އެ ގްރޫޕުގެ ދެ ވަނައިގަ އެވެ. ކޮލިފައިންގެ ތިން ވަނަ ބުރުގައި 15 ގޯލު އީރާނުން ޖެހިއިރު ބައިކޮޅަށް ވަނީ ހަތަރު ގޯލެވެ.
ކޯޗު: ކާލޮސް ކޮއެރޯޒް
އީރާނުގެ ކޯޗަކީ މެންޗެސްޓާ ޔުނައިޓެޑްގެ ކާމިޔާބު ކޯޗު ސާ އެލެކްސް ފާގަސަންގެ ޒަމާނުގައި އެޓީމުގެ އެސިސްޓެންޓް ކޯޗުކަން ކޮށް ފަހުން ރެއާލް މެޑްރިޑަށް ވެސް އިރުޝާދުދިން ކާލޮސް ކޮއެރޯޒް އެވެ. ޕޯޗުގަލް އަށް އުފަން އުމުރުން 69 އަހަރުގެ ކޮއެރޯޒް ވަނީ މީގެ ކުރިން ޕޯޗުގަލް އާއި ކޮލަމްބިއާ އަދި މިސްރުގެ ޓީމަށް އިރުޝާދުދީފަ އެވެ.
މިއީ އީރާންގެ ގައުމީ ޓީމަށް ކޮއެރޯޒް ކޯޗުކޮށްދޭ ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2011 އިން 2019 އާ ހަމައަށް ކޮއެރޯޒް ވަނީ އީރާނުގެ ކޯޗުކަން ކޮށްފަ އެވެ. ދެ ވަނަ ފަހަރަށް އީރާނުގެ ކޯޗުކަމާ ކޮއެރޯޒް ހަވާލުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
އީރާން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރިއިރު ކޯޗަކީ ކޮއެރޯޒް އެވެ. އެފަހަރުގެ ގްރޫޕް ސްޓޭޖުގައި ނައިޖީރިއާއާ ވާދަކޮށް 0-0 އިން އެއްވަރުވިއިރު އާޖެންޓީނާ އަތުން ފަހު ވަގުތު ބަލިވީ 0-1 އިންނެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އީރާން ވަނީ ބޮޒްނިއާ އަތުން 3-1 އިން ބަލިވެ މުބާރާތުން ކަޓައިފަ އެވެ. އެކަމަކު ކޮއެރޯޒްގެ އިރުޝާދުގެ ދަށުން އީރާން ވޯލްޑް ކަޕްގައި ދެއްކި ކުޅުމަށް ގިނަ ބައެއްގެ ތައުރީފް އޮހުނެވެ.
ފާހަގަކޮށްލެވޭ ކުޅުންތެރިން: އަލީރިޒާ ބީރާންފާންދް
އަލީރިޒާ ބީރާންފާންދްގެ ވިދުން އެންމެ ގަދަވީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ޕެނަލްޓީ މަތަކުރުމުންނެވެ. އެފަހަރު ގްރޫޕް ސްޓޭޖުން ކެޓިޔަސް ސްޕެއިން އާއި މޮރޮކޯ އައި ޕޯޗުގަލް ހިމެނުނު ގްރޫޕުގައި އީރާނުން މޮޅު ކުޅުމެއްދެއްކި އެވެ. ގްރޫޕް ސްޓޭޖުގައި އަލީރިޒާ ބެލެހެއްޓި ގޯލަށް ވަނީ އެންމެ ދެ ގޯލެވެ.
އުމުރުން 29 އަހަރުގެ އަލީރިޒާ މިހާރު ކުޅެނީ ސްޕެއިންގެ ދެ ވަނަ ޑިވިޝަނުގެ ޕޮންފެރަންޑިނާ އަށެވެ. އީރާނުގެ ޔޫތު ޓީމު ޓީމުން ފުރުސަތު ހޯދައި 2015 ވަނަ އަހަރު އަލީރިޒާ ވަނީ ސީނިއާ ޓީމުން ޖާގަ ހޯދާފަ އެވެ. ގައުމީ ޓީމުގެ އެއް ނަންބަރު ކީޕަރުގެ ގޮތުގައި އަލީރިޒާ ކުޅެމުން އަންނަނީ 2017 ވަނަ އަހަރުން ފެށިގެންނެވެ. ވޯލްޑް ކަޕްގައި އަލީރިޒާ މިފަހަރު ވެސް ނުކުންނާނީ މަޝްހޫރު ތަރިންގެ ހަމަލާތައް ހުއްޓުވުމަށެވެ. މިފަހަރު އަލީރިޒާ ކުރިމަތިލާން ޖެހޭ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި އިންގްލެންޑުގެ ހެރީ ކޭން އާއި ވޭލްސްގެ ގަރެތު ބޭލް އަދި އެމެރިކާގެ ކްރިސްޓިއަން ޕުލިސިކް ހިމެނެ އެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި އެމެރިކާއާ ވާދަކުރަން ޖެހޭއިރު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އީރާނުން 2-1 އިން އެމެރިކާ ބަލިކުރި މެޗުގައި ގޯލު ބެލެހެއްޓީ އަލީރިޒާގެ ބައްޕަ އަހުމަދުރިޒާ އެވެ.

ސާދަރު އަޒްމޫން
ސާދަރު އަޒްމޫން އަކީ އީރާން ޓީމުގެ އެންމެ މުހިއްމު ފޯވާޑެވެ. އީރާނަށް އުފަންވި ނަމަވެސް އަޒްމޫން ދުވަހަކު ވެސް އެގައުމުގެ ކްލަބަކަށް ކުޅެފައެއްނުވެ އެވެ. 2013 އިން ފެށިގެން ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅެމުން އަންނަ އުމުރުން 27 އަހަރުގެ ފޯވާޑް މިހާރު ކުޅެމުން އަންނަނީ ޖަރުމަނު ލީގުގެ ބަޔާން ލެވަކޫސަން އަށެވެ. ޖަރުމަނުގެ އިތުރުން ކްލަބް ފުޓްބޯޅައިގައި އަޒްމޫން ފެނުނީ ރަޝިއާ އިންނެވެ.
2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސްކޮޑުން އަޒްމޫނަށް ޖާގަ ނުލިބުނު ނަމަވެސް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އަޒްމޫން ވަނީ އީރާން ތަމްސީލްކޮށްފަ އެވެ. އެކަމަކު ގްރޫޕް ސްޓޭޖުން އީރާން ކަޓައި ސަޕޯޓަރުންގެ ފާޑުކިޔުންތައް އަމާޒުވުމުން އުމުރުން 23 އަހަރުގައި އަޒްމޫން ގައުމީ ޓީމުން ރިޓަޔާކުރި އެވެ. އަޒްމޫން ގައުމީ ޓީމުން އޭރު ރިޓަޔާކުރީ އެ މައްސަލައާ ގުޅިގެން އޭނާގެ މަންމަގެ ބަލި ހާލަތު އިތުރަށް ގޯސްވުމުން އާއިލާ ކައިރީގައި މަޑުކުރުމަށެވެ. އެކަމަކު ހަމަ އެ އަހަރުގެ އޮކްޓޫބަރު މަހު އަޒްމޫން ވަނީ އަލުން ގައުމީ ޓީމާ ގުޅިފަ އެވެ.
ގައުމީ ޓީމަށް ކުޅުނު 65 މެޗުގައި އަޒްމޫން ވަނީ 41 ލަނޑު ޖަހައިފަ އެވެ. ގޯލުގެ ރޭޝިއޯ އަށް ބަލާއިރު އަޒްމޫނަށް ވުރެ ކުރީގައި އުޅޭ އީރާނުގެ ކުޅުންތެރިއަކީ ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ދެ ވަނަ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުރީގެ ފޯވާޑް އަލީ ދާއީ އެވެ.


އަހުމަދު ނޫރުﷲ
އުމުރުން 29 އަހަރުގެ އަހުމަދު ނޫރުﷲ އަކީ އީރާން ޓީމުގެ މެދުތެރޭގެ ތަނބެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޝަބާބް އަލް އަހްލީ އަށް ކުޅެމުން އަންނަ ނޫރުﷲ އަށް ސީނިއާ ގައުމީ ޓީމުން އެންމެ ފުރަތަމަ ޖާގަ ލިބުނީ 2015 ވަނަ އަހަރު އެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 26 މެޗު ކުޅެދީ ތިން ގޯލު ޖަހައިފަ އެވެ. މި ތިން ގޯލު ވެސް ކާމިޔާބު ކޮށްފައިވަނީ ގަތަރު ވޯލްޑް ކަޕަށް އީރާން ކުރި ދަތުރުގަ އެވެ.
ގައުމީ ޓީމުގައި ނޫރުﷲ ދައްކާ މޮޅު ކުޅުމުގެ އަސްލަކީ ކްލަބް ފުޓްބޯޅައިގައި އޭނާގެ ކާމިޔާބީ އެވެ. އޭއެފްސީ ޗެމްޕިއަންސް ލީގުގެ ދެ ފައިނަލުގައި ނޫރުﷲ ކުޅެފައިވާއިރު އޭނާ އަކީ އީރާނުގެ ޕްރޯ ލީގު ޖެހިޖެހިގެން ހަތަރު ފަހަރު ހޯދި ކުޅުންތެރިއެކެވެ.

ގްރޫޕްގަ އޮތް ފުރުސަތު:
މިދިޔަ ދެ ވޯލްޑް ކަޕްގައި އީރާނުން ދެއްކި އުއްމީދީ ކުޅުމާ އެކު މިއީ އެޓީމުގެ ދެ ވަނަ ބުރަށް ދިއުމަށް އަމާޒުހިފާނެ ފަހަރެކެވެ. ގްރޫޕް ސްޓޭޖުގައި އީރާނަށް އެންމެ އުނދަގޫ ވާނީ އިންގްލެންޑެވެ. އަނެއް ދެ މެޗުގައި ނުކުންނާނީ ވޭލްސް އާއި އެމެރިކާއާ ދެކޮޅަށެވެ. އެންމެ ފަހުގެ ދެ ވޯލްޑް ކަޕްގައި ވާދަކުރި މެޗުތަކާ އަޅާބަލާއިރު މިފަހަރު އީރާނަށް އޮތް އުއްމީދު ބޮޑެވެ.
ވޭލްސްއާ ދެކޮޅަށް އީރާން މިހާތަނަށް ކުޅެފައިވަނީ ހަމައެކަނި އެކުވެރިކަމުގެ މެޗެވެ. 1978 ވަނަ އަހަރު ކުޅުނު އެ މެޗުން އީރާން ވަނީ 1-0 އިން ބަލިވެފަ އެވެ. 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް މެޗުގެ އިތުރުން އީރާނުން އެމެރިކާއާ ދެކޮޅަށް މެޗެއް ކުޅުނީ 2000 ވަނަ އަހަރު އެވެ. އެ މެޗު ނިމުނީ 1-1 އިންނެވެ. މިއީ ބައިނަލްއަގްވާމީ ފުޓްބޯޅައިގައި އިންގްލެންޑާ ދެކޮޅަށް އީރާން ނުކުންނާނެ ފުރަތަމަ ފަހަރެވެ.