Australia

UpComming

November 23 | 00:00 hrs

France

vs

Australia

November 26 | 15:00 hrs

Tunisia

vs

Australia

GROUP TABLE

Group Group D P W D L GF GA GD PTS
France 0 0 0 0 0 0 0 0
Denmark 0 0 0 0 0 0 0 0
Tunisia 0 0 0 0 0 0 0 0
Australia 0 0 0 0 0 0 0 0

Squad

ގޯލްކީޕަރު

Mathew Ryan

Andrew Redmayne

Danny Vukovic

ޑިފެންޑަރު

Milos Degenek

Nathaniel Atkinson

Kye Rowles

Fran Karačić

Bailey Wright

Aziz Behich

Harry Souttar

Thomas Deng

Joel King

ފޯވާޑް

Marco Tilio

Mathew Leckie

Jamie Maclaren

Awer Mabil

Mitchell Duke

Garang Kuol

Craig Goodwin

Jason Cummings

މިޑްފީލްޑަރު

Ajdin Hrustic

Aaron Mooy

Riley McGree

Cameron Devlin

Jackson Irvine

Keanu Baccus

ވޯލްޑް ކަޕްގެ ތާރީހް:
އޭޝިއާ ސަރަހައްދުން ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކުރި އޮސްޓްރޭލިއާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ މިއީ ހަ ވަނަ ފަހަރެވެ. އެގައުމު އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 1974 ވަނަ އަހަރު ހުޅަނގު ޖަރުމަނުގައި އޮތް މުބާރާތުގަ އެވެ. އޭގެފަހުން ވޯލްޑް ކަޕަށް ކޮލިފައިނުވެ 30 އަހަރުގެ މުއްދަތެއް އެޓީމު ހޭދަކުރި އެވެ. އޯޝޭނިއާ ބައްރުން އޭޝިއާގެ ބައްރައް އެގައުމުގެ ފުޓްބޯޅަ 2006 ވަނަ އަހަރު ބަދަލުކުރުމަށް ފަހު އޮސްޓްރޭލިއާ އަންނަނީ ގަވާއިދުން ވޯލްޑް ކަޕްގައި ވާދަކުރަމުންނެވެ. މިގޮތުން 2006 ގައި ޖަރުމަނުގައި އޮތް މުބާރާތާއި، 2010 ވަނަ އަހަރު ސައުތު އެފްރިކާގައި އޮތް މުބާރާތުގެ އިތުރުން 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް މުބާރާތް އަދި 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގައި އޮސްޓްރޭލިއާ ވާދަކުރި އެވެ.
މިހާތަނަށް ވާދަކުރި ފަސް ވޯލްޑް ކަޕްގެ ތެރެއިން އޮސްޓްރޭލިއާ އަށް އެންމެ ކުރިއަށް ދެވުނީ 2006 ވަނަ އަހަރު ޖަރުމަނުގައި އޮތް މުބާރާތުގަ އެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ގަދަ 16 އެޓީމު ދަތުރުކުރި އެވެ. ގަދަ 16 ގެ މެޗުގައި އޮސްޓްރޭލިއާ ކެޓީ ޗެމްޕިއަން އިޓަލީއާ ވާދަކޮށް 0-1 އިން ބަލިވުމުންނެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އޮސްޓްރޭލިއާ ވަނީ ޖަޕާން ބަލިކޮށް ކްރޮއޭޝިއާއާ އެއްވަރުކޮށްފަ އެވެ. ބަލިވީ ބްރެޒިލް އަތުންނެވެ.
1974 ވަނަ އަހަރާއި 2010، 2014 އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އޮސްޓްރޭލިއާ ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ.
ވޯލްޑް ކަޕްގެ ތާރީހުގައި އޮސްޓްރޭލިއާ މިހާތަނަށް 16 މެޗު ކުޅެފައިވާއިރު ދެ މެޗުން މޮޅުވެ ހަތަރު މެޗު ވަނީ އެއްވަރުކޮށްފަ އެވެ. ފަސް ވޯލްޑް ކަޕްގައި 10 މެޗުން ވަނީ ބަލިވެފަ އެވެ.
ކޮލިފައިވި ގޮތް:
އެހެން އަހަރުތަކާ ހިލާފަށް މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމަށް އޮސްޓްރޭލިއާ ކުރީ އުނދަގޫ ދަތުރެކެވެ. ކޮލިފައިންގެ ދެ ވަނަ ބުރުގައި އެޓީމު ކުޅުނު އަށް މެޗު ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ. އެ ބުރުގައި އޮސްޓްރޭލިއާ މޮޅުވީ ކުވެއިތު، ޖޯޑަން، ނޭޕާލް އަދި ޗައިނީސް ޓައިޕޭއާ ވާދަކޮށެވެ. އެކަމަކު ކޮލިފައިންގެ ތިން ވަނަ ބުރުގައި ސައުދީ އަރަބިއާ އާއި ޖަޕާންގެ ފަހަތުން އޮސްޓްރޭލިއާ އަށް ލިބުނީ ތިން ވަނަ އެވެ. ތިން ވަނަ ޓީމުގެ ގޮތުގައި އެޓީމަށް ދެން ޖެހުނީ ހަތަރު ވަނަ ބުރުގައި ވާދަކުރާށެވެ. ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުއްމީދު އެގައުމުން އާކުރީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ވާދަކޮށް 2-1 ގެ ހަނި ނަތީޖާއަކުން މޮޅުވެގެންނެވެ. ޔޫއޭއީ ބަލިކޮށް ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކުރަން އިންޓަ-ކޮންފެޑެރޭޝަން ޕްލޭ-އޮފް މެޗުގައި އޮސްޓްރޭލިއާ ނުކުތީ ދެކުނު އެމެރިކާގެ ޕެރޫއާ ދެކޮޅަށެވެ. އެމެޗުގެ ނަތީޖާ 0-0 އިން އެއްވަރުވެ، އޮސްޓްރޭލިއާ ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކުރީ ޕެނަލްޓީ ޖަހައިގެން 5-4 އިން މޮޅުވެގެންނެވެ.
ކޯޗު:
އޮސްޓްރޭލިއާ އަށް މިފަހަރުގެ ވޯލްޑް ކަޕްގައި އިރުޝާދުދޭނީ އެގައުމަށް އުފަން އުމުރުން 59 އަހަރުގެ ގްރަހަމް އާނޯލްޑް އެވެ. ފޯވާޑަށް ކުޅުނު އާނޮލްޑް ވަނީ 1985 އިން 1997 ވަނަ އަހަރާއި ދެމެދު އެގައުމަށް 56 މެޗު ކުޅެދީ 19 ގޯލު ޖަހައިފަ އެވެ. އާނޯލްޑްގެ ފުޓްބޯޅަ ކެރިއަރާއި ކޯޗިން ކެރިއަރުގެ މުޅި ތާރީހު އޮތީ އޮސްޓްރޭލިއާގަ އެވެ. ކުޅުން ހުއްޓާލުމަށް ފަހު އެގައުމުގެ ކްލަބްތަކަށް ކޯޗުކޮށްދިނުމަށް ފަހު 2000 ވަނަ އަހަރު އާނޯލްޑް ވަނީ އޮސްޓްރޭލިއާގެ އެސިސްޓެންޓް ކޯޗުކަމުގެ މަގާމާ ހަވާލުވެފަ އެވެ. އޭގެފަހުން 2006 ވަނަ އަހަރު ގުސް ހިޑިންކްގެ ކޯޗުކަމުގައި ވޯލްޑް ކަޕްގެ ދެ ވަނަ ބުރަށް އޮސްޓްރޭލިއާ ދަތުރު ކުރިއިރު އާނޯލްޑަކީ އެސިސްޓެންޓް ކޯޗެވެ. ހިޑިންކް މަގާމުން އިސްތިއުފާ ދިނުމުން ވަގުތީ ގޮތުން އޮސްޓްރޭލިއާ ކޯޗުކަމުގެ ޒިންމާ އާނޯލްޑް ނެގި އެވެ.
އެގައުމުގެ ކޯޗުކަމާ ރަސްމީކޮށް އާނޯލްޑް ހަވާލުވީ 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕަށް ފަހު އެވެ. އެގައުމާ ހަވާލުވުމަށް ފަހު އާނޯލްޑަށް ކުރިމަތިވި އެންމެ ބޮޑު ޕްރެޝަރަކީ މިފަހަރުގެ ވޯލްޑް ކަޕަށް އެޓީމު ކޮލިފައިކޮށްދިނުމެވެ. ކޮލިފައިންގެ ތިން ބުރު ނިންމުމަށް ފަހު އިންޓަ-ކޮންފެޑެރޭޝަން ޕްލޭ-އޮފް މެޗުގައި ޕެރޫއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން މޮޅުވެ ވޯލްޑް ކަޕްގެ ޖާގައެއް އޮސްޓްރޭލިއާ ކަށަވަރު ކުރުމުން އެންމެ ބޮޑު ކްރެޑިޓެއް ޓީމުން ދިނީ ކޯޗު އާނޯލްޑަށެވެ. ޕެނަލްޓީ އަށް މެޗު ދިއުމުގެ ކުރިން އާނޯލްޑް ނިންމީ ގޯލުގައި ހުރި މެޓް ރަޔަންގެ ބަދަލުގައި ސިޑްނީ އެފްސީގެ ގޯލްކީޕަރު އެންޑްރޫ ރެޑްމާން ކުޅެން އަރުވާށެވެ. އޮސްޓްރޭލިއާ ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކުރީ ޕެރޫ އިން ޖެހި ޕެނަލްޓީ ބަދަލު ކީޕަރު މަތަކުރުމުންނެވެ.
ފާހަގަކޮށްލެވޭ ކުޅުންތެރިން:
މެޓް ރަޔަން
ގޯލްކީޕަރު ރަޔަން އަކީ އޮސްޓްރޭލިއާ ޓީމުގެ ކެޕްޓަންގެ އިތުރުން ގައުމީ ޓީމުގައި މިވަގުތު ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ މެޗު ކުޅެފައިވާ ކުޅުންތެރިޔާ އެވެ. 2009 ވަނަ އަހަރު ސީނިއާ ފުޓްބޯޅަ ކެރިއަރު ފަށައި ރަޔަންގެ ކުޅުން އެންމެ ބޮޑަށް ފާހަގަކުރެވުނީ އިނގިރޭސި ޕްރިމިއާ ލީގުގެ ބްރައިޓަން އަށް 2017 ވަނަ އަހަރު ބަދަލުވި ހިސާބުންނެވެ. އެ ކްލަބުގައި ހަތަރު އަހަރު ހޭދަކުރުމަށް ފަހު ރަޔަން ވަނީ 2021 ވަނަ އަހަރު ލޯނު އުސޫލުން އާސެނަލަށް ބަދަލުވެފަ އެވެ. އެއަށްފަހު ސްޕެއިންގެ ރެއާލް ސޮސިއެޑާޑްގައި މަދު ދުވަސްކޮޅެއް ހޭދަކުރުމަށް ފަހު ރަޔަން މިހާރު ކުޅެމުން އަންނަނީ ޑެންމާކްގެ އެފްސީ ކޯޕެންހާގަން އަށެވެ. އެޓީމުގެ އެއް ނަންބަރު ކީޕަރުގެ ގޮތުގައި ހުރުމަކީ ވޯލްޑް ކަޕްގެ ކުރިން ރަޔަން އަށް ލިބޭ ރަނގަޅު ތަޖުރިބާއެކެވެ. 2012 ވަނަ އަހަރުން ފެށިގެން އޮސްޓްރޭލިއާގެ ގައުމީ ޓީމުން ޖާގަ ހޯދަމުން އަންނަ ރަޔަން ވަނީ އެގައުމަށް 74 މެޗު ކުޅެދީފަ އެވެ. މިފަހަރުގެ ވޯލްޑް ކަޕަށް ނުކުންނައިރު ވެސް ރަޔަން އަކީ ޖާގަ ޔަގީންކޮށްފައިވާ ކީޕަރެކެވެ.
އާރޮން މޫއީ
އުމުރުން 31 އަހަރުގެ މިޑްފީލްޑަރަކީ މިދިޔަ 10 ވަރަކަށް އަހަރު ދުވަހު އެއްފެންވަރެއްގައި ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އޮސްޓްރޭލިއާ މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވިއިރު ޕްލޭ-އޮފް މެޗުތަކުގައި މޫއީގެ ކުޅުން ފާހަގަކުރެވުނެވެ. ޕެރޫ ބަލިކުރި މެޗުގެ 120 މިނިޓް ފުރިހަމަކޮށް މުހިއްމު ޕެނަލްޓީ އޭނާ ވަނީ ކާމިޔާބުކޮށްފަ އެވެ.
މޫއީ މިހާރު ކުޅެމުން އަންނަނީ ސްކޮޓްލެންޑުގެ ސެލްޓިކަށެވެ. އެޓީމުގެ ކޯޗަކީ އޮސްޓްރޭލިއަށް ކުރިން އިރުޝާދުދިން އަންގޭ ޕޮސްޓެކޮގްލޫ އެވެ. ކޯޗު އާނޯލްޑް ގަބޫލުކުރާ ގޮތުގައި އެގައުމަށް ކުރިން އިރުޝާދުދިން ކޯޗުގެ އެހީއާއެކު މޫއީ ވޯލްޑް ކަޕަށް އަންނަނީ ރަނގަޅު ފޯމެއްގައި ހުރެގެންނެވެ.
އެވާ މަބިލް
ކެންޔާގެ ރެފިއުޖީ ކޭމްޕަކަށް އުފަންވެ މިއަދު އޮސްޓްރޭލިއާގެ ގައުމީ ޓީމުން ޖާގަ ހޯދާފައިވާ މަބިލް އަކީ ވޯލްޑް ކަޕަށް ދާއިރު އެގައުމުގައި ހުރި އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާ އެވެ. އަރިމަތިން ކުރިއަށް ކުޅޭ އުމުރުން 26 އަހަރުގެ މަބިލް ޑެންމާކާއި ޕޯޗުގަލް އަދި ތުރުކީގައި ހަތް ސީޒަން ހޭދަކުރުމަށް ފަހު މިހާރު ކުޅެމުން އަންނަނީ ސްޕެނިޝް ލީގުގެ ކާޑިޒް އަށެވެ.
ސޫދާނުގެ ހަނގުރާމައިގެ ތެރެއިން ނަބިލްގެ އާއިލާ އޮސްޓްރޭލިއާ އަށް ބަދަލުވީ 2006 ވަނަ އަހަރު އެވެ. ކޮލިފައިންގައި މޮޅު ކުޅުމެއް ދެއްކި މަބިލް ވަނީ ޕެރޫ އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވި މެޗުގައި އޭނާގެ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. އެ މެޗަށް ފަހު މަބިލް ބުނީ ޕެނަލްޓީ ވައްދާލެވޭނެކަމުގެ ޔަގީންކަން އޭނާ އަށް އޮތްކަމަށާއި އެއީ އޮސްޓްރޭލިއާގެ ރައްޔިތުންނަށް އޭނާގެ އާއިލާއިން އަދާކުރި ޝުކުރެއް ކަމަށެވެ.
2018 ވަނަ އަހަރުން ފެށިގެން އޮސްޓްރޭލިއާގެ ގައުމީ ޓީމުން ގަވައިދުން ޖާގަ ހޯދަމުން އަންނަ މަބިލް ވަނީ އެގައުމަށް މިހާތަނަށް ކުޅެދިން 29 މެޗުގައި 8 ގޯލު ޖަހައިފަ އެވެ. ވޯލްޑް ކަޕަށް ދާއިރު ކޯޗު އާނޯލްޑްގެ ޕްލޭނުގައި މަބިލްގެ ދައުރު ބޮޑުވާނެ އެވެ.
ގްރޫޕްގަ އޮތް ފުރުސަތު:
ވޯލްޑް ކަޕްގެ ގްރޫޕް ޑީގައި އޮސްޓްރޭލިއާ އެކު ހިމެނެނީ ފްރާންސް، ޓިއުނީޝިއާ އަދި ޑެންމާކް އެވެ. ފުރަތަމަ މެޗުގައި ފްރާންސާ ދެކޮޅަށް ނޮވެމްބަރު 23 ވަނަ ދުވަހު ނުކުންނައިރު ދެ ވަނަ މެޗުގައި އޭގެ ތިން ދުވަސް ފަހުން އެގައުމު ނުކުންނާނީ ޓިއުނީޝިއާއާ ދެކޮޅަށެވެ. ފަހު މެޗުގައި ނޮވެމްބަރު 30 ވަނަ ދުވަހު ކުޅޭނީ ޑެންމާކްއާ އެވެ.
މި ގްރޫޕުގައި ހިމެނޭ ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިކުރުން އޮސްޓްރޭލިއާ އަށް ވާނީ އުނދަގޫ ކަމަކަށެވެ. އެޓީމަށް އަނެއް ބުރަށް ކޮލިފައިވެވޭނީ ޓިއުނީޝިއާ އަދި ޑެންމާކް މެޗުގައި ނަތީޖާ ރަނގަޅުކޮށްގެންނެވެ. ޓިއުނީޝިއާއާ ދެކޮޅަށް އޮސްޓްރޭލިއާ އިން މިހާތަނަށް ކުޅުނީ ދެ މެޗެވެ. 1997 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗުން އޮސްޓްރޭލިއާ މޮޅުވިއިރު 2005 ވަނަ އަހަރުގެ ފީފާ ކޮންފެޑެރެޝަންސް ކަޕްގައި އޮސްޓްރޭލިއާ ވަނީ ބަލިވެފަ އެވެ.
ޑެންމާކަކީ މިދިޔަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކުރި ގައުމެކެވެ. ކޮލިފައިންގައި ވެސް އޮސްޓްރޭލިއާއާ އަޅާބަލާއިރު ޑެންމާކުގެ ރެކޯޑް ރަނގަޅެވެ. މި ދެ ގައުމު ވަނީ ރަޝިއާގައި އޮތް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ވެސް ވާދަކޮށްފަ އެވެ. އެ މެޗު 1-1 އިން އެއްވަރުވިއިރު މި ދެޓީމު މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން އޮސްޓްރޭލިއާ ބަލިވީ އެއް މެޗުންނެވެ.