ހޯމް ހަބަރު ރިޕޯޓް ފޮޓޯ ވީޑިއޯ ވޯލްޑްކަޕް 2026
ހޯމް މެޗްތައް ޓީމްތައް ތާވަލު ތަރިން ތާރީހް ދިވެހިންނާއި ވޯލްޑްކަޕް
Austria
FIFA World Cup 2026 · Group J
Austria
Group J AUT
3 Played
1 Wins
1 Draws
1 Losses
6 GF
6 GA
4 Points
👔
Ralf Rangnick
HEAD COACH · Germany
⚽
Xaver Schlager
⚽
David Alaba
⚽
Stefan Posch
⚽
Florian Grillitsch
⚽
Philipp Mwene
⚽
Kevin Danso
⚽
Michael Gregoritsch
⚽
Maximilian Wöber
⚽
Marko Arnautovic
⚽
Marco Friedl
⚽
Philipp Lienhart
⚽
Konrad Laimer
⚽
Marcel Sabitzer
⚽
Saša Kalajdžić
⚽
Romano Schmid
⚽
Christoph Baumgartner
⚽
Michael Svoboda
⚽
Nicolas Seiwald
⚽
Patrick Wimmer
⚽
Carney Chukwuemeka
⚽
Paul Wanner
🧤
Alexander Schlager
GK
🧤
Florian Wiegele
GK
🧤
Tobias Lawal
GK
🧤
Patrick Pentz
GK
🛡️
David Affengruber
DEF
⚙️
Alexander Prass
MID
⚙️
Alessandro Schöpf
MID
W
Austria
3–1
Jordan
GROUP_J · Match 1
L
Argentina
2–0
Austria
GROUP_J · Match 2
D
Algeria
3–3
Austria
GROUP_J · Match 3
L
Spain
3–0
Austria
LAST_32
ޓީމް ޕްރޮފައިލް May 19, 2026

އޮސްޓްރިއާ

މިފަހަރުގެ ވޯލްޑް ކަޕަށް އޮސްޓްރިއާ ކޮލިފައިވީ 1998 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށެވެ. ވޯލްޑް ކަޕަށް 28 އަހަރު ފަހުން އެގައުމު ކޮލިފައިވީ ގްރޫޕުގެ އެއް ވަނަ ހޯދައިގެންނެވެ. ކޮލިފައިންގައި ވާދަކުރީ ބޮސްނިއާގެ އިތުރުން ރުމޭނިއާ އާއި ސައިޕްރަސް އަދި ސެން މެރީނޯއާ އެވެ. އެއް ވަނަ ހޯދީ 8 މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. އެ މެޗުތަކުގައި 22 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ އެންމެ ހަތަރު ގޯލެވެ.

ވޯލްޑް ކަޕްގެ ފުރަތަމަ މުބާރާތްތަކުގައި އޮސްޓްރިއާ އަކީ ކާމިޔާބު ގައުމެކެވެ. އެގޮތުން 1934 ވަނަ އަހަރުގެ މުބާރާތާއި، 1954 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހަތަރު ވަނަ ހޯދި އެވެ. އަނެއް ފަސް މުބާރާތުގައި އެ ގައުމު ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

ވޯލްޑް ކަޕާ އެގައުމު ކުރިމަތިލާއިރު އެންމެ ފަހުގެ ޔޫރޯގައި އެ ގައުމު ވަނީ ފްރާންސާއި ނެދަލެންޑްސް ހިމެނުނު ގްރޫޕުގެ އެއް ވަނަ ހޯދައި ގަދަ 16 އަށް ދަތުރުކޮށްފަ އެވެ. އެ ބުރުގައި ހަނި ގޮތަކަށް ބަލިވީ ތުރުކީ އަތުންނެވެ.

ކޯޗު: ރަލްފް ރަންގްނިކް (67 އަހަރު)

"ފުޓްބޯޅަ ޕްރޮފެސަރު" ގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ ރަންގްނިކަކީ "ކައުންޓަރ-ޕްރެސިން" އަށް މަޝްހޫރު ކޯޗެކެވެ. އަވަހަށް ބޯޅަ ރިކަވާ ކުރުމާއި އެ ބޯޅަ އެޓޭކަށް ބަދަލުކުރުމަކީ ރަންގްނިކްގެ ހާއްސަ ސިފައެކެވެ. އޭނާގެ މި އުކުޅުތައް ފުޓްބޯޅައިގައި ތަންފީޒުކުރި ކޯޗުންގެ ތެރޭގައި ޔާގެން ކްލޮޕާއި ތޯމަސް ޓުޗެލް އަދި ހޫލިއަން ނާގަލްސްމަން ހިމެނެ އެވެ.

ކޯޗިންގައި ރަންގްނިކް ވަނީ އާދައިގެ ޓީމުތަށް ދުނިޔޭގެ ސަމާލުކަން ލިބޭ ޓީމުތަކަށް ހަދައިފަ އެވެ. އޮސްޓްރިއާގެ އާރުބީ ލައިޕްޒިގަށް އިރުޝާދުދީ އެ ޓީމު ޖަރުމަނުގެ ހަތަރު ވަނަ ޑިވިޝަނުން ޗެމްޕިއަންސް ލީގު ސެމީ ފައިނަލާ ހަމައަށް ގެންގޮސްދިނެވެ. އޭނާގެ ކޯޗުކަމުގައި ޖަރުމަނުގެ ޝާލްކޭ ވެސް 2011 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ސެމީ ފައިނަލަށް ދަތުރުކުރި އެވެ. ޖަރުމަނުގެ ހޮފެންހައިމް ތިން ވަނަ ޑިވިޝަނުން ޖަރުމަނު ލީގަށް ކޮލިފައިކޮށްދިނެވެ. މި ކްލަބްތަކާއެކު ހޯދި ކުރިއެރުމުގެ އިތުރުން، މެންޗެސްޓާ ޔުނައިޓެޑަށް އިރުޝާދުދިނުމަކީ ވެސް ރަންގްނިކްގެ ކޯޗިން ކެރިއަރުގެ މުހިއްމު ބައެކެވެ. 

މުހިއްމު ކުޅުންތެރިން

އޮސްޓްރިއާގައި އަދިވެސް އެންމެ ފާހަގަކުރެވެނީ އެގައުމުގެ ތަޖުރިބާކާރު ކުޅުންތެރިންނެވެ. މިގޮތުން ސާބިއާ ލީގުގައި ކުޅެމުން އަންނަ 37 އަހަރުގެ މާކޯ އަނާޓޮވިޗް ކޮލިފައިންގައި 8 ގޯލު ޖެހި އެވެ. ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ 32 އަހަރުގެ މާސެލް ސަބިޓްޒާ ކޮލިފައިންގައި ތިން ގޯލު ޖަހަން އެހީތެރިވެ 13 ފުރުސަތު ތަނަވަސްކުރި އެވެ. މި ދެކުޅުންތެރިންނާ އެކު ކެޕްޓަން ޑޭވިޑް އަލަބާގެ ދައުރު މިފަހަރުގެ މުބާރާތުގައި ވެސް ބޮޑުވާނެ އެވެ. މިހާރު އުމުރުން 33 އަހަރުގެ އަލަބާ ކުޅެމުން އަންނަނީ ރެއާލް މެޑްރިޑަށެވެ.