ހޯމް ހަބަރު ރިޕޯޓް ފޮޓޯ ވީޑިއޯ ވޯލްޑްކަޕް 2026
ހޯމް މެޗްތައް ޓީމްތައް ތާވަލު ތަރިން ތާރީހް ދިވެހިންނާއި ވޯލްޑްކަޕް
Jordan
FIFA World Cup 2026 · Group J
Jordan
Group J JOR
3 Played
0 Wins
0 Draws
3 Losses
3 GF
8 GA
0 Points
Musa Al Taamari
🧤
Abdallah Al Fakhouri
GK
1
🧤
Yazeed Abu Layla
GK
12
🧤
Noureddin Bani Ateyah
GK
🧤
Yazeed Abulaila
GK
🛡️
Mohammad Abualnadi
DEF
🛡️
Abdallah Naseeb
DEF
🛡️
Mohammad Abu Hasheesh
DEF
🛡️
Yousef Abu Al Jazar
DEF
26
🛡️
Anas Badawi
DEF
4
🛡️
Husam Abu Dahab
DEF
19
🛡️
Saed Al Rosan
DEF
🛡️
Yazan Al Arab
DEF
23
🛡️
Ehsan Haddad
DEF
🛡️
Saleem Obaid
DEF
🛡️
Ahmad Assaf
DEF
25
⚙️
Mohammad Al-Dawoud
MID
14
⚙️
Rajaei Ayed
MID
6
⚙️
Amer Jamous
MID
⚙️
Ibrahim Saadeh
MID
⚙️
Noor Al Rawabdeh
MID
⚙️
Nizar Al Rashdan
MID
⚙️
Yousef Qashi
MID
⚙️
Mahmoud Al Mardi
MID
7
Mohammad Abu Zrayq
FWD
11
Odeh Fakhoury
FWD
24
Ali Azaizeh
FWD
9
Ali Olwan
FWD
Ibrahim Sabra
FWD
Mohannad Abu Taha
FWD
Baha' Faisal
FWD
L
Austria
3–1
Jordan
GROUP_J · Match 1
L
Jordan
1–2
Algeria
GROUP_J · Match 2
L
Jordan
1–3
Argentina
GROUP_J · Match 3
ޓީމް ޕްރޮފައިލް May 19, 2026

ޖޯޑަން

މިއީ ވޯލްޑް ކަޕަށް ޖޯޑަން ކޮލިފައިވި ފުރަތަމަ ފަހަރެވެ. ވޯލްޑް ކަޕްގެ ޖާގައެއްގެ އިތުރުން 2023 ވަނަ އަހަރުގެ އޭޝިއަން ކަޕްގެ ފައިނަލަށް ދަތުރުކޮށް 2025 ވަނަ އަހަރުގެ ފީފާ އަރަބް ކަޕް ފައިނަލުގައި އެގައުމު ކުޅުނެވެ. އޭޝިއަން ކަޕްގެ ފައިނަލުގައި ގަތަރު އަތުން ބަލިވިއިރު އަރަބް ކަޕްގެ ފައިނަލުގައި ބަލިވީ މޮރޮކޯ އަތުންނެވެ. މި ތާރީހީ ކާމިޔާބީތަކާ އެކު ޖޯޑަންގައި މިވަގުތު އޮތީ އެގައުމުގެ ރަން ޖީލެއް ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.

އޭޝިއާ ބައްރުގެ ކޮލިފައިންގެ ދެ ވަނަ ބުރުގައި ޖޯޑަން ވަނީ ސައުދީ އަރަބިއާ ފަހަތަށް ޖައްސާލައި ގްރޫޕުގެ އެއް ވަނަ ހޯދައިފަ އެވެ. ތިން ވަނަ ބުރުގައި ދެކުނު ކޮރެއާގެ ފަހަތުން ދެ ވަނަ ހޯދައި ވޯލްޑް ކަޕްގެ އޮޓަމެޓިކް ޖާގައެއް ކަށަވަރުކުރި އެވެ. މި ބުރުގައި ކުޅުނު 10 މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށް ހަތަރު މެޗު އެއްވަރުކުރި އެވެ. ބަލިވީ ދެ މެޗުންނެވެ. 

ކޯޗު: ޖަމާލް ސެލާމީ (55 އަހަރު)

ކުރިން މޮރޮކޯ ގައުމީ ޓީމަށް ކުޅުނު ޖަމާލް ސެލާމީ ޖޯޑަންއާ ހަވާލުވީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ. ގައުމީ ޓީމަކާ އެކު ކުރާ ފުރަތަމަ ތަޖުރިބާގައި ޖޯޑަން ވޯލްޑް ކަޕަށް ކޮލިފައިވުމަކީ ބޮޑު ކާމިޔާބީއެކެވެ. އަދި އަރަބް ކަޕުގެ ދެ ވަނަ އެގައުމަށް ހޯދައިދިނެވެ.

ޖޯޑަންގެ ފުޓްބޯޅަ އަށް ސެލާމީ ގެނެސްދިން ކުރިއެރުމާ އެކު އެގައުމުގެ ރަސްގެފާނު ކިންގް އަބްދުﷲ ވަނީ ސެލާމީ އަށް ޖޯޑަންގެ ރަށްވެހިކަން ހުށަހަޅުއްވައިފަ އެވެ. އަދި އަރަބް ކަޕުގެ ފައިނަލަށް ފަހު 2025 ވަނަ އަހަރު ސެލާމީ ވަނީ އޭނާ ޖޯޑަން އަށް ރަށްވެހިކަން ބަދަލުކުރިކަން އިއުލާނުކޮށްފަ އެވެ. 

މުހިއްމު ކުޅުންތެރިން

ކޮލިފައިންގައި ޖޯޑަން ޓީމުން އެންމެ ވިދާލީ ނުވަ ގޯލު ކާމިޔާބުކޮށްދިން އަލީ އޮލްވާން އެވެ. އޭނާގެ އިތުރުން އެޓީމުގެ މޫސާ އަލް-ޓާމަރީ ވަނީ ކޮލިފައިންގައި ހަތް ގޯލު ޖަހައިފަ އެވެ. މިހާރު ފްރެންޗް ލީގުގެ ރެނެސް އަށް ކުޅެމުން އަންނަ މޫސާ އަކީ ފްރާންސްގެ އެންމެ މަތީ ލީގުގައި ކުޅުނު އެގައުމުގެ ފުރަތަމަ ކުޅުންތެރިޔާ އެވެ. އެޓޭކުގައި ހިމެނޭ ޔަޒާން އަލް-ނައިމަތު އަކީ ވެސް މުހިއްމު ކުޅުންތެރިއެކެވެ. ކޮލިފައިންގައި އޭނާ 8 ގޯލު ޖެހި އެވެ. އަދި އޭޝިއާ ކޮލިފައިންގެ ފައިނަލް ބުރުގައި އެންމެ ގިނަ ގޯލު ޖެހީ ވެސް ޔަޒާން އެވެ.