ހޯމް ހަބަރު ރިޕޯޓް ފޮޓޯ ވީޑިއޯ ވޯލްޑްކަޕް 2026
ހޯމް މެޗްތައް ޓީމްތައް ތާވަލު ތަރިން ތާރީހް ދިވެހިންނާއި ވޯލްޑްކަޕް
Congo DR
FIFA World Cup 2026 · Group K
Congo DR
Group K COD
3 Played
1 Wins
1 Draws
1 Losses
4 GF
3 GA
4 Points
👔
Sébastien Desabre
HEAD COACH · France
⚽
Jeremy Ngakia
⚽
Gédéon Kalulu
⚽
Yoane Wissa
⚽
Axel Tuanzebe
⚽
Chancel Mbemba
⚽
Aaron Wan-Bissaka
⚽
Grady Diangana
⚽
Samuel Moutoussamy
⚽
Edo Kayembe
⚽
Dylan Batubinsika
⚽
Cédric Bakambu
⚽
Simon Banza
⚽
Nathanael Mbuku
⚽
Meschack Elia
⚽
Ngal'ayel Mukau
🧤
Timothy Fayulu
GK
🧤
Matthieu Epolo
GK
🧤
Lionel Mpasi
GK
🛡️
Steve Kapuadi
DEF
🛡️
Noah Sadiki
DEF
🛡️
Rocky Bushiri
DEF
🛡️
Joris Kayembe
DEF
🛡️
Arthur Masuaku
DEF
⚙️
Charles Pickel
MID
⚙️
Gaël Kakuta
MID
⚙️
Aaron Tshibola
MID
⚡
Fiston Mayele
FWD
⚡
Brian Cipenga
FWD
⚡
Theo Bongonda
FWD
D
Portugal
1–1
Congo DR
GROUP_K · Match 1
L
Colombia
1–0
Congo DR
GROUP_K · Match 2
W
Congo DR
3–1
Uzbekistan
GROUP_K · Match 3
L
England
2–1
Congo DR
LAST_32
ޓީމް ޕްރޮފައިލް May 19, 2026

ކޮންގޯ

ސެންޓްރަލް އެފްރިކާ އަށް ނިސްބަތްވާ ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ ވޯލްޑް ކަޕަށް ކޮލިފައިވީ 52 އަހަރަށް ފަހު އެވެ. އެންމެ ފުރަތަމަ އެގައުމު ވޯލްޑް ކަޕްގައި ވާދަކުރީ 1974 ވަނަ އަހަރު އެވެ. އެކަމަކު އޭރު އެގައުމުގެ ރަސްމީ ނަމަކީ ޒަޔަރް އެވެ. އޭގެ ކުރިން ވެސް ތަފާތު ދެ ނަމެއްގައި އެގައުމު ފުޓްބޯޅައިގައި ވާދަކޮށްފައިވެ އެވެ. ކޮންގޯގެ ނަމުގައި ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރަން ފެށީ 1998 ވަނަ އަހަރުން ފެށިގެންނެވެ.

ވޯލްޑް ކަޕަށް ކުރި ދަތުރުގައި ކޮންގޯ ވަނީ ފުރަތަމަ ބުރުގައި ގްރޫޕުގެ ދެ ވަނަ ހޯދައިފަ އެވެ. ދެ ވަނަ ބުރުގެ ސެމީ ފައިނަލުގައި ކެމަރޫން އަތުން 1-0 އިން މޮޅުވެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ނައިޖީރިއާ ބަލުކުރި އެވެ. ވޯލްޑް ކަޕުގެ ތާރީހީ ޖާގަ ހޯދަން އެގައުމު ދެން ނުކުތީ އިންޓަ-ކޮންފެޑެރޭޝަން ޕްލޭއޮފަށެވެ. އެ ބުރުގެ ސެމީ ފައިނަލުގައި ނޯތު މެސެޑޯނިއާ 1-0 އިން ބަލިކުރި އެވެ. އަދި ފައިނަލުގެ އިތުރު ވަގުތުގެ ކުޅުމާ އެކު ޖެމެއިކާ 1-0 އިން ބަލިކޮށް ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކުރި އެވެ.

ކޯޗު: ސެބަސްޓިއެން ޑެސަބްރީ (49 އަހަރު)

ސެބަސްޓިއެން ޑެސަބްރީ އަކީ ފްރާންސްގެ ރައްޔިތެކެވެ. ޕްރޮފެޝަނަލް ފުޓްބޯޅައިން ނުފެނި 2006 ވަނަ އަހަރު އޭނާ ފެށީ ކޯޗިން އެވެ. ކޯޗިންގެ ދަތުރުގައި ކެމެރޫނާއި މިސްރުގެ ކްލަބްތަކަށް އިރުޝާދުދިނެވެ. ގައުމީ ޓީމެއްގައި ފުރަތަމަ ތަޖުރިބާ ކުރީ 2017 އިން 2019 އަށް ޔުގެންޑާއާ އެކު އެވެ. ކޮންގޯގެ ކޯޗުކަން 2022 ވަނަ އަހަރު ޑެސަބްރީއާ ހަތަރު އަހަރަށް ހަވާލުކުރީ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އަމާޒަށް ދިއުމަށެވެ. އެ އަމާޒަށް ކޮންގޯ ގެންގޮސްދިންއިރު ޑެސަބްރީ ވަނީ ކޮންގޯއާ އެކު 60 އިންސައްތަ މެޗުން މޮޅުވެފަ އެވެ. 

މުހިއްމު ކުޅުންތެރިން

ކޮންގޯގެ މުހިއްމު ކުޅުންތެރިންގެ ތެރޭގައި ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ދެ ޑިފެންޑަރުން ކަމަށްވާ އެކްސެލް ޓުއަންޒެބޭ އާއި އާރޮން ވެން ބިސާކާގެ އިތުރުން ފޯވާޑް ސެޑްރިކް ބަކަމްބޫ އަދި ޔޯން ވިސާ ހިމެނެ އެވެ. ޓުއަންޒެބޭ އަކީ ޕްލޭ އޮފް ފައިނަލުގައި ޖެމެއިކާ ކޮޅަށް 100 ވަނަ މިނެޓުގައި ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. ކޮލިފައިންގައި ޖެހި ހަތަރު ގޯލާ އެކު އެގައުމުގެ ލަނޑު ލިސްޓުގެ އެއް ވަނަ ލިބެނީ ބަކަމްބޫ އަށެވެ. ނިއުކާސަލް ޔުނައިޓެޑަށް ކުޅޭ ވިސާ ވެސް ވަނީ ތިން ގޯލު ޖަހައިފަ އެވެ. ކުރިން އިންގްލެންޑުގެ ރަށްވެހިކަން އޮތް ވެން ބިސާކާ ކޮންގޯ އަށް ބަދަލުވީ ކޮލިފައިންގެ ތެރެއިން 2025 ވަނަ އަހަރު އެވެ.