Ghana

UpComming

November 24 | 21:00 hrs

Portugal

vs

Ghana

November 28 | 18:00 hrs

Korea Republic

vs

Ghana

GROUP TABLE

Group Group H P W D L GF GA GD PTS
Ghana 3 1 0 2 5 7 -2 3
Portugal 0 0 0 0 0 0 0 0
Uruguay 0 0 0 0 0 0 0 0
Korea Republic 0 0 0 0 0 0 0 0

Squad

ގޯލްކީޕަރު

Lawrence Ati-Zigi

Ibrahim Danlad

Abdul Manaf Nurudeen

ޑިފެންޑަރު

Tariq Lamptey

Denis Odoi

Mohammed Salisu

Gideon Mensah

Joseph Aidoo

Baba Rahman

Daniel Amartey

Alexander Djiku

Alidu Seidu

މިޑްފީލްޑަރު

Thomas Partey

Elisha Owusu

Abdul Fatawu Issahaku

Daniel-Kofi Kyereh

Osman Bukari

Daniel Afriyie

Mohammed Kudus

Salis Abdul Samed

Kamaldeen Sulemana

Kamal Sowah

ފޯވާޑް

Jordan Ayew

André Ayew

Iñaki Williams

Antoine Semenyo

ވޯލްޑް ކަޕްގެ ތާރީހް:
މިއީ ގާނާ ވޯލްޑް ކަޕްގައި ވާދަކުރާ ހަތަރު ވަނަ ފަހަރެވެ. ފުޓްބޯޅައިގައި ވާދަކުރުމުގެ ހައިސިއްޔަތު ލިބި އެގައުމު އެންމެ ފުރަތަމަ ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރީ 1962 ވަނަ އަހަރު އެވެ. ދެހާހުގެ އަހަރުތަކާ ހަމައަށް ގާނާ އަކީ ފުޓްބޯޅައިގައި ވިދުން ފަނޑު ގައުމެކެވެ. އެގައުމުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކުރީ 2006 ވަނަ އަހަރު ޖަރުމަނުގައި އޮތް މުބާރާތުގަ އެވެ. ގްރޫޕް ސްޓޭޖުގައި އެމެރިކާ އާއި ޗެކް ރިޕަބްލިކް ބަލިކޮށް އެގައުމުން އެފަހަރު ގަދަ 16 އަށް ދަތުރުކުރި އެވެ. އެ މުބާރާތުން އެޓީމު ކެޓީ ދެ ވަނަ ބުރުގައި އިޓަލީ އަތުން 2-0 އިން ބަލިވުމުންނެވެ.
އޭގެފަހުން 2010 ވަނަ އަހަރުގެ މުބާރާތުގައި އެޓީމު ފެނުނީ ކުރިއަށް ވުރެ ވަރުގަދަކޮށެވެ. ސައުތު އެފްރިކާގައި އޮތް އެ މުބާރާތުން އެޓީމު ކެޓީ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ހިތްދަތި ގޮތަކަށް އުރުގުއޭ އަތުން ބަލިވެގެންނެވެ. އެ މުބާރާތުގެ ދެ ވަނަ ބުރުގައި ގާނާ ވަނީ އެމެރިކާ 1-0 އިން ބަލިކޮށްފަ އެވެ.
ޖެހިގެން އައި 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް މުބާރާތުގެ ގްރޫޕް ސްޓޭޖުން ގާނާ ކެޓިއިރު 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕަށް އެގައުމު ކޮލިފައި ނުވެ އެވެ.
ކޮލިފައިވި ގޮތް:
ގާނާ ވޯލްޑް ކަޕަށް ކޮލިފައިވީ އެފްރިކާ ސަރަހައްދުގެ ކޮލިފައިން ގްރޫޕުގެ އެއް ވަނަ ހޯދައި ތިން ވަނަ ބުރުގައި ނައިޖީރިއާ އަތުން މޮޅުވެގެންނެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބު ކުރިއިރު ބަލިވީ އެއް މެޗުންނެވެ. ސައުތު އެފްރިކާއާ އެއްވަރަށް ޕޮއިންޓް ހޯދައި ގާނާ އަށް އެއް ވަނަ ލިބުނީ ހެޑް ޓު ހެޑް އުސޫލުން ކުރި ލިބިގެންނެވެ.
ޕްލޭ އޮފްގައި ނައިޖީރިއާއާ ދެކޮޅަށް ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. ގާނާގައި ކުޅުނު ފުރަތަމަ ލެގްގެ މެޗު 0-0 އިން އެއްވަރުވިއިރު ނައިޖީރިއާގައި ކުޅުނު މެޗު ނިމުނީ 1-1 އިންނެވެ. އާސެނަލްގެ ތޯމަސް ޕާޓޭގެ ގޯލުން މެޗު އެއްވަރުކޮށް ގާނާ ވޯލްޑް ކަޕްގެ ޖާގައެއް ހޯދީ އަވޭ ގޯލުގެ އުސޫލުން ކުރި ލިބުމުންނެވެ.
ކޯޗު: އޮޓޯ އައްޑޯ
ޖަރުމަނަށް އުފަން އައްޑޯ އަކީ ފަހުން ގާނާ އަށް ރަށްވެހިކަން ބަދަލުކޮށް ހަތް އަހަރު ގާނާގެ ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިއެކެވެ. 2009 ވަނަ އަހަރު ކޯޗިން އަށް ނުކުމެ އައްޑޯ ބޮޑަށް ފެނުނީ ޖަރުމަނުގެ ކްލަބްތަކުގެ ކޯޗިން ޓީމުންނެވެ. އޭގެތެރޭގައި ހަމްބާގް، ބޮރޫޝިއާ މޮންޗެންގްލަދްބާ އަދި ބޮރޫޝިއާ ޑޯޓްމަންޑް ހިމެނެ އެވެ.
2021 ވަނަ އަހަރު ގާނާގެ ގައުމީ ޓީމުގައި އައްޑޯ އެންމެ ފުރަތަމަ އަދާކުރީ އެސިސްޓެންޓް ކޯޗުގެ މަގާމެވެ. އޭގެފަހުން މިއަހަރުގެ ފެބްރުވަރީ މަހު ގާނާގެ ކޯޗުކަމާ އައްޑޯ ހަވާލުވި އެވެ. ނައިޖީރިއާ ބަލިކޮށް ގާނާ ވޯލްޑް ކަޕަށް ކޮލިފައިވީ އައްޑޯގެ ކޯޗުކަމުގަ އެވެ.
ފާހަގަކޮށްލެވޭ ކުޅުންތެރިން:
މުހައްމަދު ކުޑޫސް
ކުޑޫސް އަކީ މިފަހަރުގެ ވޯލްޑް ކަޕްގައި ވިދާލާނެ ކަމަށް ބެލެވޭ ކުޅުންތެރިއެކެވެ. އުމުރުން 22 އަހަރުގެ އެޓޭކިން މިޑްފީލްޑަރު އަންނަނީ މި ސީޒަނުގައި އަޔަކްސް ގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މިދިޔަ ދެ ސީޒަނުގައި އަޔަކްސްގެ ފުރަތަމަ އެގާރައިން ޖާހަ ނުލިބުނު ނަމަވެސް މި ސީޒަނުގައި އަޔަކްސްގެ އެޓޭކުގައި ކުޑޫސްގެ ދައުރު ބޮޑެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭންޖާސް ކޮޅަށް ގޯލު ޖެހިއިރު ކުޑޫސް ދެއްކި މޮޅު ކުޅުމަށް ތައުރީފް އޮހުނެވެ.
އުމުރުން ހަގަސް ވޯލްޑް ކަޕަށް ނުކުންނަ ގާނާ ޓީމުގެ ފުރަތަމަ އެގާރަ ކުޑޫސް ވަނީ ޔަގީންކޮށްފަ އެވެ. ފޯވާޑެއްގެ ގޮތުގައި ވެސް ފެންނަ ކުޑޫސް ގައުމީ ޓީމުގައި ކޯޗު ބޭނުންކުރަނީ އޭނާ އެންމެ ކުޅެން ބޭނުންވާ އެޓޭކިން މިޑްފީލްޑަރުގެ މަގާމަށެވެ.
ކުޑޫސް ދައްކަމުން އަންނަ މޮޅު ކުޅުމާ އެކު ފުޓްބޯޅައިގެ ތަޖުރިބާކާރުން އޭނާގެ ނަން ގެންނަނީ މިވަގުތު ދުނިޔޭގައި ތިބި ޒުވާން އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުގަ އެވެ.

އިސާހަކޫ ފަތަވޫ
އުމުރުން 18 އަހަރުގެ ފަތަވޫ އަކީ މިވަގުތު ގާނާގައި ހުރި އެންމެ އުއްމީދީ ކުޅުންތެރިޔާ އެވެ. ފަތަވޫގެ ކުޅުން އެންމެ ބޮޑަށް ފާހަގަކުރެވުނީ 22/2021 ވަނަ ސީޒަނުގައި ގާނާގެ ޕްރިމިއާ ލީގުގައި ޑްރީމްސް އެފްސީ އަށް ކުޅުނުއިރު އެވެ. އޭރު އުމުރުން އެންމެ 17 އަހަރުގައި އެޓީމަށް ކުޅުނު ހަތް މެޗުގައި ފަތަވޫ ހަ ގޯލު ޖެހި އެވެ. އޭގެފަހުން މިއަހަރުގެ އޭޕްރީލް މަހު ފަތަވޫ ވަނީ ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އަށް ބަދަލުވެފަ އެވެ. ސްޕޯޓިންގެ ސީނިއާ ޓީމުގައި ރެޖިސްޓާ ވަންދެން ފަތަވޫ އެންމެ ފުރަތަމަ ފަރިތަކުރީ 23 އަހަރުން ދަށުގެ ޓީމާ އެކު އެވެ. އެކަމަކު ސީނިއާ ޓީމުގައި ހިމެނިގެން ޕޯޗުގަލްގެ ލީގާއި ޗެމްޕިއަންސް ލީގުގައި ވެސް ފަތަވޫ ވަނީ ކުޅެގަ އެވެ.
ކޯޗު އައްޑޯގެ އިތުބާރު ހޯދާފައިވާ ފަތަވޫ އަކީ މިހާރު ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބޭ ކުޅުންތެރިއެކެވެ. ފަތަވޫ ވަނީ ނައިޖީރިއާ އަތުން އަވޭ ގޯލުން ގާނާ މޮޅުވިއިރު ޕްލޭ އޮފް ދެ މެޗުގައި ވެސް ކުޅެފަ އެވެ. އުމުރުން 18 އަހަރުގައި ގައުމީ ޓީމަށް 12 މެޗު ކުޅެދީފައިވާއިރު ފަތަވޫ އަކީ މިފަހަރުގެ ވޯލްޑް ކަޕަށް ނުކުންނަ ގާނާގެ ޓީމުގެ މުހިއްމު ކުޅުންތެރިއަކަށް ވާނެ އެވެ.
ތޯމަސް ޕާޓޭ
ޕާޓޭ އަކީ ވޯލްޑް ކަޕަށް ނުކުންނައިރު ގާނާ ޓީމުގެ މެދުތެރެ ބަލަހައްޓާ އިންޖީނެވެ. އިނގިރޭސި ކްލަބް އާސެނަލަށް ކުޅެމުން އަންނަ 29 އަހަރުގެ ޕާޓޭ ވޯލްޑް ކަޕްގައި ކުޅޭ މިއީ ފުރަތަމަ ފަހަރެވެ. 2016 ވަނަ އަހަރު ގައުމީ ޓީމުން ޖާގަ ހޯދުމަށް ފަހު މިހާތަނަށް 40 އަށް ވުރެ ގިނަ މެޗު ޕާޓޭ ވަނީ ކުޅެފަ އެވެ. ގާނާ ވޯލްޑް ކަޕަށް ކޮލިފައިވީ ޕްލޭ އޮފް މެޗުގައި ޕާޓޭ ނައިޖީރިއާ ކޮޅަށް ޖެހި ގޯލުންނެވެ. ކޮލިފައިންގައި ގާނާ ޓީމުގެ ވައިސް ކެޕްޓަންކަން ވެސް ކުރީ ޕާޓޭ އެވެ.
ގާނާގެ ގައުމީ ޓީމުގައި ދައްކަމުން އަންނަ މޮޅު ކުޅުމާ އެކު އޭނާ އަށް ވަނީ އެގައުމުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް 2018 އަދި 2019 ވަނަ އަހަރު ލިބިފަ އެވެ. އޭރު ޕާޓޭ ކްލަބް ފުޓްބޯޅައިގައި ހުރީ އެތުލެޓިކޯ މެޑްރިޑްގަ އެވެ. 2020 ވަނަ އަހަރު އާސެނަލަށް ބަދަލުވެ މި ސީޒަނުގައި އާސެނަލުން ނެރެމުން އަންނަ ނަތީޖާތަކުގައި ޕާޓޭ މެދުތެރޭގައި ދައްކާ ކުޅުން ފާހަގަކޮށްލެވެ އެވެ.

ގްރޫޕްގަ އޮތް ފުރުސަތު:
ވޯލްޑް ކަޕްގައި ގާނާ މިފަހަރު އޮތީ ނިސްބަތުން އުނދަގޫ ގްރޫޕެއްގަ އެވެ. ގާނާއާ އެކު މި ގްރޫޕުގައި ހިމެނެނީ ޕޯޗުގަލް، ސައުތު ކޮރެއާ އަދި އުރުގުއޭ އެވެ.
ގާނާ ވަނީ މި ގްރޫޕުގައި ހިމެނޭ ޕޯޗުގަލް އާއި އުރުގުއޭއާ ދެކޮޅަށް ވޯލްޑް ކަޕްގައި ކުޅެފަ އެވެ. 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ގާނާ ކެޓީ އުރުގުއޭއާ 1-1 އިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން ބަލިވުމުންނެވެ. އޭގެފަހުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލްއާ ވާދަކުރި މެޗުން ގާނާ ބަލިވީ 1-2 އިންނެވެ.
ބައިނަލްއަގްވާމީ ވާދަވެރި އެއްވެސް މުބާރާތެއްގައި ގާނާ އިން ދެކުނު ކޮރެއާއާ ވާދަކޮށްފައެއްނުވެ އެވެ. އެކަމަކު އެކުވެރިކަމުގެ މެޗުތައް ހިމެނޭހެން މި ދެޓީމު ވަނީ ނުވަ ފަހަރު ބައްދަލުކޮށްފަ އެވެ. އޭގެތެރެއިން ކޮންމެ ޓީމެއް ހަތަރު މެޗުން މޮޅުވިއިރު އެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މިފަހަރުގެ ގްރޫޕް ސްޓޭޖުން ކުރި ހޯދުމަށް ގާނާ ކުރަން އޮތީ ބުރަ މަސައްކަތެކެވެ. ގްރޫޕް ސްޓޭޖުގައި އެޓީމު އެންމެ ޖޯޝުގައި ނުކުންނާނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުއާޓާ ފައިނަލުން އެޓީމު ކަޓުވާލި އުރުގުއޭއާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން ގާނާގެ އޮތީ ބަދަލު ހިފުމުގެ ރޫހެވެ. ގްރޫޕުގައި ކުރިއަށްދާން ބަލާއިރު އުރުގުއޭ އާއި ޕޯޗުގަލްއާ ދެކޮޅަށް ކުޅޭ މެޗުތަކުން އެޓީމު ނަތީޖާ ނެރެން ޖެހޭނެ އެވެ.