ހޯމް ހަބަރު ރިޕޯޓް ފޮޓޯ ވީޑިއޯ ވޯލްޑްކަޕް 2026
ހޯމް މެޗްތައް ޓީމްތައް ތާވަލު ތަރިން ތާރީހް ދިވެހިންނާއި ވޯލްޑްކަޕް
United States
FIFA World Cup 2026 · Group D
United States
Group D USA
3 Played
2 Wins
0 Draws
1 Losses
8 GF
4 GA
6 Points
👔
Mauricio Pochettino
HEAD COACH · Argentina
Chris Richards
Johnny
Folarin Balogun
Gio Reyna
Aidan Morris
Tanner Tessmann
Malik Tillman
Ricardo Pepi
Brenden Aaronson
Joseph Scally
Mark McKenzie
Tim Weah
Weston McKennie
Tim Ream
Antonee Robinson
Christian Pulisic
🧤
Matt Freese
GK
🧤
Patrick Schulte
GK
🧤
Chris Brady
GK
🧤
Matt Turner
GK
🛡️
Alex Freeman
DEF
🛡️
Auston Trusty
DEF
🛡️
Miles Robinson
DEF
2
🛡️
Sergiño Dest
DEF
⚙️
Sebastian Berhalter
MID
⚙️
Cristian Roldan
MID
26
⚙️
Alejandro Zendejas
MID
4
⚙️
Tyler Adams
MID
Patrick Agyemang
FWD
Max Arfsten
FWD
19
Haji Wright
FWD
W
USA
4–1
Paraguay
GROUP_D · Match 1
W
USA
2–0
Australia
GROUP_D · Match 2
L
Turkey
3–2
USA
GROUP_D · Match 3
W
USA
2–0
Bosnia-H.
LAST_32
L
USA
1–4
Belgium
LAST_16
ޓީމް ޕްރޮފައިލް May 19, 2026

އެމެރިކާ

މިފަހަރުގެ ވޯލްޑް ކަޕްގެ ކޯ-ހޯސްޓް އެމެރިކާއަކީ މީގެ ކުރިން 11 ފަހަރު ވޯލްޑް ކަޕުގައި ކުޅެފައިވާ ޓީމެކެވެ. ވޯލްޑް ކަޕުގައި އެގައުމަށް އެންމެ ކުރިއަށް ދެވުނީ 1930 ވަނަ އަހަރު ބޭއްވި ތާރީހީ ފުރަތަމަ ވޯލްޑް ކަޕުގަ އެވެ. އެ ފަހަރު އެޓީމުން ތިން ވަނަ ހޯދި އެވެ. އެކަމަކު އޭގެ ފަހުން ކުޅުނު 10 މުބާރާތުގެ ތެރެއިން ކުއާޓާ ފައިނަލާ ހަމައަށް ދެވުނީ ހަމައެކަނި 2002 ގަ އެވެ.

ވޯލްޑް ކަޕުގެ ފުރަތަމަ މުބާރާތްތަކުގައި ކުޅުމަށް ފަހު 1950 އިން ފެށިގެން އެ ގައުމުގެ ފުޓްބޯޅައިގައި 40 އަހަރުގެ ވެއްޓުމެއް އައެވެ. އެދުވަސްވަރު ވޯލްޑް ކަޕަށް ކޮލިފައިނުވެ ދިއުމަށް ފަހު އެނބުރި ވޯލްޑް ކަޕަށް އެގައުމު އައީ 1990 ގަ އެވެ. އޭގެ ފަހުން ފުޓްބޯޅައިގައި އަލުން ފައިހަމަކޮށް 2018 ވަނަ އަހަރު ނޫން ހުރިހާ މުބާރާތެއްގައި އެ ޓީމު ވަނީ ކުޅެފަ އެވެ.

މިއީ އަމިއްލަ ގައުމުގައި އެމެރިކާގައި ވޯލްޑް ކަޕް ބާއްވާ ދެ ވަނަ ފަހަރެވެ. މީގެކުރިން 1994 ވަނަ އަހަރު އެގައުމުގައި ބޭއްވި މުބާރާތުގައި ގަދަ 16 އަށް ދަތުރުކުރި އެވެ.

ތިން ގައުމުގައި ވޯލްޑް ކަޕް ކުޅުނަސް މިފަހަރުގެ މުބާރާތުގެ 104 މެޗުގެ ތެރެއިން 78 މެޗު ކުޅޭނީ އެމެރިކާގަ އެވެ. އަދި ކުއާޓާ ފައިނަލުން ފެށިގެން މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅޭނީ އެގައުމުގަ އެވެ. މިފަހަރުގެ މުބާރާތުގައި އެމެރިކާގެ 11 ސިޓީއެއްގައި މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޯ-ހޯސްޓުގެ ގޮތުގައި ވޯލްޑް ކަޕުން ފުރުސަތު ލިބުނު އެމެރިކާ ގްރޫޕް ސްޓޭޖުގައި ވާދަކުރާނީ ޕެރަގުއޭ އާއި އޮސްޓްރޭލިއާ އަދި ތުރުކީއާ އެވެ. 

ކޯޗު: މައުރީސިއޯ ޕޮޗެޓީނޯ (54 އަހަރު) 

އާޖެންޓީނާ އަށް އުފަން މައުރީސިއޯ ޕޮޗެޓީނޯ އެމެރިކާގެ ގައުމީ ފުޓްބޯޅަ ޓީމާ ހަވާލުވީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. މީގެ ކުރިން ޕޮޗެޓީނޯ ވަނީ ޓޮޓެންހަމް ހޮޓްސްޕާ އާއި ޕީއެސްޖީގެ އިތުރުން ޗެލްސީ އަށް އިރުޝާދުދީފަ އެވެ. އެކަމަކު ޓޮޓެންހަމް ނޫން އެހެން ޓީމުތަކުގައި އޭނާ އަށް އަމާޒުވީ ފާޑުކިޔުމެކެވެ. އެމެރިކާގެ ކޯޗުކަމާ ޕޮޗެޓީނޯ ހަވާލުވީ އަހަރަކު ގާތްގަނޑަކަށް ހަ މިލިއަން ޑޮލަރާ އެކު އެގައުމުގެ ތާރީހުގައި އެންމެ އަގުބޮޑު ކޯޗުގެ ގޮތުގަ އެވެ.

ޕޮޗެޓީނޯގެ ކޯޗުކަމުގައި އެމެރިކާ މިދިޔަ އަހަރު ކުޅުނު ކޮންކާކަފް ގޯލްޑް ކަޕްގައި ލިބުނީ ދެ ވަނަ އެވެ. 

މުހިއްމު ކުޅުންތެރިން

އެމެރިކާގެ އެންމެ ވިދުންގަދަ ތަރިއަކީ އޭސީ މިލާނަށް ކުޅެމުން އަންނަ އެ ގައުމުގެ ކެޕްޓަން ކްރިސްޓިއަން ޕުލިސިކް އެވެ. އޭނާގެ އިތުރުން އެޓީމުގެ ކުރި ބަލަހައްޓާ މޮނާކޯގެ ފޯވާޑް ފޮލަރިން ބަލޮގުން އަކީ ވެސް މުހިއްމު ކުޅުންތެރިއެކެވެ. މި ސީޒަނުގައި އޭނާ ވަނީ ފްރާންސް ލީގުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެހެން ކުޅުންތެރިންނަށް ބަލާއިރު އެޓޭކުގައި ޓިމޮޓީ ވެއާގެ ދައުރު ވެސް މުހިއްމު ވާނެ އެވެ. މިޑްފީލްޑުގައި ހިމެނޭ ޔުވެންޓަސްގެ ވެސްޓަން މެކެނީ އާއި ބޯންމައުތުގެ ޓައިލާ އެޑަމްސްއަކީ ވެސް އެމެރިކާ ގައުމީ ޓީމުގައި މުހިއްމު ކުޅުންތެރިންނެވެ.