ހޯމް ހަބަރު ރިޕޯޓް ފޮޓޯ ވީޑިއޯ ވޯލްޑްކަޕް 2026
ހޯމް މެޗްތައް ޓީމްތައް ތާވަލު ތަރިން ތާރީހް ދިވެހިންނާއި ވޯލްޑްކަޕް
SCORES
vs 00:00 MVT
Iran
FIFA World Cup 2026 · Group G
Iran
Group G IRN
0 Played
0 Wins
0 Draws
0 Losses
0 GF
0 GA
0 Points
Ali Alipour
🧤
Payam Niazmand
GK
🧤
Alireza Beiranvand
GK
🧤
Hossein Hosseini
GK
🛡️
Ehsan Hajsafi
DEF
🛡️
Ramin Rezaeian
DEF
🛡️
Roozbeh Cheshmi
DEF
🛡️
Milad Mohammadi
DEF
🛡️
Omid Noorafkan
DEF
🛡️
Hossein Kanaani
DEF
🛡️
Shoja Khalilzadeh
DEF
🛡️
Saleh Hardani
DEF
🛡️
Ariya Yousefi
DEF
🛡️
Aref Aghasi
DEF
⚙️
Amirhossein Hosseinzadeh
MID
⚙️
Mehdi Torabi
MID
⚙️
Mehdi Hashemnejad
MID
Kasra Taheri
FWD
VS
Iran
06:00
New Zealand
GROUP_G · Match 1
VS
Belgium
00:00
Iran
GROUP_G · Match 2
VS
Egypt
08:00
Iran
GROUP_G · Match 3
ޓީމް ޕްރޮފައިލް May 19, 2026

އިރާން

ފެބްރުއަރީ މަހު، އިޒްރޭލާއި އެމެރިކާ އިން އިސްވެ، އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ހެދި އިރާނުން ވޯލްޑް ކަޕްގައި ނުކުޅޭނެ ކަމަށް ބުނި ނަމަވެސް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ތަކުރާރުކޮށް ވިދާޅުވީ އިރާން މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭނެ ކަމަށެވެ.

ވޯލްޑް ކަޕްގައި އިރާންގެ މެޗުތައް އޮތީ ވެސް އެމެރިކާގަ އެވެ. އިރާން ކުޅޭ ފުރަތަމަ ދެ މެޗު އޮތީ ލޮސް އެންޖެލްސްގައި، ނިއު ޒީލެންޑާއި ބެލްޖިއަމާ ދެކޮޅަށް ޖޫން 15 އާއި 21 ގަ އެވެ. އަދި، މިސްރާ ދެކޮޅަށް ކުޅެން އޮތް މެޗު، ޖޫން 26 ގައި ކުޅޭނީ ސިއޭޓަލްގަ އެވެ.

އިރާން ވަނީ މީގެ ކުރިން ހަ ފަހަރު ވޯލްޑް ކަޕްގައި ކުޅެފަ އެވެ. އެކަމަކު އެއިން އެއްވެސް ފަހަރެއްގައި ގްރޫޕް ސްޓޭޖް ފަހަނައަޅައި ނުދެވުނެވެ. ވޯލްޑް ކަޕްގެ ތާރީހުގައި އެޓީމަށް މިހާތަނަށް ލިބުނީ ތިން މޮޅެވެ. އޭގެތެރެއިން އެއް މޮޅަކީ 1998 ވަނަ އަހަރު އެމެރިކާ އަތުން ހޯދި މޮޅެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް އިރާން ކޮލިފައިވީ ކޮލިފައިން ގްރޫޕުގެ އެއް ވަނަ ހޯދައިގެންނެވެ. ގްރޫޕުގައި ދެން ހިމެނުނީ، އުޒްބެކިސްތާނާއި ޔޫއޭއީގެ އިތުރުން ގަތަރާއި ކިރްގިސްތާން އަދި އުތުރު ކޮރެއާ އެވެ. 

ކޯޗު: އާމިރު ގަލެނޮއީ (62 އަހަރު) 

އާމިރު ގަލެނޮއީ އަކީ އިރާން ލީގުގެ އެންމެ ކާމިޔާބު ކޯޗެވެ. އެ ގައުމުގެ ލީގު ޗެމްޕިއަންކަން އެކި ކްލަބްތަކާ އެކު ފަސް ފަހަރު އޭނާ ވަނީ ހޯދައިފަ އެވެ. އިރާނުގެ ކޯޗުކަމާ ގަލެނޮއީ ހަވާލުވި މިއީ ދެ ވަނަ ފަހަރެވެ. އިރާންގެ ކޯޗުކަމާ 2006 ވަނަ އަހަރުގެ އޮގަސްޓް މަހު ހަވާލުވެ އަހަރެއްހާ ދުވަހު އެ ޒިންމާ އަދާކުރި އެވެ. ދެ ވަނަ ފަހަރަށް އެ މަގާމާ ހަވާލުވީ 2023 ވަނަ އަހަރު އެވެ. އެ އަހަރު އޮތް އޭޝިއަން ކަޕްގެ ސެމީ ފައިނަލުގައި އިރާން ވަނީ ކުޅެފަ އެވެ. އިރާންގެ ކްލަބްކަށް ހޯދައިދީފައިވާ ކާމިޔާބީއާ އެކު ގަލެނޮއީ ވަނީ އެގައުމުގެ އެންމެ މޮޅު ކޯޗުގެ މަގާމް ފަސް ފަހަރު ހޯދައިފަ އެވެ.

މުހިއްމު ކުޅުންތެރިން: 

އިރާން ޓީމުގެ އެންމެ މުހިއްމު ދެ ކުޅުންތެރިންނަކީ ދެ ފޯވާޑުން ކަމަށްވާ މެހެދީ ޓަރޭމީ އާއި ސަރްދާރް އަޒްމޫން އެވެ. ގްރީސްގެ އޮލިމްޕިއާކޯސް އަށް ކުޅެމުން އަންނަ ޓަރޭމީ ވަނީ ކޮލިފައިންގައި 10 ގޯލު ޖަހައިފަ އެވެ. ޔޫއޭއީގެ ކްލަބް އަލް އަހްލީ އަށް ކުޅެމުން އަންނަ އަޒްމޫން ކޮލިފައިންގައި އަށް ގޯލު ޖަހައި ފަސް ގޯލު ޖަހަން އެހީތެރިވެދިނެވެ. މި ދެކުޅުންތެރިންގެ އިތުރުން ޓީމު ލީޑު ކުރުމުގެ ޒިންމާ ނަގާނީ ކެޕްޓަން އަލީރެޒާ ޖަހަންބަކްޝް އެވެ.